ދީނީ މަޢުލޫމާތު އޮޅުންފިލުވައިދޭ ޕްލެޓްފޯމެއް ލޯންޗްކޮށްފި
ދީނީ ގޮތުން ރައްޔިތުންގެ ހިތުތެރޭގައި އުފެދޭ އެކިއެކި ސުވާލުތަކަށް ފަސޭހައިން ޖަވާބު ހޯދޭނެ ޕްލެޓްފޯމެއް އިހަވަންދޫ ކައުންސިލުން ލޯންޗްކޮށްފިއެވެ. އެޕްލެޓްފޯމް ލޯންޗް ކޮށްފައިވަނީ ރޭ އިހަވަންދޫ ބަނދަރުމަތީ ކުރިޔަށް ގެންދިޔަ އައްޝައިޚް އާދަމް ބަޝީރުގެ ދަރުސް ޕްރޮގްރާމްގެ ތެރެއިންނެވެ.
ސޯޝަލް މީޑިޔާ އެޕްލިކޭޝަނެއް ކަމަށްވާ ޓެލްގްރާމްގައި "އިހަވަން ސުވާލާއި ޖަވާބު" ނަމުގައި ކުރިޔަށްގެންދާ މިޕްލެޓްފޯމްމެދުވެރިކޮށް، އިހަވަންދޫއަށް ނިސްބަތްވާ ދީނީ އިލްމުވެރިންގެ ފަރާތުން ފަސޭހައިން، ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދޭނެއެވެ. މިޕްލެޓްފޯމްގައި އާނމުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނީ އިހަވަންދޫއަށް ނިސްބަތްވާ 5 ދީނީ އިލްމުވެރިޔެކެވެ. އެއީ އައްޝައިޙް ޙުސައިން ރީޙާން، އައްޝައިޚް ޢަބްދުލް ޤާދިރު މުހައްމަދު، އައްޝައިޚް ޙަސަން ޞަބާޙް، އައްޝައިޚް މުޙައްމަދު ޝާފިއު އަދި އައްޝައިޚް ޢަބުދުﷲ ސަމީރުއެވެ.
މިޕްލެޓްފޯމް ލޯންޗްކޮށްދެއްވީ އައްޝައިޚް އާދަމް ބަޝީރުއެވެ. މިޕްލެޓްފޯމް މެދުވެރިކޮށް، ވަކިވަކި ޝެއިޙުންނާއި ޕްރައިވެޓްކޮށް ސުވާލު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ. އެގޮތަށް ޝެއިހުންނާއި ކުރާ ސުވާލުތަކާއި ޖަވާބުތައްވެސް އާންމު މަސްލަހަތަށް ބެލުމަށްފަހު އެންމެންގެ ފައިދާއަށްޓަކާ އެންމެނަށް ފެންނަގޮތަށް ބަހައްޓާނެއެވެ. ނަމަވެސް އެގޮތަށް ވަކިން ސުވާލުކުރާ މީހުންގެ މައުލޫމާތު ރައްކާތެރިކުރާނެއެވެ.
ދީނީ މަޢުލޫމާތު އޮޅުންފިލުވުމަށް ޚާއްޞަ އޮންލައިން ފޯރަމެއް ޤާއިމްކުރުމަކީ، އިހަވަންދޫ ކައުންސިލްގެ މިދައުރުގެ ކައުންސިލަރުންގެ ވަޢުދެކެވެ.
"އިހަވަން ސުވާލާއި ޖަވާބު" ޕްލެޓްފޯމަށް ޖޮއިންކުރުމަށް މިލިންކަށް ކްލިކްކޮށްލަށްވާ!
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް