ކޭއާރުއެޗްއިން އެންޓު ކިއު ސިސްޓަމް ބޭނުންކުރަން ފަށައިފި
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ހިދުމަތް ހޯދާ ފަރާތްތަކުގެ ފަސޭހައަށްޓަކައި މޯބައިލް ކިއު ސިސްޓަމެއް ކަމަށްވާ އެންޓް ކިއު ސިސްޓަމް މެދުވެރިކޮށް ހޮސްޕިޓަލުގެ ހިދުމަތްތައް ފޯރުކޮށްދޭން ފަށައިފިއެވެ.
ކޭއާރު އެޗް އިން ވިދާޅުވީ މިކިއު ސިސްޓަމްއާއެކުއެހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް މޯބައިލް މެދުވެރިކޮށް ކައުންޓަރު އަދި އޯޕީޑީގެ ކިއު ނަންބަރުތައް ބަލާލުމުގެ ފަސޭހަ ލިބިގެން ދާނެކަމަށެވެ.
ހޮސްޕިޓަލުގެ ފަރާތުން ފޯރުކޮށްދީފައިވާ ހިޔާލުގެ މައްޗަށް ބިނާކޮށް އިތުރު ފީޗާތައް މިހާރު މި ސިސްޓަމްއަށް އިތުރު ކުރެވިފައިވާ ކަމަށާ މި ކިއު ސިސްޓަމް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް އަދި އިތުރު ފީޗާތައް އިތުރު ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް ހޮސޕިޓަލުން ހާމަކުރެއްވިއެވެ. އެއްވެސް ހިޔާލެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ކޭއާރްއެޗްގެ ފޭސްބުކް ޕޭޖަށް ނުވަތަ އެ ހޮސްޕިޓަލްގެ މޯބައިލް ނަންބަރު 7887799އަށް އެ މެސެޖަކުން އެ ހިޔާލެއް ހިއްސާ ކުރުމަށް އެ ހޮސްޕިޓަލުން އެދިލައްވައެވެ.
މާލޭގެ ހޮސްޕިޓަލްތައް ވިޔަވާ ކޭއާރު އެޗްއަކީ އެންމެ ގިނަބަޔަކު ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ. އުތުރުގެ ތިން އަތޮޅުން ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ މިހޮސްޕިޓަލުން ނެވެ. ކޭއާރުއެޗުން ހިދުމަތް ހޯދާ ފަރާތްތަކުގެ ފަސޭއަށްޓަކައި އިތުރު ހިދުމަތްތައް ތައާރަފު ކުރަމުންދާއިރު އެ ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ހެއްދުން ފަސޭހަކުރުމަށް މޯބައިލް އެޕެއް ލޯންޗުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެހޮސްޕިޓަލުން މީގެ ކުރިން ބުނެފައި ވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ކުޅުދުއްފުށި ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފި
22 - ޖެނުއަރީ - 2022
ތިން މީހަކު ޕޮޒިޓިވްވެ، ކުޅުދުއްފުށިސިޓީ މޮނިޓަރިންއަށް
2 - މޭ - 2021
ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ކުޅުދުއްފުށިން ނެގި ސާމްޕަލްތައް ނެގަޓިވް
26 - މާރިޗު - 2021
އިހަވަންދޫގެ ބައެއްމީހުންނަށް ބިންހެލުމެއްގެ އިހްސާސް ކުރެވިއްޖެ!
27 - މޭ - 2024
ދިއްދޫއާ ކުޅުދުއްފުށި އެއްވަނަ ޑިވިޝަނަށް
1 - ޖުލައި - 2022
ކޭއާރުއެޗްގައި ކަކުލު ހުޅު ބަދަލުކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ފަށަނީ
10 - އޮގަސްޓު - 2021
މަސްތުވާތަކެތީގެ ބޮޑެއް އިހަވަންދޫން ހައްޔަރު ކޮށްފި
31 - މާރިޗު - 2021
ކޭއާރުއެޗް އިން އެޕޮއިންޓްމަންޓް ހެއްދުމަށް މޯބައިލް އެޕެއް ތައްޔާރު ކުރަނީ
25 - ޖެނުއަރީ - 2021
ގުރުދާ ބައްޔަށް ހާއްސަ ޑޮކްޓަރެއް ފުރަތަމަ ފަހަރަށް ކޭއާރުއެޗަށް
31 - ޑިސެމްބަރު - 2020
ކޭއާރުއެޗްގައި ސްޕީޗް ތެރަޕީ ޑިޕާޓުމަންޓުން ކޭމްޕެއް ބާއްވަނީ
25 - ނޮވެމްބަރު - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް