- ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތް ކުރާ މީހުން
- ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން
- ސުކޫލުތަކުގައި މަސައްކަތް ކުރާ މީހުން
- ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުން
ވެކުސިންގެ ދެ ޑޯޒަށް ފަހު ކަރަންޓީނު ދޫކޮށްލާ އުސޫލު އާންމުކޮށްފި
ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ވުމަކާ ނުލާ ރަށްރަށަށް ދެވޭ އުސޫލު އާންމުކޮށްފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އުސޫލުގައި ބުނެފައިވަނީ ދެ ޑޯޒް ޖެހުމުން ކަރަންޓީނުނުވެ ރަށްރަށަށް ދެވޭ އުސޫލަށް އަމަލު ކުރާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އުސޫލުގައި ބުނެފައިވަނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެރަށަކަށް ކަރަންޓީންވުމާ ނުލާ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފްތާ ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ އެވެ.
ނަމަވެސް ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން 4 ދާއިރާއަކަށް ނިސްބަތްވާ ފަރާތްތަކުން ރާއްޖެ އެތެރެވާއިރު ނުވަތަ ރާއްޖެ އެތެރެ ވުމަށްފަހު ޕީސީއާރު ޓެސްޓު ހަދަން ވާނެ ކަމަށް އުސޫލުގައި ވެއެވެ.
އެދާއިރާ ތަކަކީ



