ފޮޓޯއިން: ޑެންގޫ ހުން ކޮންޓުރޯލުން ނެއްޓިފައި – އިހަވަންދޫ މަދިރީގެ ހާއްޔަކަށް
މިއަހަރުގެ އޭޕްރީލް މަހުގެ 26 ވަނަދުވަހުގެ ފަހުން އިހަވަންދޫއިން ދަނީ ޑެންގޫ ހުން ޖެހޭ ކުދިންގެ އަދަދު އާދަޔާ ހިލާފަށް ގިނައިން ފެންނަމުންނެވެ. އިއްޔެގެ ނިޔަލަށް އިހަވަންދޫން ޑެންގީ ހުން ޖެހުނު ކުދިންގެ އަދަދު 34 އަށް އަރާފައި ވާއިރު މިއީ އިހަވަންދޫގެ ތާރިހުގައި މީހަ ގިނައަދަދެއްގެ މީހުންނަށް ޑެންގީ ހުން ޖެހުނު އައުޓް ބްރޭކު ކަން ފާހަގަ ކޮށްލެވެއެވެ.
އިހަވަންދޫ ކުޑަކުދިންގެ ޕާކުގައި ހެދިފައިވާ ފެންގަނޑު.
އިހަވަންދޫއިން ޑެންގީ ހުން ކޮންޓުރޯލް ކުރެވިފައި ނުވާއިރު، އިހަވަންދޫ މިވަނީ ޑެންގީ ހުން މީހުންގެ ގަޔަށް ނަގުލުކުރަމުންދާ މަދިރީގެ ހާއްޔަކަށް ވެފައެވެ.
ކޯލިމަގު
ދެފަހަރެއްގެ މަތިން ރަށުގެ މުވައްސަސާތަކުގެ މުވައްޒަފުން މެދުވެރިކޮށް ރަށުތެރެ ސާފުކޮށްފައިވީނަމަވެސް، ރަށުގައި މަދިރި އާލާވެ، އުފެދޭނޭ ގޮތަށް ހުރި އެތައް ތަނެއް ރަށުތެރޭގައި މިއަދު ހޭދަކޮށްލި ބައިގަޑި އިރުތެރޭ ވަނީ ހޯދިފައެވެ. މިލިޔުމުގައި ހިމަނާލާފައި މިވަނީ، ރަށުގެ އެކި ސަރަހައްދުތަކުން މިއަދު ފެނުނު ބައެއް މަންޒަރުތަކެވެ.
އެންމެ ބޮޑަށް މަދިރި އާލާވާނޭފަދަ ޖަގަހަ އަކީ އިހަވަންދޫގެ ކުނިގޮޑުގައި ދަޅުފަދަ ތަކެތި އުކާލުމަށް ހާއްސަ ކޮށްފައިވާ ބައެވެ.
އޮޑިހަރުގެއެއް ކައިރީ ފެން ހަރުލާގޮތަށް ހުރި އެއްޗެތި ތަކެއް
އިހަވަންދޫގެ ސޯސަންމަގު (ކުޑަކަތީބުމަގު) ން ފެށިގެން އަލިހަނދުވަރު ހިނގުން( ޖަމީލާ ކޮށިމަގު) އާ ހަމައަށް ގޮނޑުދަށުގައި އަޅާފައިވާ އޮޑި ހަރުގެތަކުގައި ބަންނަމުންދާ ފައިބަރު އޮޑިތަކާއި ފައިބަރުގެ މަސައްކަތުގައި ގެންގުޅެފައިވާ ގިނަ އަދަދެއްގެ ތަކެތީގައި ވަނީ ފެންހެދި، މަދިރިއާލާވާ ގޮތަށެވެ.
ޚިޔާލު ފައުޅުކުރުން