އިހަވަންދޫއަށް "ސިހުރު" ޖެހިފައި ވަނީ ވަރަށް ބޮޑަށް! — Ihavandhoo.com

އިހަވަންދޫއަށް "ސިހުރު" ޖެހިފައި ވަނީ ވަރަށް ބޮޑަށް!

ސިޔާސީ ދެކޮޅުވެރިކަމުގެ ފިތުނާގައި ޖެހި، ހިތްތައްކަޅުވެ، ގުޅުންތައް ކެނޑި، ފިތުނައިގެ މުސީބާތުގައި ޖެހިފައިވާ ރައްޔިތުންގެ ހިތްތައް، ދެއަވަށުގެ ވާދަވެރިކަމުގެ ފިތުނައިގެ ތެރެއަށް ގެނބުނީ ނިމިދިޔަ ގައުމީ އަންހެނުންގެ ވޮލީ މުބާރާތުގެ ތެރޭގަ އެވެ. ކުޅިވަރުގެ ފޯރީގައިޖެހި އިތުރު ބައިބައިވުމެއް އުފެދުނީ އެވެ.

ވޮލީ މުބާރާތަށް ދެއަވަށުގެ ދެކުލަބު ތައްޔާރުވީ ކަށިން ހިތްވަރުނެރެގެންނެވެ. މުބާރާތައް ހަރަދުކުރުމަށް ފައިސާ ހޯދީ ކަށީގެ މަދުން ހިތްވަރުނެރެގެންނެވެ. މުބާރާތް ކާމިޔާބުކޮށް ތަށިގެންދިޔައީ ޕޮލިސް ކުލަބެއެވެ. މާދުރުންއައި އެހެންބަޔެކެވެ.

ދެހާހުގެ ކުރީކޮޅު ރަށުގައި ބޭއްވީ ޒޯން ވޮލީ މުބާރާތައްވެސް މިބީދައިން މި ދެކުލަބުން ތައްޔާރުވެ ފިތުނައިގެ ތެރެއަށް ރަށްވެއްޓުނެވެ.

ރަށުތެރޭގައި މީހުންގެ ތުންތުންމަތިން ވާހަކަ ދެކެވެ އެވެ. ދެކުލަބުންވެސް މުބާރާތް ކާމިޔާބު ކުރުމަށްޓަކައި ޝައިޠާނާގެ އެހީތެރިކަން ހޯދި އެވެ. ދުނިޔޭގެ ބޮޑެތި ކުޅިވަރު މުބާރާތްތަކުގައި ވެސް ޖިންނި ޝައިޠާނުންގެ މަދަދަރުވެރިކަން ހޯދާކަމަށްވެ އެވެ.

ކުދިކުދި މުޖުތަމަޢުތަކުގައި މިފަދަ ޝައިޠާނީ މަދަދުވެރިކަމުގެ ނަތީޖާ ފަހުން އަންނަނީ ނަމާންކަމާއި ބިރުވެރިކަމާއެކު އެވެ. ސަބަބީ ޖިންނި ޝައިޠާނުންގެ އާލަމަކީ ވަކިތަނެކެވެ. އެތަނުން، ﷲ ގެ ރަހުމަތުން ދުރުކުރެވިފައިވާ ޝައިޠާނުންތަކަށް އަހަރެމެން ދައުވަތު ދިނުމުން އެސޮރުމެން އިންސާނީ މިކުޑަކުޑަ މުޖުތަމަޢަށް ބާރުހިންގަން މަސައްކަތްކުރާނެ އެވެ.

ޖިންނި ޝައިޠާނުންގެ އެހީތެރިކަމާއި މަދަދުވެރިކަން ހޯދާ މީހުންނަކީ ސިހުރުވެރިންނެވެ.

ޢަބްދުﷲ  އަނބިމީހާއާއި ދެކުދިންނާއެކު އިހަވަންދޫއަށް ހިޖުރަކުރީ އޭނާ ކުރާ ސިހުރުހެދުމުގެ މަސައްކަތުގައި އިހަވަންދޫގައި ރަގަޅު ޑިމާންޑެއް އޮތްތަން ފެނިގެންނެވެ. މުހައްމަދުބޭ ރަށްޓެހިކަމުގައި އަބްދުﷲ އެތައްފަހަރަކު އިހަވަންދޫއަށް ވަނީ އައިސް ގޮސްފައެވެ. މިއިން ކޮންމެ ދަތުރެއްގައި ފަންޑިތަ ސިހުރުގެ ކަންތައްތައް މީހުންނަށް ކޮށްދީގެން ރަގަޅު އާއްމުދަނީއެއް ލިބެއެވެ.

ސިހުރު ހާހޫރާއިގެ ކަންތައްތަކަކީ ރަށުގެ ވަރަށް ގިނަމީހުން ގަބޫލުކުރާ ކަމެކެވެ.  އެންމެ ގިނައިން ރަށު މީހުން ސިހުރުހާހޫރަ ފަންޑިތަ ހަދާފައި ވަނީ މީހުންގެ ހަލާކަށާއި މަސްއޮޑިފަންޑިތައެވެ. އިސްތިރި ވަރިތޮޅިވެސް ހަދާއުޅެ އެވެ.

މިފަދަ ސިހުރުގެ ކަންތައްތައް އެތައް ދުވަހެއްފަހުން، ރޫހާނީވެ، ބައެއްކުދިންނަށާއި މީހުންނަށް ޖިންނި އުނދަގޫވެ މޮޔަވެ އެވެ.

ސިހުރު ފަންޑިތަ ހެދި ގިނަމީހުން އެމަސައްކަތް ކުރުންވަނީ ހުއްޓާލާފަ އެވެ. އޮޑިދޯނިފަހަރުގައި އޮގަރުބައި މިހާރަކު ނާޅާ އެވެ. ވަރަށް މަދު އޮޑިއެއް ފިޔަވަ އެވެ. ނަމަވެސް ސިހުރު ހެދުން ކަށީގައި ހިފާފައިބައެއް މުސްކުޅިން އަދިވެސް އެކަންކުރެ އެވެ. ފަންޑިތަ ތަޖުރިބާކުރުމަށްވެސް ކޮށްއުޅެ އެވެ.

އަބްދުﷲ، މޫސަބޭއާ ގުޅުން ބަދަހި ކުރީ މުހައްމަދުބޭގެ ފަރާތުން މޫސާބޭގެ މައުލޫމާތު ލިބިގެންނެވެ. ފަންޑިތަ ހެދުމަށް މޮޅު މީހެއްކަމަށް ބުނެގެންނެވެ. އަބުދުﷲ އަތުގައި ނެތް ސުލޫސުލްއަންވާރު ފަދަ މޮޅު އެތައް ފަންޑިތަ ފޮތްތަކެއް މޫސާބޭއަތުގައި ހުއްޓެވެ. އަރަބި ބަހުންނާއި އުރުދޫ ބަހުން މިފޮތްތައް ހުރީމާ މުސާބޭއަކަށް ފޮތްތަކުގެ ބޭނުމެއް އެންމެ އެދެވޭގޮތުގައި ނުހިފެ އެވެ. އަބުދުﷲ އަށް ކޮންމެވެސް ވަރަކަށް އަރަބި ބަހާއި އުރުދޫބަސް އެނގޭތީވެ، އަބުދުﷲ އަށް އިހުސާސް ކުރެވުނީ އޭނާގެ ހަޔާތުގައި ފަންޑިތަވެރިކަމުގެ އާބާބެއް ފެށުނުހެންނެވެ.

އަބްދުﷲގެ މިމަސައްކަތާއިއެކު އިހަވަންދޫ ނާމާންވެފައިވާކަމަށް ރަށުގެ ވަރަށްގިނަމީހުން ބުނެ އެވެ. އަބްދުﷲގެ ފަންޑިތަ ސިހުރުހެދުމުގެ މަސައްކަތަށް ފާޅުގައި ދެކޮޅުހަދާ ޒުވާބެއް ދިނީ އަހުމަދު ރަޝީދެވެ. އަބުދުﷲ ކުރާ މަސައްކަތުގެ މައުލޫމާތާއި ފަންނުވެރިކަން ރަޝީދަށް ކޮންމެވެސް ވަރަކަށް އެނގޭތީ އެވެ.

މިހާލަތުގައި ކޮންމެ މީހަކަށްވެސް ފަންޑިތަ ސިހުރުވެރިކަމެއް ޖެހިދާނެ އެވެ. ސިހުރު ނުވަތަ ފަންޑިޔަތަ ޖެހިފައިވާ ކަމުގެ އަލާމާތްތައް ވަރަށް ގިނަ އެވެ.

ސިޙުރު އަދި ޖިންނި ބަލީގެ ބައެއް ޢަލާމާތްތައް:

 • ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި ދުރުހެލިވުން، މިކަންކަން ކުރާހިތްނުވުން އަދި ކުރާއިރު އުނދަގޫވުން. ޣާފިލުވުން މިހެންވާނަމަ ގިނަގިނައިން أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْمِ) ކިޔާށެވެ. އަދި ކޮންމެދުވަހަކު 11 ފަހަރު كَافِرُون ސޫރަތް ކިޔަވާށެވެ. މިގޮތަށް މެދުނުކަޑައި މަދުވެގެން 11 ދުވަހު ޢަމަލު ކުރާށެވެ. އިރާދަކުރެއްވިއްޔާ އަޅުކަމާ މަޝްޢޫލުވާހިތްވެ ނަމާދާއި ގާތްވާހުއްޓެވެ.
 • ޢާއްމުކޮށް ބޮލުގައި ރިހުން މެންދުރުވެގެން އަންނަ ވަގުތު އަދި ބޮޑަށް އިރުއޮއްސިގެން އަންނަ ވަގުތު ވަކިން ބޮޑަށް ރިހުން އަދި ބޮލުގައި މީހަކު ހިފާފަ ހުންންގޮތަށްވެ ބަރުޖެހުން.
 • ހުވަފެނުގައި ތަންތަނުން ވެއްޓޭތީފެނުން، ޢާއްމުކޮށް އުސްތަންތަނުން ވެއްޓޭތީފެނުން އަދި ހޭލެވޭއިރު ވެއްޓެން ދާގޮތަށް ވުން.
 • މީހާ މަޑުނެގިވެފައި ހުރުން، ކަންކަން ކުރާހިތްނުވުން، މަސައްކަތްކުރާހިތްނުވުން ކަންކަމުގައި އަޅައިނުގަނެ ހަރަކާތް ލަސްވުން.
 • ފާޚާނާގައި ގިނައިރުވުން، ފާޚާނާ ކުރާވަގުތު އަމިއްލަ ހިތާ ނުވަތަ އަމިއްލަ އަމިއްލައަށް ވާހަކަދެއްކުން.
 • އަންހެނެއްނަމަ ޙައިޟު ގެ މައްސަލަ އާއްމުކޮށްޖެހުން، މާގިނައިން ވުން، ވެފަ އަވަހަށް ރަނގަޅުނުވުން.
 • ދެމަފިރިންގެ އެއްވެސް ޖިސްމާނީ މައްސަލައެއް ނުވަތަ ޑޮކްޓަރީ ބައްޔެއްނެތި ކިތަންމެ މަސައްކަތް ކުރިނަމަވެސް ދަރިން ނުލިބުން.
 • ހުވަފެންތެރޭގައި ޖިންނީން ފެނުން އެތަކެއްޗާ ތަޅާފޮޅާތީ ނުވަތަ މުޢާމަލާ ކުރާތީ ފެނުން، ބިރުވެރި ހުވަފެން ޢާއްމުކޮށް ފެނުން. ޢައުރަ ނިވާނުކޮށް ތިބޭމީހުން ގިނައިން ފެނުން، ހަރުފަ ބުޅާ ފަދަ ޖަނަވާރު ފެނުން ބިރުވެރި ސިފައިގައި ތިބޭ މީހުން ފެނުން، ތަންތަނުން ވެއްޓޭތީ ފެނުން.
 • ހޭލެވޭއިރު ވަރުބަލިވެ ބިރުގަނެ ހާސްވުން، ހަމަނިދި ނުނިދުން، ނިދަން އުނދަގޫވުން، ޢާއްމުކޮށް ދަންވަރަށް ނުނިދިގެން އުޅުން.
 • ނިދީގައި ބާރަށް ވާހަކަދެއްކުން، ބާރަށް ގުގުރިދެމުން، ނިދީގައި ރޮވުން.
 • ނިދީގައި ކުއްލިއަކަށް ސިއްސައިގެން ގޮސް ހޭލެވުން.
 • އެކަނި އިންނަ ވަގުތު ސިއްސަސިއްސައިގެން ދިޔުން.
 • ގިނައިން އެކަނިވެރިވުން / އެކަނި މީހުން ނޫޅޭތަންތާގައި މާގިނައިން އިންނަ ހިތްވުން، ކަމަކާ ނުލައި ފިކުރު ބޮޑުވުން، އަދި ހާސްވުން، އެކަނި ހުންނައިރުވެސް ކައިރީ މީހަކު އުޅޭހެން ހީވުން.
 • ޒިނޭކުރާތީ ޢާއްމުކޮށް ހުވަފެނުގައި ފެނުން އަދި މިފަދަ ހުވަފެނުންހޭލެވޭ އިރު ޝަހުވަތްތެރިވުން ނުވަތަ އެދުން ފުދިފައި އޮތުން ނުވަތަ އެމީހަކު މިފަދަކަމެއް ކުރަން ހިތްކިޔާ މީހަކާއެކު މިފަދަ ގޮތަކަށް މާގިނައިން ފެނުން.
 • ކާހިތްނުވުން، ކެއުމުގައި އުނދަގޫވުން ނުވަތަ އާދަޔާ ޚިލާފަށް ގިނައިން ކެވުން، ކިތައްމެވަރަށް ކެއަސް ބަނޑުހައިހޫނުކަން ނުފިލުން ނުވަތަ މާއަވަހަށް ބަނޑުހައިވުން.
 • ފާޚާނާ ކުރާއިރު މީހަކު ހުންނަހެންހީވުން / ފެންވަރާއިރު މީހަކު ބަލަން ހުންނަހެން ހީވުން.
 • މާގިނައިން މީހަކު ގައިގައި އަތްލާހެން ހީވުން (ޢާއްމުކޮށް އެކަނި އުޅޭވަގުތު) އަދި ގޮވާހެން ހީވުން.
 • ގައިގެ ތަންތަން ހޭލާއިރު ރަތްވެފައި ހުރުން، ނުވަތަ ނޫފާވެފައި ހުރުން ނުވަތަ ވަކިދެމިފައި ހުރުން ނުވަތަ ފިހިފައި ހުންނަހެން ހުރުން.
 • ސާފުތާހިރުކަމާ ދުރުވުން، ފެންވަރާހިތްނުވުން.
 • އަނދިރީގައި އުޅޭހިތްވުން / މާބޮޑަށް ބިރުގަތުން އަދި އެކަނިވާނަމަ ބިރުގަތުން.
 • މާބޮޑަށް ހަނދާންނެތުން، ކުރަން އުޅޭކަންތައްވެސް އެވަގުތެއްގައި ހަނދާންނެތުން.
 • ސަބަބަކާނުލައި ގައިގެ އެކިތަންތާގައި ރިއްސުން، ރިހުން އެކިފަހަރު އެކިތަނުގައި ހުރުން.
 • ގައިގެ ތަންތަނުން ދިލަނެގުން، ކުރިމަތިފަރާތުން ދިލަނެގުން، ކުޑަކަމުދިއުމުން ދިލަނެގުން.
 • ދެމަފިރިން ޖިމާޢު ވާއިރު ދިލަނެގުން، ރިހުން، ނުވަތަ ޖިމާޢުވެ ނިމުމުން އާދަޔާ ޚިލާފަށް މިފަދަ ކަމެއްވުން.

މިއީ ސިޙުރު ނުވަތަ ޖިންނީގެ ބައްޔެއް ޖެހިފައިވާ މީހުންގެ ކިބައިން ފެންނާނެ ބައެއް ޢާއްމު ޢަލާމާތެވެ. މިނޫންވެސް އެކި އެކި ތަފާތު އަލާމާތް ތަފާތު ވައްތަރުގެ ސިޙުރުގެ އަދި ޖިންނީގެ ޢަލާމާތްތައްވެ އެވެ. ދަންނަންޖެހޭ ޙަޤީޤަތަކީ މީގެން ޢަލާމާތެއް މީހެއްގައި ހުންނަ ކޮންމެ ފަހަރަކު އެއީ ޖިންނި ބަލި ނުވަތަ ސިޙުރު ކަމުގައި ނުވެދާނެ އެވެ. އެހެންކަހަލަ ބައްޔެއްގެ ސަބަބުން ވެސް މިފަދަ ޢަލާމާތެއް ފެނުން އެކަށީގެންވެ އެވެ. ޖިންނި ނުވަތަ ސިޙުރު ކަމުގައި ބެލެވޭނީ ޖުމްލަކޮށް ހުރިހާ ޢަލާމާތްތަކަކަށް ބަލައިގެނެވެ. އަދި ރުޤުޔާ އަޑުއެހުމުން މިފަދަ ކަމެއް ހުރިނަމަ އުނދަގުލެއްވާނަމަ އެވެ.

 

ސިހުރު ހެދުން, ސޮންދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ