ތަފާތު ކުރުމެއް ނެތި ޚިދުމަތް ދޭނަން: އަޙްމަދު ސަބާޙް
ވަކި ފިކުރެއް، ވަކި ކުލައެއް އިސްތިސްނާ ނުވާނެހެން ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނެ ކަމަށް ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް ކަމުގެ މަޤާމާ މިއަދު ހަވާލުވެލެއްވި އަލްފާޟިލް އަޙްމަދު ސަބާޙް ވިދާޅުވެއްޖެއެވެ.
އަޙްމަދު ސަބާޙް މިހެން ވިދާޅުވީ މިރޭ 11:00 ގައި އިހަވަންދޫ ކައުންސިލްގެ ރަސްމީ ފޭސްބުކު ޕޭޖުން ދެއްވި ހިތާބެއްގައެވެ.
ސަބާޙްގެ ހިތާބުގައި ރައްޔިތުންނަށް ޔަޤީންކަން ދެއްވާފައި ވަނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކައުންސިލްގެ ޒިންމާތައް އަދާކުރުމަށް ކުރެވޭނެ އެންމެހާ މަސައްކަތްތައް އެބޭފުޅާގެ ލިޔާގަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ފުރިހަމައަށް އަދާކުރުން މަތީ ދެމިހުންނާނެ ކަމަށެވެ. އެއްވެސް މީހަކު ބާކީކޮށްލުމެއްނެތި އެންމެންގެ ހިޔާލާއި މަޝްވަރާގެ ބޭނުންހިފައި "ވަކި ޕާޓީއެއް، ވަކި ފިކުރެއް، ވަކި ކުލައެއް އިސްތިސްނާ ނުވާނެހެން ތިލަފަތް ހަމަކޮށް، އެންމެނަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން" ރައީސްގެ ހިތާބުގައި ވަނީ ދެއްވާފައެވެ.
އިހަވަންދޫގެ ބަނދަރަށް ރައްޔިތުން އެދޭ ބަދަލުގެނެސް އެ މަސައްކަތް އަވަސްކުރުމަށްޓަކައި ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ނުހަނު އަވަހަށް ހަލުއިކޮށް ކުރިއަށްގެންދާނެ ކަމަށް ސަބާޙު ވިދާޅުވިއެވެ. ހަމަ އެހެންމެ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވާ އެކަންތައްތައް ހައްލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، އެންމެ އިސްކަމެއް ދީގެން ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ އާއި ފައިބަރުގެ މަސައްކަތް ހައްލުކުރުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމުގައި ސަބާޙް ވިދާޅުވިއެވެ.
ސަބާޙް ވަނީ އިހަވަންދޫގެ ވެއްޓަކީ މަސްތުވާތަކެއްޗަށް ނޫނެކޭ ބުނެ ވައްކަން ކުރުމާ ފޭރުމާއި އަނެކުންގެ މުދަލަށް ގެއްލުންދިނުން ފަދަ ކުއްތަކުން ދުރުވެފައިވާ ދީނަށް ލޯބިކުރާ ދީނީ ކަންކަމަށް ހޭލުންތެރިވެ، ސަމާލުކަންދޭ ބަޔަކަށް ހެދުމަށްޓަކައި ކައުންސިލުން އިސްނަގައިގެން ޕުރޮގުރާމްތަކެއް ރާވާ ހިންގުމަށް އަބަދުވެސް ނުހަނު ބޮޑު ސަމާލުކަމެއް ދޭނެ ކަމަށް ވިދާޅުވެފައެވެ.
މިދައުރުގައި އެންމެހާ ކަންކަން ނިންމުމުގައި މަޝްވަރާގެ ރީތި އުސޫލު، އެންމެހާ ރައްޔިތުން ގުޅިގެން ކަންކަން ކުރުމާ، ނިންމުމަސް ހާއްސަ ސަމާލު ކަމެއް ދެއްވާނެ ކަމަށް ސަބާޙު ވިދާޅުވިއެވެ.
އަޙްމަދު ސަބާޙު ވަނީ ނިމިދިޔަ ކައުންސިލުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކޮށްދީފައިހުރި ކަންތައްތަކަށް ޝުކުރުދަންނަވާފައެވެ. އަދި އެފަދަ ކޮންމެ ކަމެއް މިދައުރުގައިވެސް ހުއްޓުމެއްނެތި އެއަށްވުރެ ރަނގަޅަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމުގައި ސަބާޙު ވިދާޅުވިއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް