ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯރޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި — Ihavandhoo.com

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯރޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

18 ސެޕްޓެމްބަރު 2019 0

ހއ. އަތޮޅު ކައުންސިލުން ދެއްވަމުން ގެންދަވާ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯރޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވައިލައިފި އެވެ.

އަތޮޅު ކައުންސިލުން ދެއްވަމުން ގެންދަވާ މި އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން އަތޮޅަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވަމުން ގެންދަވާ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތިލެވޭ ދާއިރާތަކުގެ ތެރޭގައި ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް/ މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، 2017 އަދި 2018 ވަނަ އަހަރު އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކްލަބު ޖަމުޢިއްޔާތައް ހިމެނެއެވެ.

އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި މިއިނާމަށް އެދި ހުށަހަޅަންޖެހޭ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު މިހިނގާ ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ 14:00 ގެކުރިން އަތޮޅު ކައުންސިލަށް ނުވަތަ އެރަށެއްގެ ރަށު ކައުންސިލަށް ހުށަހަޅަން ޖެހޭނެ އެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޙަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ކަމަށްވެސް އަތޮޅު ކައުންސިލުން މަޢޫލޫމާތު ދެއްވައެވެ. އަތޮޅު ކައުންސިލުން މި އެވޯޑް ދެއްވަމުން އަންނަތާ މިއީ ހަތަރުވަނަ ފަހެރެވެ.

މިއެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު މީގެ ކުރިން މިއަހަރުގެ މެއި 19 ގައި ވެސް ހުޅުވާލި އެވެ. ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑު، ކައުންސިލުން ދޭން ފަށާފައި ވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ