އެހާރާއި މިހާރުގެ ދިވެހި އަންހެނުން އެނގިލައްވަނީ ކިހާވަރަކަށް — Ihavandhoo.com

އެހާރާއި މިހާރުގެ ދިވެހި އަންހެނުން އެނގިލައްވަނީ ކިހާވަރަކަށް

ކުރީގައި ދިވެހި އަންހެނުންގެ ބޯނިވަލެއް ނުކުރެއެވެ. މިހާރު ވަރަށްގިނަ އަންހެނުން ތިބެނީ ބުރުގާއަޅާފައެވެ. އިބުނުބަތޫތާ ދިވެހިރާއްޖެއާއި ބެހޭގޮތުން ލިޔެފައިވެއެވެ. ދިވެހި އަންހެނުންތިބެނީ  ފުނާއަޅާފައި، އެއްފަރާތަކަށް ހުޅިޖަހާފައެވެ. އެމީހުންގެ ގިނަމީހުން ތިބެނީ ހަމައެކަނި ފޫޅުންތިރި ނިވާވަރުގެ ، އެއްޗެއް އަނދެގެން އެހެންތަންތަން ނިވާނުކޮށެވެ.

މިހާރުވެސް މިގޮތަށް ނިވާކަން ކުޑަކޮށް އުޅޭ އަންހެނުން ގިނައިން ފެނެއެވެ.

ދިވެހި އަންހެނުންގެ ގަހަނާއަކީ ޢަމަލް އެވެ. އެކިއެކި އަންހެނުން އުޅަބޮށިން ފެށިގެން ކުޑަހުޅާދެމެދު ފުރޭންދެން އުޅާއަޅާފައި ތިބެއެވެ. ރަސްރަސްމަތިފުށުގެ މީހުންނާއި ރަސްގެފާނުންގެ އަނބިއަނބިކަބަލުންނާއި ބޭބޭފުޅުން ފިޔަވައި ރަންއުޅަޅެއް ނާޅައެވެ. އެބޭބޭފުޅުން ތަކަހޮޅިވެސް ތުރުކުރައްވައެވެ. އަދި ކަރުފުޅުފައި މޭމައްޗަށް ވައްޓާލާފައިއޮންނަ ގިލަފަތިކޮޅެއްވެސް އޮވެއެވެ. ކުރީ ޒަމާނުގައި ތަކަހޮޅިއަށް ކިޔަނީ " ބާޔަލް" މިހެންނެވެ. ގިލަފައްޗަށް ކިޔަނީ " ބަސްދަރުދު" މިހެންނެވެ.

މިހާރުވެސް، މޭކަޕްކުރުމާއި ގަހަނާއެޅުމަށް ލޯބިކުރާ އަންހެން ކަނބަލުން އުޅޭ ފަދައިން އާދައިގެ ގޮތަކަށް ޒީނަތްތެރިވާ އަންހެން ބޭފުޅުންވެސް އުޅުއްވައެވެ.

ދިވެހި އަންހެނަކާއި ކައިވެނިކޮށްލުމަކީ ވަރަށް ފަސޭހަކަމެކެވެ. އެއީ ކާވެނީގެ ރަނުގެ މަދުކަމަށްޓަކައެވެ. ފިރިހެނުންގެ މައްޗަށް ލޯތްބާއި ކުލުނު އަންހެނުންގެ ހިތުގައި ޖެހޭލެއް އަވަސްކަމަށްޓަކައެވެ. އެލޯބީގެ އިޝްޤީބާރު ގަދަކަމަށްޓަކައެވެ. ހިތުގެ އޭގެ ނާރެހުންނެއްޓި ، ދޫވާލެއް އަވަސްކަމަށްޓަކައެވެ. އެތައް އަންހެނުންނެއް ދިރިއުޅުމޭ މިކިޔާ ޙަޔާތުގައި އެތައް ފިރިހެނުންނަކާއި ލޯބީގެގޮތުން ގުޅި، އުޅުމަށްފަހު، ކާވެނިކޮށް، ވަރިކޮށް، މިހެން އުޅުމީ އާދައެކެވެ. ފުރަތަމަ ލޯބީގެ މަތީގައި ދިރިއުޅުމުގެ ބިންގާއަޅައި އަލަތު ކައިވެނީގައި ގޮށުގައި ދިރި، މިނި އުޅެނީ ވަރަށް މަދު އަންހެނުންނެވެ.

އިބުނު ބަތޫތާ ބުނެފައިވައެވެ. " ތިމަންނަ އެރަށުން ( ދިވެހިރާއްޖެއިން ) އެތައް ބަޔަކާއި އިނީމެވެ.

އަންހެނުންނަކީ ބީރައްޓެހި ފިރިހެނުންގެ މައްޗަށް ވަރަށް އަވަހަށް ހިތްޖެހި ލޯބިއުފެދޭ ބަޔެކެވެ. މިކަމުގައި ދޭސީ ބިދޭސީއެއް ވަކި ތަފާތެއް ނެތެވެ. އިބުނު ބަތޫތާ ލިޔެފައިވެއެވ. ރާއްޖޭއަށް ނައުފަހަރު އައުމުން ، އެނައުފަހަރުގެ އަހުލުވެރިން މީހުންނާއި އިދެއެެވެ. ފުރާންވީމައި ވަރިކުރަނީ އެވެ. ހަމަ މިބީދައިން ، މަސައްކަތް ކުރަން ރާއްޖެއައިސް އުޅޭ ، އިންޑިޔާ ބަގުޅާދޭސް މީހުންނާއި އިދެގެން އުޅޭ މީހުން މިހާރުވެސް އުޅެއެވެ. އެވްރެޖްކޮށް އަހަރަކު 10 ބިދޭސީން ދިވެހި އަންހެނަކާއި ކައިވެނި ކުރާކަމަށް އާއިލާއާ ބެހޭ ކޯޓުން ބުނެއެވެ.

ކުރީގައި ދިވެހި އަންހެނުންނަކީ ފިރިންގެ މައްޗަށް ވަރަށް ހެޔޮ އޯގާތެރި ބަޔަކެވެ. ކާންހަދާދީ، އެތަކެތި ނަގާދީ، ވުޟޫކުރަން ފެންގެނެސްދީ، ، ނިދާއިރު ފައިމޮޑެދީ މިހުރިހާ ކަމެއް ކުރާނެއެވެ.

ނަމަވެސް ފިރިމީހާޔާއެކު ނުކާނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ