މައި ކަޕް 2015: ނިކަ ޗެއިން، ސެންސިޓީ ފޭންސް އަދި ޔުނައިޓެޑް ޔޫތުގެ ފެށުން ރަނގަޅުކޮށްފި — Ihavandhoo.com

މައި ކަޕް 2015: ނިކަ ޗެއިން، ސެންސިޓީ ފޭންސް އަދި ޔުނައިޓެޑް ޔޫތުގެ ފެށުން ރަނގަޅުކޮށްފި

14 ޑިސެމްބަރު 2015 0

ނިކަ ޗެއިން އަދި އެފްސީ ބޮޑުމަގު ބައްދަލްކުރި މެޗުގެ ތެރެއިން

އިހަވަންދޫ ހުރަވީ ދަނޑުގައި މިހާރު ކުރިޔަށްދާ މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް 3 ގައި ހިމެނޭ ނިކަ ޗެއިން އަދި ސެންސިޓީ ފޭންސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް އެދެޓީމުގެ ފެށުން ރަނގަޅުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅެވުނު ގުރޫޕް 3 ގެ ފުރަތަމަ މެޗުގައި އެފްސީ ބޮޑުމަގުގެ މައްޗަށް ނިކަ ޗެއިން ކުރިހޯދީ 2-1 ލަނޑުންނެވެ. ނިކަ ޗެއިންގެ ޙުސައިން އައިމަން 2، އަތުން ބައިކޮޅަށް ވަތް ގޯލަކުން މެޗުގެ ފުރަތަމަ ލީޑު ނެގީ އެފްސީ ބޮޑުމަގުންނެވެ. ނިކަ ޗެއިންގެ ދެ ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ މުޙައްމަދު ނިސާން 11، އަދި ޙަސަން ޝާމިލް 9، އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިކަ ޗެއިންގެ އަޙްމަދު ޝަޙުދު 5، އެވެ.

ރޭ ކުޅެވުނު، މި ގްރޫޕްގެ ދެވަނަ މެޗުގައި ސެންސިޓީ ފޭންސްވަނީ 2-1 ން ކުޅިމަގު ބަލިކޮށް އެޓީމުގެ ފެށުން ރަނގަޅުކޮށްފަ އެވެ. ސެންސިޓީ ފޭންސް ގެ ދެގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޢަބްދުއްޞަމަދު މޫސާ 14، އަދި މުޙައްމަދު އަޒުމީލް 11، އެވެ. ކުޅިމަގުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމުގެ އިބްރާހީމް މާޖިދު 12، އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސެންސިޓީ ފޭންސްގެ ޙުސައިން މޫސާ 7، އެވެ.

ރޭ ކުޅެވުނު ފަހު މެޗުގައި ގްރޫޕް 4 ގެ އުނައިޓެޑް ޔޫތު އަދި ޖަންގަލް ޑާކް ޕޮއިންޓެވެ. ޔުނައިޓެޑް ޔޫތުގެ މުޙައްމަދު ސާނިއު 11، އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އާމިރު ޢަބްދުއްރަޝީދު 10، މެޗުގެ ފުރަތަމަ ހާފުގައި ޖަހައިދިން ދެގޯލާއެކު 2-0 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބުކުރީ ޔުނައިޓެޑް ޔޫތެވެ.

މި މުބާރާތުގައި މިއަދު ހަވީރު ގްރޫޕް 4 ގެ ދެވަނަ މެޗުގައި ބައްދަލް ކުރާނީ މާރަންދޫ ޔޫތު ސޮސައިޓީ އަދި ސެން ސިޓީއެވެ. އަދި މިރޭ ކުޅޭ ފުރަތަމަ މެޗުގައި އެންވީކޭ އިން މާރަންދޫ ޔޫތު ކޯޕަރޭޝަނާ ދެކޮޅަށް ނިކުންނައިރު މިރޭގެ ދެވަނަ މެޗުގައި ތުރާކުނު އައިލެންޑް ޑިވްލޮޕްމެންޓް ސޮސައިޓީ (ޓައިޑްސް) ނިކުންނަނީ އައި-ކުލަބާ ދެކޮޅަށެވެ. މިއީ ގްރޫޕް 1 ގެ ދެމެޗެވެ.

 

މައިކަޕް 2015

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ