އިހަވަންދޫގެ ގެއަކުން ވައްކަން ކުރި މައްސަލައެއް ބަލަނީ

13 އޮކްޓޫބަރު 2017 0

އިހަވަންދޫގެ ގެއަކުން ރޭގެ ވަގުތެއްގައި ވައްކަން ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑީއާ އޮފިސަރ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭގެ ފަތިހުގެ ވަގުތެއްގައި އިހަވަންދޫގެ ގެއަކުން ވައްކަން ކުރި މައްސަލަ، މިއަދު ހެނދުނު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އެމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ. އަދި މިހާތަނަށް ބެލިބެލުން 1000 ރުފިޔާއާއި 700 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއްވިއެވެ.

މިމައްސަލާގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މިނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ވައްކަން ކޮށްފައި ވަނީ ހއ. އިހަވަންދޫ ޕެރިސް ގެއިންނެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ