ރަށަށް ނިސްބަތްވާ ކުޅުންތެރިންނަށް ހޭދަތައްކުރުން މުހިންމު: އަތޮޅު ކައުންސިލްގެ ރައީސް

22 ޑިސެމްބަރު 2016 2

މައި ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކުންވެސް އެޓީމަކަށް މޮޅެތި ކުޅުންތެރިންގެނެސް ޓީމު ވަރުގަދަ ކުރުމަށް ބޮޑެތި ހޭދަތަކެއް ކުރާކަމަށާއި އެ ހޭދަތަށް ރަށަށް ނިސްބަތްވާ ކުޅުންތެރިންނަށް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ހއ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މި އަހަރު މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ޖަންގަލް ޑާކު ޕޮއިންޓު ޓީމަށް އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރުއަދާކުރުމުގެ ގޮތުން ކަނދޮޅުމާ ޖަގަހާގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މުޙައްމަދު ރަޝީދު ވިދާޅުވީ އިހަވަންދޫގައި ތިބި ދަރިން ޓީމުތަކުގައި ހިމަނައިގެން އެ ދަރިންނަށް ހޭދަތަކެއްކުރަން ފަށަންވެއްޖެ ކަމަށާއި ކޮންމެ ދުވަހަކު ލޯންޗު ފޮނުވައިގެން ރަށުން ބޭރުން ކުޅުންތެރިން ގެނައުމުގެ ބަދަލުގައި ރަށަށް ނިސްބަތްވާ ކުޅުންތެރިންނަށް އެ ހޭދަތައް ކުރުން މާ މުހިންމު ކަމަށެވެ.

ކޮންމެ ކުއްޖަކީވެސް ކޮންމެވެސް ހުނަރެއް ހުންނާނެ ކުއްޖެއްކަން ފާހަގަކުރަމުން މުޙައްމަދު ރަޝީދު ވިދާޅުވީ އެހުނަރު ދައްކައިލުމަށް ފުރުސަތު ދޭންޖެހޭކަމަށެވެ. "މިގޮތަށް މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑމެންގެ ތެރޭގައި މޮޅެތި ކުޅުންތެރިން ނުއުފެދޭނެ" މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޖަންގަލް ޑީ․ޕީ ތޯ ނޫނީ އެމް ޑީ․ޕީ ތޯ؟ ބެކު ގުރައުންޑު ފެންނަ ގޮތުން ހަމަ ސުވާލު އުފެދޭތީ އަހާލީ․․․

– 22 ޑިސެމްބަރު 2016 0

އަރާޗުވާ!․․․․․․․․․․․․․․

– 25 ޑިސެމްބަރު 2016 0