އިހަވަންދޫ ކަނބަލުންގެ އަމާޒު- ހަމަހަމަ ޖީލަކަށް..

10 މާރިޗު 2020 0

މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައި، 2020 މާރިޗް 8 ވަނަ ދުވަހު އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުރޫޕް އިފްތިތާހުކޮށްފިއެވެ.

މިއީ، އިހަވަންދޫ ކައުންސިލާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން، އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށް އިހަވަންދޫގައި އުފައްދާފައިވާ ކޮމިޔުނިޓީ ގުރޫޕެކެވެ. މި ގުރޫޕްގެ މަގުސަދަކީ، އަންހެނުންނާ ގުޅުން ހުރި ކޮންމެ ދާއިރާއަކުން، ތަފާތު މަންސަތަކުގައި އެކަނބަލުންގެ ހިއްސާ އިތުރުކޮށް، އެކަނބަލުންގެ ލާބައާއި މަންފާއަށް ޓަކައި މަސައްކަތްކުރުމެވެ.

އިހަވަންދޫއަކީ އިޖުތިމައީ ގުޅުންވަރުގަދަ، ހިތްހެޔޮ، އޯގާތެރި، ކަންކަމާ ކެރިގެން ކުރިމަތިލައި ހޭލުންތެރި ބަޔަކު ދިރިއުޅޭ މުޖުތަމައަކަށްވުމަކީ މި ގުރޫޕްގެ ލަނޑުދަނޑިއެވެ. މިގުރޫޕްގެ އަމާޒަކީ، އަންހެނުންނާ ގުޅުންހުރި ދާއިރާތަކުން މުޅި މުޖުތަމައު ހޭލުންތެރިކުރުމާއި، ހިތްވަރުގަދަ، ކެރޭ، އޯގާތެރި މުޖުތަމައެއް އިހަވަންދޫގައި ބިނާކުރުމެވެ. އިޖުތިމާއީ ދަރިންތަކެއް އުފެއްދުމެވެ.

އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުރޫޕުން ވަނީ މި ގުރޫޕްގެ މަސައްކަތް އަމަލީ ގޮތުން ފެއްޓުމަށް ޓަކައި ހިންގާ ކޮމެޓީ އެކުލަވާލައިފައެވެ. އެގޮތުން، ހިންގާ ކޮމެޓީގެ މަގާމުތަކަށް އައްޔަން ކުރެވުނު ކަނބަލުންނަކީ:

ރައީސާ: ފާތިމަތު ޝާއިރާ/ އޯކިޑްމާގެ، ހއ.އިހަވަންދޫ

ނައިބު ރައިސާ: ހަލީމަތު ހުސެއިން/ އިސްތަފާގެ، ހއ.އިހަވަންދު

ކޯޑިނޭޓަރ: ހަލީމަތު ހުރާސަތު/ އަންބަރީގެ، ހއ.އިހަވަންދޫ

މީޑިއާ ކޯޑިނޭޓަރުން: މުނީޒާ އާދަމް/ ލުވޭޒާމަންޒިލް، ހއ.އިހިވަންދޫ

             ޢާއިޝަތު ނިހާމާ/ ބުލްބުލާގެ، ހއ.އިހަވަންދޫ

ހަޒާންދާރު: ސަލްމާ އަހުމަދު/ ހިޔަލީބާޣު، ހއ.އިހަވަންދޫ

ޖެނެރަލް ސެކެޓްރީ: އާމިނަތު ޔުމްނާ/ ހިޔަލީބާޣު، ހއ.އިހަވަންދު

ސްކެޓްރީ: ޒަހާދާ އިބްރާހިމް/ ޑޭޒީމާގެ، ހއ.އއިހަވަންދޫ

މެންބަރުން: މަރްޔަމް ނަޖުދާ/ އޮއިދުނި، ހއ.އއިހަވަންދޫ

        ފާތިމަތު ސައުދާ/ އަރިނަގާގެ، ހއ.އހަވަންދޫ

        ޢާއިޝަތު ޢިލްމާ ޢަދުނާނު/ މޫރިތިގެ، ހއ.އިހަވަންދޫ

މީގެ އިތުރުން، އިހަވަންދޫގެ 4 ނައިބަރހޫޑުން ދެ ފޯކަލް ޕޮއިންޓް މި ގުރޫޕު ތަމްސީލު ކުރާނެއެވެ.

އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުރޫޕުގެ ރައިސާ ވިދާޅުވާ ގޮތުގައި، ރަށެއް ކުރިއަރާ ދިއުމުގައި އަންހެނުންނާ މުޖުތަމައުގެ ބައިވެރިވުން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

 " އަޅުގަނޑުމެން މި ނުކުތީ ވަރަށް މާތް މަގްސަދެއްގަ. ރަށުގެ ހުރިހާ މުއައްސަސާއަކާ ގުޅިގެން ރަށު ތަރައްގީއަށް މަސައްކަތްކުރުމުގެ ނިޔަތުގަ. ހަމަހަމަ ޖީލެއް ބިނާކުރެވޭނީ ކަނބަލުން ކެރިގެން ކަންތައްތަކުގެ ބައިވެރިވެގެން.. އަންހެނުން ބާރުވެރިކުރުވާ، ރަށުގެ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް، ބިނާކުރަނިވި ޒުވާން ޖީލެއް އުފެއްދުމަށް ޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުން.".

މިއީ، އިހަވަންދޫގެ ކަނބަލުން އިސްނަގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ