ބުޅަލުގެ ޒަރިއްޔާއިން ބައްޔެއް ފެތުރެމުންދާ ކަމަށާއި، މި ބައްޔަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ހަވީރު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ބުޅަލުގެ ޒަރިއްޔާއިން ފެތުރޭ ”ލާވާ މައިގްރަންސް“ އަކީ ރާއްޖެއިން އަބަދުވެސް ފެންނަ ބައްޔެއް ކަމަށާއި އަދި މި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކުރައްވާ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެދޭ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ، މި ބައްޔަކީ ބުޅަލުގެ ނަޖިހުން ޖެހޭ ބައްޔެއް ކަމަށާއި މި ބަލި ޖެހެނީ ހަންގަނޑަށް ކަމަށެވެ.
މި ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަމުގެ ގޮތުގައި އެޗްޕީއޭއިން ބުނެފައިވާ ކަންކަމަކީ
- ހުސްފައިގާ މަގުމަތީގަޔާއި، ވެލީގައި ނުހިނގުން
- މަގުމަތީގައި އުޅޭ ބުޅަލާއި، އެ ބުޅަލުގެ ނަޖިހުގައި ނުޖެހުން
- ބުޅާ ގެންގުޅޭ ފަރާތްތަކުން ބުޅާ ޑީވޯމް ކުރުން
- ބުޅަލުގެ ލިޓާ ބޮކްސް ސާފުކުރާއިރު އަންގި ބޭނުން ކުރުން
- ގިނަގައިން ސައިބޯނި ލައިގެން އަތް ދޮތުން
- ކުޑަކުދިން ޕާކުފަދަ ތަންތާނގާއި އުޅޭއިރު ވެއްޔަށް އަތްލިޔަ ނުދިނުން



