ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ޢާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި
ހއ.އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ޢާންމުންގެ ހިޔާލު ހޯދުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ. އެއުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް އިހަވަންދޫ ކައުންސިލުން ހުޅުވާލާފައިވަނީ އިއްޔައެވެ. އޮންލައިން ފޯމެއް ފުރައިގެން ހިޔާލު ހުށަހެޅޭއިރު، ހިޔާލު ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.
އިހަވަންދޫއިން 150 ބަންޑާރަ ގޯތި ދޫކުރުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފަވަނީ، ޑިސެމްބަރ މަހުގެ 26 ގައި ބޭއްވި އިހަވަންދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ، 178 ވަނަ އާއްމު ބައްދަލުވުމުގައެވެ.
އެންމެފަހުން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެފަހުރު ދޫކޮށްފައިވަނީ 200 ގެވަޅެވެ. އެފަހަރު ބަންޑާރަ ގޯއްޗަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވީ 455 މީހުންނެވެ. އެފަހަރު ދޫކުރި 200 ގޯތި ދޫކުރިތާ 4 އަހަރު ވެފައިވާއިރު، އަދި މިހާތަނަށް މީހުން ދިރިއެޅެން ފަށާފައިވަނީ އެންމެ ދެތިން ގެއެއްގައެވެ. ނަމަވެސް މިހާރު ގިނަ ގެތައްދަނީ އިމާރާތް ކުރަމުންނެވެ. ގެތަކުގެ މަސައްކަތްނިމި އެސަރަހައްދުގައި މީހުން އާބާދުވާން ތައްޔާރުވެފައިވާއިރު، އަދި އެސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބެއެވެ.
ހއ.އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
ހިޔާލު ހުށައަޅާ ފޯމް
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ގޯތި ދޫކުރުމުގެ ހުއްދަ އަދިވެސް ނުލިބޭ، މަސައްކަތް އޮތީ ހުއްޓިފައި!
7 - މާރިޗު - 2026
އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް މިހާރުއޮތް ހިސާބު މިއޮތީ!
5 - ޖެނުއަރީ - 2026
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އިހަވަންދޫއިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް މަޑު ޖައްސާލައިފި!
8 - ސެޕްޓެމްބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށްއެދި ހުށަހެޅީ 440 މީހުން : ސޮބާހް
24 - ޖުލައި - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
10 - ޖޫން - 2025
އިހަވަންދޫއިން 150 ބަންޑާރަ ގޯތި ދޫކުރަނީ
26 - ޑިސެމްބަރު - 2024
މަސައްކަތް ފަށިފައިނުވަނީ ވެލިއަޅަންޖެހޭ ގޯތިތަކުގެ ލިސްޓް ކައުންސިލުން ހިއްސާނުކުރާތީކަމަށް އެމްޓީސީސީއިން ބުނެފި
8 - ސެޕްޓެމްބަރު - 2023
ގޯތި ދިނުމާބެހޭ މައްސަލައެއް ކޯޓުގައި
15 - ޖޫން - 2020
އިހަވަންދޫން 200 ގޯތި ދޫކޮށްފި
13 - ޖޫން - 2020
ކޮމެންޓް
އަދި ކޮމެންޓެއް ނެތް