ޖަންގަލް ޑާކް ޕޮއިންޓަށް އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކޮށްފި

22 ޑިސެމްބަރު 2016 1

މިހާރު ކުރިއަށްދާ މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުން ބަލިވެ މުބާރާތުން ކާޓާފައިވާ ޖަންގަލް ޑާކް ޕޮއިންޓް ޓީމަށް އެހީތެރިވެދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަފުލާއެއް ބާއްވައިފިއެވެ.

ރޭ 9:00 ގައި ފެށިގެން ކަނދޮޅުމާ ޖަގަހާގައި ކުރިއަށްގެންދިޔަ މި ހަފުލާގައި މި އަހަރުގެ މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ޖަންގަލް ޑާކް ޕޮއިންޓް ޓީމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ހަނދަނީ ލިޔުން ހަވާލުކޮށްފައިވެއެވެ. މައި ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުގެ ކޯޗުންނާއި ކުޅުންތެރިން އަދި މެނޭޖްމެންޓް ބައިވެރިވި މި ހަފުލާގައި މި އަހަރު ޖަންގަލް ޑާކު ޕޮއިންޓް ޓީމަށް ކުޅުނު ކުޅުންތެރިން ދެއްކި ހިތްވަރާއި މޮޅު ކުޅުން ފާހަގަކޮށް އެކުޅުންތެރިންނަށްވެސްވަނީ ހަނދަނީ ލިޔުން ދީފައެވެ.

ހއ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ޝަރަފުވެރިކޮށްދެއްވި މި ހަފުލާ ނިންމާލީ ހަފުލާގެ ހާޒިރީންގެ ޝަރަފުގައި އޮތް ބިލެތްމީރުކޮށްލުމަކުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ބަލަ․ މިރާޒު އެއީ އަރާދުވާ ޓީމުގެ ކޯޗެއް ނޫންތަ؟

– 22 ޑިސެމްބަރު 2016 1