ޚަބަރު

ގެވެށި އަނިޔާއާ ދެކޮޅަށް ޔޫތުންވެސް ނުކުންނަނީ..

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ގެ ފާރާތުން ގެވެށި އަނިޔާއާ ދެކޮޅަށް ހިންގާ ޤައުމީ 'ގެވެށި ގުޅުން' ކެމްޕެއިންގައި ޔުނައިޓެޑް ޔޫތުން ބައިވެރިވާން ނިންމާފިއެވެ. މިކަން ހާމަ ކޮށްފައިވަނީ އެ ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. މި ގޮތުން އެ ހަރަކާތާ ގުޅުމުގެ ގޮތުން ކުރިއަށް އޮތް އިހަވަން ކަޕް 2020 ގައި ޔުނައިޓެޑް ޔޫތުން ބޭނުންކުރާ ޖާޒީގެ އަތުކުރީގައި "ގެވެށި ގުޅުން" ނިޝާން ހިމަނާފައިވާނެކަމަށް އެ ޕޯސްޓުގައ ބުނެފައިވެއެވެ. މި ނޫހަށް މައުލޫމާތު ދެއްވަމުން ޔޫތުގެ އިސް އޮފިޝަލަކު ބުނީ، ގެވެށި އަނިޔާއަކީ މިއަދު ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެކަމާ ދެކޮޅަށް އެންމެންވެސް ތެދުވެ މުޖްތަމަޢު ހޭލުންތެރި ކުރަން ޖެހޭ ކަމަށެވެ. އަދި މި ކެމްޕެއިންގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ޔޫތުގެ އޮފިޝަލް ގޮވާލެއްވިއެވެ. މި ޤައުމީ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި  މި ކެމްޕެއިން ގެ ލޯގޯ އާއި ޝިއާރު ބޭނުން ކުރުމަށް ދާދި ފަހުން ސަރުކާރުން ވެސް ވަނީ ނިންމަވާފައެވެ. އިހަވަންދޫ ޔުނައިޓެޑް ޔޫތަކީ ފުޓްބޯޅައިގެ އިތުރުން ރަށުގައި ހިންގޭ އިޖްތިމާއީ އެކި އެކި ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވަމުން އަންނަ ޓީމެއްކަން ފާހަގަކޮށްލެވެއެވެ.
އައިޝަތު އިލްމާ އަދުނާން