ޢީދު ހެދުމެއް ހޯދަނީތަ؟ ލައިކް އަސް އިން ލިބޭނެ!

28 އޮގަސްޓު 2017 1

 ޙައްޖުގެ މާތް މަތިވެރި އަޅުކަމަށްފަހު މުސްލިމު އަޙުންނާއި އުޙުތުނާ ބައްދަލުކުރާނީ އުފާވެރި އަޟްހާ ޢީދު ދުވަހެވެ. ނަލަހެދި ޒީނަތްތެރިވާ ދުވަހެވެ. އެދުވަހަށް ހާއްސަ ހެދުމެއް، އާދެ ޢީދު ހެދުމެއް ކޮންމެހެންވެސް ހޯދާންޖެހެއެވެ.

ހިތާމައަކީ އެންމެފަހުގެ ޒަމާނީ ފެޝަންތައް ރަށުން ލިބުމުގައި ދިމާވާ ދަތިތަކެވެ. އެއަށްވުރެއް ބޮޑީ ކޮލެޓީ ރަނގަޅު އެއްޗެއް އަތްފުނާ އަޅައިގެންވެސް ނުފެންނާތީއެވެ. މިއީ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ.

މިފަދަ ފަރާތްތަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ތި ހޯދާކަހަލަ މަޝްހޫރު ބްރޭންޑްތަކުގެ ކޮލެޓީ ރަނގަޅު ޢީދު ހެދުމެއް ހޯދަންނިކުމެ އެންމެ ފުރަތަމަވެސް ދާންވީ "ލައިކް އަސް" ފިހާރައަށެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ G2000 ބްރޭންޑްގެ ކޮލެޓީ ފަޓްލޫނު ހެޔޮއަގުގައި ލައިކްއަސް ފިހާރައިން ލިބެންހުރިއިރު ކުޑަކުދިންގެ ގަމީހާއި ކެރެޓް ޖީންސްގެ އިތުރުން ކެރެޓް ފަޓްލޫންވެސް އެކި ސައިޒުން އެތަނުން ލިބެން އެބަހުއްޓެވެ.

ޢީދު ހެދުމުކަށް ކޮލެޓީ، އަގުހެޔޮ އަދި ތަފާތު ޑިޒައިންތައް ހޯދާނަމަ ލައިކް އަސް ހިޔާރުކުރައްވާށެވެ. ކުރާ ކޮންމެ ވިޔަފާރިއަކުން ޙާއްސަ ޑިސްކައުންޓެއް ލިބޭއިރު ލައިކް އަސް އިން އަބަދުވެސް އިސްކަންދެނީ ކޮލެޓީ ރަނގަޅު މުދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

އެހެންކަމުން އަގުހެޔޮ ކޮލެޓީ ރަނގަޅު ޢީދު ހެދުމެއް ހޯދާނަމަ ލައިކް އަސް ހިޔާރުކުރައްވާށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހާދަ ފައްކާ އިސްތިހާރެކޭ․ <br>މީހަކު ނުދަނީ ދޮތަ؟

– 29 އޮގަސްޓު 2017 0