ހޯރަފުށީ އެއަރޕޯޓަށް ބޭނުންވާ ފަޔަރ ފައިޓަރުން ރާއްޖޭން ބޭރުން ތަމްރީނު ކުރަނީ

18 ސެޕްޓެމްބަރު 2019 2

ރާއްޖެއިން ބޭރުގައި ބާއްވާ ފަޔަރ ފައިޓިންގ ޓްރެއިނިންގ ޕްރޮގުރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު، ހއ. ހޯރަފުށީ ރަށްވެހިންނަށް، އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

ހޯރަފުށީ ކައުންސިލް އިދާރާއިން ބުނެފައިވަނީ މިޕުރޮގުރާމަކީ ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ކުރިން އެކިދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ މަޤްޞަދުގައި  އެކައުންސިލުން ހިންގާ ތަފާތު ޕްރޮގްރާމުތަކުގެ ތެރެއިން ބައެއް ކަމަށެވެ.

 އެގޮތުން ރާއްޖެއިން ބޭރުގައި ބޭއްވުމަށް މަޝްވަރާ ކުރެވެމުންދާ ފަޔަރ ފައިޓިން ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ، ހޯރަފުށީ ރަށްވެހިންނަށް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާއިރު މި ޓްރެއިނިންގ ޕްރޮގުރާމުގައި ބައިވެރިވެވޭނީ، ސާނަވީ އިމްތިހާނަކުން ތިން މާއްދައިން ފާސްވެފައިވާ ފަރާތްތަކަށާއި، ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތްތަކަށް އަދި އެރަށުގެ ރަށްވެހިންނަށްކަމުގައި ކައުންސިލުން އިޢުލާނު ކޮށްފައިވެއެވެ.

މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 25 ގެ 13:30 ގެ ކުރިން ކައުންސިލުގައި ނަން ނޯޓު ކުރުމަށް ނުވަތަ ސާނަވީ އިމްތިހާނުތަކުގެ ސެޓުފިކެޓުތަކާއި ސީވީ، ހޯރަފުށީ ކައުންސިލަށް އީމެއިލް ކުރުމަށް އެކައުންސިލުން އެދެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހޯރަފުށީ އެއަރޕޯޓަށް ބޭނުންވާ ފަޔަރަފައިޓަރުންގެ މަގާމަށް ހޯރަފުށީގެ ރައްޔިތުން ތަމްރީނު ކުރަނީ․

– 19 ސެޕްޓެމްބަރު 2019 0

އެކަން ޢޮތީ އެހެން․․ އެއްވެސް ކައުންސިލަކުން އެތާނގެ ރައްޔިތުންގެ ފައިސާއިން އެހެންރަށެއްގެ މީހުންނަށް ތަމުރީނު ހޯދާކަށް ޚަރަދެއް ނުކުރާނެ․․ އިހަވަންދޫންވެސް ހަމަކުރަންވީ ތުރާކުނުންވެސް އެބަކުރޭ

– 19 ސެޕްޓެމްބަރު 2019 0