މަދިރި އުފައްދާ ކާރުހާނާތައް — Ihavandhoo.com

މަދިރި އުފައްދާ ކާރުހާނާތައް

17 މެއި 2013 7

ވިއްސާރަ މޫސުން މިވަނީ ފެށިފައެވެ. ކޮންމެ ވިއްސާރަ މޫސުމަކާއެކުހެން ރަށުތެރޭގައި މަދިރި ގިނަވެ، މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވެގެން ދެއެވެ. މެލޭރިއާ އާއި ޑެންގޫ ހުން އަދި ރީނދޫ ހުމުގެ އިތުރުން ޗިކްންގުންޔާ ފަދަ ބަލިތައް ފެތުރުމުގެ ޤާބިލުކަން ލިބިފައިވާ މަދިރީގެ ސަބަބުން އަހަރަކު 70،000 އަށްވުރެ ގިނަ މީހުން ދުނިޔެ ދޫކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ލިޔަން މިއުޅެނީ  މަދިރީގެ ސަބަބުން ވާ ގެއްލުން ތަކުގެ ވާހަކައެއް ނޫނެވެ. ރަށުގައި ހުރި މަދިރިއުފައްދާ ކާރުހާނާ ތަކެއްގެ ގޮތުގައި ސިފަ ކުރެވޭ ތަންތަނުގެ ވާހަކަ އެވެ. ބޭނުންވަނީ ލިޔުމަކަށް ވުރެ ބޮޑަށް ތަސްވީރުގެ އެހީގައި އެތަންތަން ދައްކާލުމެވެ. މިކަންތައްތަކާއި މެދު ސީރިއަސްކޮށް ވިސްނާ ބަޔަކު، މިކަންތައްތައް ހައްލުކުރަން މަސައްކަތް ކުރުމެވެ.

މިއީ ރަށުގެ އުތުރު ފަރާތުގައި ބަންނަން ފަށާފައި އޮތް ފައިބަރު ދޯންޏެކެވެ. އެއްވެސް ނިވާކަމެއްނެތި މިހެން އޮންނަތާ 3 އަހަރަށް ވުރެ ގިނަވެދާނެ ކަމަށް ލަފާކުރެވެއެވެ.

ވާރޭ ވެހުނަސް، ނުވެހުނަސް އަބަދުވެސް މިދޯނީގެ ފަށަނުގައި ފެންހުރެއެވެ. ފެންގަނޑު ހުންނަނީ ރަތްކުލަ އަރާފައެވެ. ގިނަޢަދަދެއްގެ މަދިރިފަނި މިފެންގަނޑުގައި މިނިވަންކަމާއެކު އުޅެމުން ދެއެވެ. މި "ކާރުހާނާއިން" އުފައްދާފައި ވަނީ ކިތައް ލައްކަ މަދިރިކަމެއް ބުނާކަށް ނޭގެއެވެ.

ގާތްގަނޑަކަށް 2 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ހަދަންފަށާފައި އޮތް މި ދެ ލޯންޗު ގައިވެސް ފެންހަރުލާފައި ހުންނަތަން ވަރަށް ގިނައިން ފެނެއެވެ. ދެންނެ ދެންމެ އުދައްސާގަންނަ ވަރުވެފައި ހުރި އެތައްސަތޭކަ މަދިރި ލާވާތައް މިއަދުވެސް އެފެންގަނޑުގައި އުޅޭތަން ފެނުނެވެ.

މިއީ ރަށުގެ ކުޑަކުދިންގެ ޕާކުގައި ހަދާފައިވާ މަސްފެންގަނޑެވެ. މިފެންގަނޑުގައި މަސް ހުރީ ކިތައް ދުވަހަކު ކަމެއް ބުނާކަށް ނޭގެއެވެ. 2009 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރަށަށް އިތުރުވި މިޕާކުގައި މިވާ "މަސްފެންގަޑަކީ" ދުރުން ފެންނަ އިރު ހިތްގައިމު ތަނަކަށްވިޔަސް މަދިރިއުފައްދާ "ކާރުހާނާ" ތަކުގެ ލިސްޓުގައި ހިމަނަންޖެހޭ ތަނެކެވެ. ރަށުގެ ކައުންސިލް އިދާރާއިން ބައެއްފަހަރު މިތަން ހިއްކާ ނަމަވެސް، މިފެންގަޑުގައިވެސް މަދިރިފަނި އަޅާފައި ހުންނަތަން ވަރަށްގިނައިން ފެނެއެވެ.

 

މިއީ އިހަވަންދޫގެ ފަޅުކޮނުމުގައި ހަރަކާތްތެރިވި ފަރާތުން ފަޅުކޮނުނުއިރު ދެކުނުފަރާތު ބަނދަރުމަތީގައި ހަދާފައިވާ ވަޅުގަނޑެކެވެ. ފެންދައުރުނުވާ މިވަޅުގަނޑުގައިވެސް މަދިރިފަނި އުޅޭކަމަށް ވެއެވެ. މިހާރު މިވާޅުގަނޑަށް ކުނިއަޅަން ފަށާފައި ހުރިކަން ވެސް ފާހަގަ ކުރެވެއެވެ. މަސްކަޑަ ކާރީގައި އޮތް މިވަޅުގަނޑު ، މަސްކަޑައިން ކާޅު ގެނެސް ވައްޓާލާ ގޮހުރު ފަދަ ތަކެތީގެ ސަބަބުން ވަނީ ތަޣައްޔަރުވެ ވަސްވެސް ނުބައިވެފައެވެ.

ރަށުގެ އިރުމަތީ ފަރާތު އަތިރިމަތީގައި އޮތް މިލޯންޗަކީވެސް މީގެ 3 ނުވަތަ 4 އަހަރު ކުރިން ފެށިގެން އެތަނުގައި އޮންނަ ލޯންޗެކެވެ. މިލޯންޗަކީވެސް މަދިރި އުފައްދާ "ކާރުހާނާގެ" ލިސްޓުގައި ހިމެނޭ އެއްޗެކެވެ.

 

އިރުމަތީ ފަރާތު އަތިރިމަތީގައި އޮންނަތާ 2 އަހަރަށްވުރެ ގިނދުވަސްވެފައިވާ މިލޯންޗަކީވެސް ރަށުގައި އުފެދޭ މަދިރީގެ ވަރަށްބޮޑު ހިއްސާއެއް އަދާކުރާ އެއްޗެއްކަމީ ހަމަ ހަޤީގަތެކެވެ.

 

މިއީވެސް އިރުމަތީ ފަރާތު އަތިރިމަތީގައި އޮތް އެއްވެސް ނިވާކަމެއްނެތި ބަންނަމުންދާ ފައިބަރު ދޯންޏެކެވެ. މިދޯނީގެ ފަށަނުންވެސް އެތައް ހާސް މަދިރިއެއް އުފައްދަމުންދެއެވެ.

މަދިރި ކޮންޓުރޯލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. އވުރެޖުކޮށް 12 މޭލަށްވުރެ ދުރަށް (63360 ފޫޓަށްވުރެ ދުރަށް) ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ މަދިރިން ރައްކާތެރިވުމަށްޓަކައި ގެދޮރު ސާފުކޮށް ބަލަހައްޓާފަދައިން ރަށުގައި ހުރި މިފަދަ ތަންތަނަކީވެސް މަދިރިއާއި ރަހުމަތްތެރި ނޫން ތަނަކަށް ހަދަން އެބަޖެހެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހުމާލު، އިހުމާލު. ކޮންމެ ދިމާއަކުންވެސް ފެންނަނީ އިހުމާލު. ރަށުތެރެއަށް ފޮގު ކުރުމަކީ ހަމައެކަނި ހައްލު ނޫންކަން ވަރަށް ރީތިކޮށް މިއޮތީ އެނގިފަ.

– 18 މެއި 2013 3

ކައުންސިލާރ ސަމީު ކޮބާހޭ ކޮބާހޭ...ބަލަގަ އަމާންކަމަށް މަޝްހޫރު ރަށް ތިއޮއްގެން ހަލާކު ވަނީ ކައުންސިލާ ސަހާބު ޕުލީސް ކަމެއް ކޮށްބަ

– 18 މެއި 2013 2

އަދިކިރިޔާ އިހަވަންދޫ.ކޮމް ގެ ހަގީގީ ބޭނުންތެރިކަން މަށަށްމި އިހްސާސްވީ. ހޭލުންތެރިކުރުން

– 18 މެއި 2013 1

މީހަމައެކަނި ކައުންސިލްގެ ކަމަކަށް ދެކިގެން ދުވަހަކުވެސް މިކަމެއް ހައްލެއްނުވާނެ! މީ ހުރިހާއެންމެންގެވެސްކަމެއް.. ސަމީރުމެން ތީގެން އޮޑިއަކަށް ފިޔަވަޅެއް އަޅާފިއްޔާ މާދަންތިބެންޖެހޭނީ ކޯޓުގައި

– 18 މެއި 2013 2

މީގެން މިފެންނަނީ އަހަރެމެން އެންމެންގެ އަތުން އަހަރެމެންގެ ރަށުގެ މާހައުލާއި މުޖުތަމަޢު ހަލާކުކުރަން ކޮށްފައި ހުންނަ "މޮޅެތި" ކަންތައްތައް.... ކަރުގަ އަމިއްލައަށް ވާ ބައްދާފަވެސް ކައުންސިލަތ ސާބު ހޯދީމަ އަމިއްލަ ޒިންމާ އަދާވި! ކިކިކިކި...

– 19 މެއި 2013 2

ސާބަހޭ ޙަމީދު. ކަލޭ ވަރެއް ނެތޭ ބުންޏަސް ރަނގަޅުވާނެ.

– 19 މެއި 2013 2

މައްސަލައަކީ ހައްގުތައް ގިނަވުން. ތިބޭގެ ހައްގާ ހުރެ އަނެކާގެ ހައްގަށް އަރާގަނެވުން. މިލިޔުމުން އެނގޭ ގޮތުގަ އެންމެ ބޮޑު މައްސަލައަކީ އޮޑި ހަރުގެތައް. އެކަމަކު ކޮމެންތެއްގަ ބުނެފަ އެއޮތްގޮތަށް އެއްވެސް އޮޑިހަރުގެއަކާމެދު ފިޔަވަޅެއް އަޅާފިނަމަ، މުޅި އުމުރު އުޅެން ޖެހޭނީ ކޯޓުގަ.

– 19 މެއި 2013 1