މައި ކަޕް 2016: ފައިނަލުގެ ފަހު ޖާގައަށް ނިކަ

23 ޑިސެމްބަރު 2016 1

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ރިޟްވާން(ކ)

މައި ކަޕް 10 ވަނަ ފުޓްބޯޅަ މުބާރާތުގެ ރޭ ކުޅުނު ދެވަނަ ސެމީ ފައިނަލްގައި ހޯރަފުށި ޔޫތު ޑިވްލޮޕްމެންޓް ސޮސައިޓީ (ހައިޑްސް) ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ނިކަ ހޯދައިފި އެވެ.

މެޗުގައި މޮޅު ކުޅުމެއްދެއްކި ހައިޑްސް މުބާރާތުން ކެޓީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ން ދެޓީމު އެއްވަރުވުމުން ނަތީޖާ ނެރެން ކުޅުނު 15 މިނެޓުގެ އިތުރު ދެހާފުގައިވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ޕެނަލްޓީ ޖަހައިގެން 4-3 އިންނެވެ.

މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލް މެޗުގައި ނިކައާ ދެކޮޅަށް ނިކުންނާނީ މާރަންދޫ ޔޫތު ކޯޕަރޭޝަނެވެ. އެޓީމު ފައިނަލުން ޖާގަ ހޯދީ އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ ސެމީގައި 2-0 ން އަރާދުވާ ބަލިކުރުމަށްފަހު އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރޭގަ ކެޓި ޓީމު އަދި އެންމެ ފައްކާކުޅުމެއް މި މުބާރަތުގަ ކުޅުނީ... ނިކަ ތަށި ނަގާނެ އިންޝާ ﷲ

– 24 ޑިސެމްބަރު 2016 0