ކޮވިޑް 19: މޮނިޓަރިންގ ޑެސްކެއް ޤާއިމު ކޮށް ރަށަށް އަރާ ފައިބާ ފަރާތްތައް މޮނިޓަރ ކުރަނީ — Ihavandhoo.com

ކޮވިޑް 19: މޮނިޓަރިންގ ޑެސްކެއް ޤާއިމު ކޮށް ރަށަށް އަރާ ފައިބާ ފަރާތްތައް މޮނިޓަރ ކުރަނީ

15 މާރިޗު 2020 0

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ބައްޔެއް ކަމުގައިވާކޮވިޑް-19 (ކޮރޯނާ ވައިރަސް) އާގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާތީ މިރެއިން ފެށިގެން އިހަވަންދޫން ފުރާ ފަރާތްތަކާއި ރަށަށް އަންނަ ފަރާތްތައް މޮނިޓަރކޮށް ދަފުތަރު ބެލެހެއްޓުމުގެ މަސައްކަތް އިހަވަންދޫގައި ގާއިމުކޮށްފައިވާ ކޮވިޑު19 ޓާސްކްފޯސް އިން ފަށައިފިއެވެ.

މޮނިޓަރިންގ ޑެސްކު ޤާއިމުކޮށްފައި ވަނީ އިހަވަންދޫ ދެކުނުފަރާތު ބަނދަރު ސަރަހައްދުގައި އާއްމުކޮށް ދަތުރުވެރިން ރަށަށް އަރާ ފައިބާ ޖެޓީއާ ދިމާލުގައި ހުންނަ ތެޔޮ ފިހާރައިގެ އޮފީސްބައިގަ އެވެ.

އިހަވަންދޫ ކައުންސިލުން އިލްތިމާސްކޮށްފައި ވަނީ ރަށުން ފުރާ ފަރާތްތަކުން، މޮނިޓަރިންގ ޑެސްކަށް ދުރުވެ ނަންނޯޓު ކޮށްގެން މެނުވީ ރަށުން ނުފުރުމަށާއި ރަށަށް އަންނަ ފަރާތްތަކުން ވެސް ޤާއިމުކޮށްފައިވާ މޭޒާށް ދުރުވެ ނަންނޯޓު ކޮށްގެން މެނުވީ ގެޔަށް ނުދިއުމަށެވެ. އަދި މޮނިޓަރިންގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށްވެސް ކައުންސިލުން އެދިލައްވާފައި ވެއެވެ.  

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ