އެޗްއާރްއެފް ވޮލީ ލީގު: ގްރޫޕް ސްޓޭޖުން ދެވަނަ ޓީމްގެ ގޮތުގައި އިމަގު ސެމީ ފައިނަލަށް
އެޗްއާރްއެފް ވޮލީ ލީގުގެ ގްރޫޕް ސްޓޭޖްގެ ކުޅުން ނިމުނުއިރު، ގްރޫޕް ސްޓޭޖުން ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމްގެ ގޮތުގައި، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެޗްއާރްއެފް ވޮލީ ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި މިރޭ ބައްދަލުކުރީ އިމަގު އަދި ހޯރަފުށީ ޕޮލިސް ޓީމެވެ. އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ސީދާ ޖާގައެއް ލިބެން އޮތްއިރު، ވާދަވެރި ކުޅުމަކަށްފަހު މެޗް 3-2 ސެޓްއިން ކާމިޔާބުކުރީ ހޯރަފުށީ ޕޮލިސް ޓީމެވެ.
ޖުމަލަ 6 ޓީމް ވާދަކުރާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުން އެންމެގިނަ ޕޮއިންޓްހޯދާ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާއިރު، ގްރޫޕް ސްޓޭޖުން 2 އަދި 3 ވަނަ ހޯދާ ދެ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފައިނަލުން ޖާގަ ކަށަވަރުކުރީ ހޯރަފުށި ޕޮލިސް ޓީމެވެ. ގްރޫޕް ސްޓޭޖުން ދެވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި އިމަގު އަދި ގްރޫޕް ސްޓޭޖުން ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދި އެފްސީ ފްރިގޭޓަރ ސެމީ ފައިނަލްގެ މެޗަށް ނުކުންނާނީ މާދަމާ ރޭ 20:30 ގައެވެ.
މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ ހައެއްވާ ހޯމަ ދުވަހުގެރޭ ހޯރަފުށި އައުޓްޑޯ ވޮލީ ކޯޓުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އެޗްއާރްއެފް ވޮލީ ލީގު: ސެމީ ގައި ފުރިގޭޓަރ އަތުން ބަލިވެ އިމަގަށް މުބާރާތް ނިމިއްޖެ
4 - މޭ - 2024
އެޗްއާރްއެފް ވޮލީ ލީގު: ކެލާ ބަލިކޮށް އިމަގަށް ހިންހަމަޖެހުމެއް
2 - މޭ - 2024
އެޗްއާރްއެފް ވޮލީ ލީގު: އިމަގުން ފަހަތުންއަރާ ޓީމް ހިޔާ ބަލިކޮށްފި
1 - މޭ - 2024
ފަހުވަގުތާޖެހެންދެން ހިތްވަރުކުރި ނަމަވެސް، އިމަގު ދެވަނަ މެޗުން ބަލިވެއްޖެ!
28 - އޭޕްރީލް - 2024
ކްލަބް ޖީއެސް ބަލިކޮށް އިމަގުން ފެށުން ރަނގަޅުކޮށްފި
27 - އޭޕްރީލް - 2024
އިމަގު ޖަމިއްޔާގެ 14 ވަނަ ދައުރުގެ ރައީސްކަމަށް މުހައްމަދު ރަޝީދު...
25 - ޖޫން - 2026
އިމަގުގެ 30 ވަނަ އަހަރީދުވަހާ ގުޅުވައިގެން ހަންޑި ހޮހޮޅަ މިރޭ ދައްކާލަނީ!
4 - ޖޫން - 2026
9 ދައުރަށްފަހު އިމަގުގެ ރައީސްކަމުން މޫސާ އަލީ ދުރަށް
2 - މޭ - 2026
އިމަގުގެ 14ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފި
30 - އޭޕްރީލް - 2026
އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
29 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް