ކައުންސިލް ކަޕް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަންހެން އަދި ފިރިހެން ބޭފުޅުންނަށް ހުޅުވައިލާގެން ދެޖިންސްގެ ވަކި މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން 25 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ރަޖިސްޓްރީކުރަން ޖެހެއެވެ.
އަންނަ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫގެ ޓީމްތަކަށް އެކަންޏެވެ. ނަމަވެސް ރަށުން ބޭރު 1 ކުޅުންތެރިޔަކު ޓީމްގައި ހިމެނިދާނެއެވެ. ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
މިއީ އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ދެވަނަ ވޮލީ މުބާރާތެވެ. ފުރަތަމަ މުބަރާތް 2022 ވަނަ އަހަރު ބާއްވާފައިވާއިރު، އެފަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖަންގަލް ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ގަބީލާއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޖަންގަލް އަތުން ބަދަލު ހިފައި އެންވީކޭ ފައިނަލަށް!
6 - ސެޕްޓެމްބަރު - 2025
ޔުނައިޓެޑް ޔޫތް ފައިނަލަށް، ޖަންގަލި އަދި އެންވީކޭ ސެމީއަށް
4 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2025 މިއަދު ފަށަނީ
1 - ސެޕްޓެމްބަރު - 2025
ކައުންސިލް ކަޕް އަދި ޑަބުލިއު.ޑީ.ސީ ވޮލީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 - އޮގަސްޓު - 2025
ކައުންސިލް ކަޕް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކުޅިމަގު ހޯދައިފި
18 - އޮކްޓޯބަރު - 2024
ޖަންގަލް އަތުން ބަދަލު ހިފައި އިރަމާ ފައިނަލަށް
16 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – ކުޅިމަގު ފައިނަލަށް ދަތުރުކޮއްފި
15 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 – އިރަމާ ސެމީ ފައިނަލަށް
14 - އޮކްޓޯބަރު - 2024
ކުޅިމަގު އަދި ޖަންގަލް ފައިނަލުން ޖާގައަކަށް ވާދަކުރާއިރު، އިރަމާ އަދި ޔޫތް ވާދަކުރަނީ ސެމީފައިނަލުން ޖާގައަކަށް
14 - އޮކްޓޯބަރު - 2024
ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް 2024 - ކުޅިމަގު އަދި ޖަންގަލް ފެށުން ރަނގަޅުކޮށްފި
13 - އޮކްޓޯބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް