ކިޔުންތެރިންނަށް ރަނުގެ ފުރުޞަތެއް

އިހަވަންދޫ ދާއިރާއަށް ކުރިމަތިލައްވާ ކެނޑިޑޭޓުން / (ކަނާއަތުން ވާއްތަށް) އަޙްމަދު ޝާފިޢު، މުޙައްމަދު މަޠީން، އަޙްމަދު ޢަބްދުﷲ އަދި މުޙައްމަދު ޢަބްދުﷲ
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ހަތަރު ކެނޑިޑޭޓުންނާ ކިޔުންތެރިން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކުގެ ޖަވާބު މި ނޫސް މެދުވެރިކޮށް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމުގެ ޚާއްސަ މަސައްކަތެއް މި ނޫހުން ކުރުމަށް ވަނީ ނިންމާފަ އެވެ.
ކެނޑިޑޭޓުންނާ ކިޔުންތެރިން ކުރައްވަން ބޭނުންފުޅުވާ ސުވާލުތައް މި އާރޓިކަލް އަށް ކޮމެންޓްގެ ގޮތުގައި ފޮނުއްވާދެއްވުން އެދެމެވެ. ކިޔުންތެރިން ސުވާލު ކުރެއްވުމުގައި އެއްވެސް ކެނޑިޑޭޓެއްގެ ޢިއްޒަތުއްނަފްސަށް އުނިކަން ލިބިދާނެފަދަ ސުވާލުތައް ނުކުރެއްވުން އެދެމެވެ. މަޖިލިސް އިންތިޚާބަށް ކުރިމަތިލެއްވުމުގެ ސަބަބުން ރައްޔިތުން ސާފުކުރައްވަން އެދިވަޑައިގަންނަވާނޭ ފަދަ ސުވާލުތަކަށް އިސްކަމެއް ދެއްވުން އެދެމެވެ. ސުވާލު ކުރައްވާއިރު، ސުވާލު ރައްދު ކުރާ ކެނޑިޑޭޓްގެ ނަން ބަޔާންކޮށްދެއްވަން ވާނެ އެވެ.
ކިޔުންތެރިން ފޮނުއްވާ ސުވާލުތައް މި ނޫހުން ބެލުމަށްފަހު ޝާއިޢުކުރެވޭނެ އެވެ.
ސުވާލު ފޮނުއްވުމުގެ ފުރުޞަތު ބަންދު ވާނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12:00ގެ ނިޔަލަށެވެ.
ކިޔުންތެރިން ފޮނުއްވާ ސުވާލުތަކުގެ ޖަވާބު އަންނަ ހަފްތާގައި ޝާއިޢު ކުރުމަށް މި ނޫހުން ގަސްދުކޮށްފައިވެ އެވެ.
މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި އެދެވޭ ގޮތުގައި ހިއްޕަވާނެކަމަށް އުންމީދުކުރަމެވެ.
ޚިޔާލު ފައުޅުކުރުން