ލޯބީގެ އިހްސާސްތަކަށް ގެއްލިފައިވާ މީހުންނަށް ތަދު އިހްސާސްވުން ކުޑައީ ކީއްވެ؟
މުހައްމަދު ޢަބުދުއްޞަމަދު
7 - އޮގަސްޓު - 2023
ގްރީކް ޑްރާމާ ލިޔުންތެރިޔާ ސޮފޮކްލިސް މިވާހަކަ ލިޔުއްވާފައިވާތާ 2500 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ލޯބިން އުޅުމަކީ ހަގީގަތުގައި ވެސް ވޭން ކުޑަކުރެވޭނެ ކަމެއްކަން ސައިންސްވެރިން މިހާރު ވަނީ ސާބިތުކޮށްދީފަ އެވެ.
ލޯބީގެ ޚިޔާލުތަކުގެ ތެރެއަށް ގެނބިފައި ތިބޭ މީހުންނަށް ތަދު އިހްސާސް ކުރެވޭލެއް ކުޑަ ކަމަށް ދިރާސާ އަކުން މިހާރުވަނީ ދައްކާފައެވެ.
ބަލްޓިމޯރުގެ ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީން ކުރި ދިރާސާގައި ބައިވެރި ކުރީ އެ ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރުންނެވެ. މިދިރާސާގައި އެ ކުދިންނަށް ޖެހުނީ އައިސްކޮށްފައި ހުރި ފެން ޓޭންކެއްގެ ތެރެއަށް އަތް ލައިގެން ތިބޭށެވެ.
ދަރިވަރުން ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި އެއް ގުރޫޕްގެ ކުދިންނަށް ޖެހުނީ އައިސްކޮށްފައި ހުރި ފެން ޓޭންކަށް އަތް ލައިގެން ތިބޭއިރު، ޝަހުވަތްތެރިކަމުގެ ޚިޔާލެއް ކުރާށެވެ. ދެ ވަނަ ގްރޫޕްގެ ކުދިންނަށް ޖެހުނީ ފެން ޓޭންކަށް އަތް ލައިގެން ތިބޭއިރު، މަގުމަތީ ހިނގާފައި ދިއުން ނުވަތަ ކުލާހުގައި ކިޔަވަން އިނުން ފަދަ ޚިޔާލެއް ކުރާށެވެ.
މި ދިރާސާގައި އެހެން ޚިޔާލުތަކުގައި ތިބި ކުދިންނަށް ވުރެން ދެ ގުނަ އިތުރަށް، ލޯބީގެ ޚިޔާލު ތަކުގައި، އެ ޚިޔާލުގެ ތެރެއަށް ގެނބިފައި ތިބި ކުދިންނަށް، އައިސް ފެނުގެ ތެރެއަށް އަތް ލައިގެން ތިބެވުނެވެ. އަދި އެކުދިންނަށް ތަދު އިހްސާސް ކުރެވުނީ އެހެން ކުދިންނަށް ވުރެން މާ ކުޑަކޮށް ކަމަށް ދިރާސާގެ ބައިވެރިވި ކުދިންގެ ތެރެއިން ޝަހުވަތްތެރިކަމުގެ ޚިޔާލު ކުރި ކުދިން ބުނެފައިވެއެވެ.
ލޯބީގެ ޚިޔާލުތަކަކީ ހަށިގަނޑަށް ވާ ތަދުތައް ލުއި ކުރުމުގެ އިތުރުން އަރާމާއި ހިތް ހަމަޖެހުން ހަށިގަނޑަށް ލިބޭ ކަމެއް ކަން ވެސް ދިރާސާވެރިންނަށް ވަނީ ފެނިފައެވެ.
ތަދުވުމާ ބެހޭ ގޮތުން ދިރާސާކުރާ ދިރާސާވެރިން ބުނެފައިވަނީ ލޯބީގެ އިހްސާސްތައް ކުރާއިރު، ސިކުނޑީގެ ނާރުތަކުގައި ސިގްނަލްތައް ދަތުރުކުރަނީ، އެކި ބާވަތްތަކުގެ ތަދު ކަނޑުވާ ބޭސް ބޭނުންކުރާއިރު ސިކުނޑީން އިހްސާސްތައް ދެނެގަންނަ ގޮތަށް ކަމަށެވެ.
ގުޅުން ހުރެދާނެ ލިޔުން
ބިޒީ ޝެޑިއުލްގައިއުޅޭ މީހުންނަށްވެސް ފިޓްވާ ގޮތަށް ބައްޓަންކޮށްފައިވާ "ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް" އިހަވަންދޫގައި!
19 - ޖޫން - 2026
އިހަވަންދޫގެ ބައެއްމީހުންނަށް ބިންހެލުމެއްގެ އިހްސާސް ކުރެވިއްޖެ!
27 - މޭ - 2024
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާ އިން ވޯޓު ލުމުގެ ހައްޤު ލިބިފައިވަނީ 3457 މީހުންނަށް
26 - މާރިޗު - 2024
އިހަވަންދޫން ވޯޓު ދިނުމުގެ ހައްޤު ލިބިފައިވަނީ 2403 މީހުންނަށް
15 - އޮގަސްޓު - 2023
ކިޔަވައި އުމުރުގެ ދަރިވަރުން ސްކޫލަށް ނުދިއުން – 3 (ސްކޫލަށް ދިއުމަށް ދެކޮޅު ހަދަނީ ކީއްވެ؟)
1 - ފެބްރުއަރީ - 2023
ކިޔަވައި އުމުރުގެ ދަރިވަރުން ސްކޫލަށް ނުދިއުން – 2 (ސްކޫލަށް ދިއުމަށް ދެކޮޅު ހަދަނީ ކީއްވެ؟)
23 - ޖެނުއަރީ - 2023
ކިޔަވައި އުމުރުގެ ދަރިވަރުން ސްކޫލަށް ނުދިއުން – 1 (މައްސަލައަކަށް ވަނީ ކީއްވެ؟)
15 - ޖެނުއަރީ - 2023
އިންޑިޔާގެ އީވިސާ ލިބޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ނެތީ ކީއްވެ؟
10 - ޖޫން - 2021
43،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހައިފި
16 - ފެބްރުއަރީ - 2021
އިހަވަންދިއްޕޮޅުން ވޯޓު ދިނުމުގެ ހައްޤު ލިބިފައިވަނީ 6072 މީހުންނަށް
10 - ފެބްރުއަރީ - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް