ޚަބަރު

އުލިގަމުގެ އިންތިހާބީ ކައުންސިލް ހުވާކުރައްވައިފި

ހއ. އުލިގަން ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ ކައުންސިލަރުން ހުވާކުރައްވައިފިއެވެ. މިއަދު ހެނދުނު 11:00 ގައި ހއ. އުލިގަމު އިޖުތިމާއީ ހިޔާގެ ހޯލުގައި ބޭއްވި ދަރުބާރުގައި އުލިގަމު ކައުންސިލަށް އިންތިހާބު ވެފައިވާ 5 މެމްބަރުން ހުވާކުރެއްވުމާއި އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އިންތިހާބުވެފައިވާ 5 މެމްބަރުން އިޤުރާރު ގައި ސޮއިކޮށްފައި ވެއެވެ. އިންތިހާބީ ކައުންސިލަރުންނަށް ހުވާލައިދެއްވީ ހއ. ހޯރަފުށީ މެޖިސްޓުރޭޓު ކޯޓުގެ އިސްމެޖިސްޓުރޭޓު އަލްފާޟިލް މުޙައްމަދު ޝަރީފު އެވެ. ހުވާލައިދެއްވާފައި ވަނީ އޮންލައިންކޮށްނެވެ. ކައުންސިލަރުން ވަނީ ހުވާކުރެއްވުމަށްފަހު ހުވާގެ އިޤުރާރުގައި ސޮއި ކުރައްވާފައެވެ. ހއ. އުލިގަމް ކައުންސިލަށް އިންތިހާބު ވެފައި ވަނީ ކައުންސިލްގެ ރައީސް: އަޙްމަދު މުޢާޛު މުޙައްމަދު ބަހާރުގެ / ހއ. އުލިގަން ކައުންސިލް މެމްބަރ: އަސަދުالله މުޙައްމަދު ނޫރާނީވިލާ / ހއ. އުލިގަން އަޙްމަދު އަބޫބަކުރު ނޫކޮކާގެ / ހއ. އުލިގަން ސުދާ ޢަދުނާނު އޮލިމްޕިޔާ / ހއ. އުލިގަން ފާޠިމަތު ރިޒުނީ ޢަދުނާން އާސްމާނުގެ / ހއ. އުލިގަން
ޢަބުދުﷲ ޙަމީދު