މެނިފެސްޓޯ އިން ހާސިލްވީ ކިހާ މިންވަރެއް؟ އިގުތިސާދަށް ދިރުން ދީ ވަރު ޖެއްސުން — Ihavandhoo.com

މެނިފެސްޓޯ އިން ހާސިލްވީ ކިހާ މިންވަރެއް؟ އިގުތިސާދަށް ދިރުން ދީ ވަރު ޖެއްސުން

22 ފެބުރުއަރީ 2020 1

2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް އިހަވަންދޫ ރަށު ކައުންސިލަށާއި އިހަވަންދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އެމް.ޑީ.ޕީ ކެނޑިޑޭޓުން ނުކުންނެވީ މެނިފެސްޓޯއަކާއެކުއެވެ.

"ރަށަށްޓަކައި"ގެ ނަމުގައި މައިގަނޑު 5 ދާއިރާއަކަށް އަލި އަޅުވާލައިގެން ނެރުނު މެނިފެސްޓޯ އަށް ރައްޔިތުން އާބަސް ބުނެ އިހަވަންދޫ ކައުންސިލަށް އެމްޑީޕީގެ 5 ކައުންސިލަރުން އިންތިހާބުކޮށް އަތޮޅު ކައުންސިލްގެ ގޮނޑިވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ހޯދައިދިނެވެ.

މެނިފެސްޓޯގައި އަލިއަޅުވާލާފައި ވަނީ ރައްޔިތުން އެކަމަކަށްޓަކައި ލޮލުން ބޮލުން އެދިއެދި ތިބި ކަންތައްތަކެވެ. އިންތިހާބު ނިމި، ކައުންސިލްގެ 3 ވަނަ ދައުރަށް ހޮވުނު ކައުންސިލް ހުވާކުރުމާއެކު ރައްޔިތުން ތިބީ ނުހަނު ފޮނި އުއްމީދެއްގައެވެ. މެނިފެސްޓޯއިން ވިސްނާދިނީ އެއީ "ޕްލޭންކުރެވި ޕުރޮގުރާމް ކުރެވިފައި" ވާ ކަންތައްތަކެއްކަމަށެވެ. މުވާއެކު މެނިފެސްޓޯ ތަންފީޒު ވާނޭ ކަމާމެދު ރައްޔިތުންނަށް ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

ކައުންސިލްގެ 3 ވަނަ ދައުރު ނިމުމަށް 3 މަހެއްހާ ދުވަހަށްވެފައިވާއިރު ރަށަށްޓަކައި"  މެނިފެސްޓޯއިންވެފައިވާ ވައުދުތައް ފުއްދައިދެވުނީ ކިހާ މިންވަރެއްތޯ ނިންމަވާނީ ރައްޔިތުންނެވެ.

  1. 3.    އިގުތިސާދަށް ދިރުން ދީ ވަރު ޖެއްސުން

ވިޔަފާރިތަކަށް ފުރުސަތު ފަހި ވާން ޖެހޭ ސިނާއަތްތަކަށް ހުރި މަގުތައް ބަންދުވެގެން ނުވާނެ. ވިޔަފާރިތަކާއި ސިނާއަތްތައް ނިކަން ރަނގަޅަން ރުކުރުވާލަން ޖެހޭ. އިގުތިސޯދީ ހަރަކާތްތަކުގައި ވަރު ޖައްސައި ދިރުން ދޭން ޖެހޭ. އެ ހަރަކާތުގެ އެއްވެސް  ބައިވެރިއަކަށް އަދި އެއްވެސް ރައްޔިތަކަށް ވިޔަސް އެއްވެސް ނުރައްކަލެއް އޮވެގެން ނުވާނެ. މަސައްކަތްތެރިކަމަށް ހޫނު ތަރުހީބެއް އޮންނަން ޖެހޭނެ. ތިޔާގިކަމާއި ފުދުންތެރިކަމަށް ޖާގަދީ މަގުތައް ކޮށައިދޭން ޖެހޭ. މިކަންމަށް ރިއާޔަތްކޮށް އަހަރުމެން ވައުދު ވަނީ!

* މަސްވެރިކަން

- މަސްވެރިންނަކީ އާއިލާތަކާ ދުރުގައި ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރާ ބައެއްކަމުގައި ވީހިނދު، މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ހިލޭ ގުޅޭނެ އިންތިޒާމެއް ކައުންސިލުން ހަމަޖައްސައިދިނުން.

- މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ އާލާތްތައް، ވަރަށް ހެޔޮ އަގުގައި ލިބޭނެ މަގެއް ފަހިކޮށްދިނުން. މިގޮތުން، މަސްވެރިކަމަށް ހާއްސަ ފެންވަރު ރަނގަޅު؟ އަވި އައިނު، ފައިވާންބޫޓު، ތޮފި، ފޭސް ނެކް ކަވާރސް، ފިޝިން ސޫޓްސް ފަދަ އާލާތާއި ސާމާނު، ކަނޑައެޅޭ ވަކި ނިޒާމެއްގެ ތެރެއިން ހޯދައިދެވޭނެ.

- މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މަސްވެރިކަމުގެ އާންމު މައުލޫމާތާއި އާ ހިޔާލުތައް ހިއްސާކުރުމަށް އަމާޒުކޮށްގެން، ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ރާވައި ހިންގުން.

- ސެޓްލައިޓް ފޯނު ދޯނިތަކުގައި ގާއިމުކުރުމަށް އޮޑިދޯނިފަހަރުގެ ވެރިންނަށް ބާރުއެޅުމާއި، އެ ވަސީލަތް ހެޔޮ އަގުގައި ހޯދައިދޭން މަސައްކަތްކުރުން.

- ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ސްލިޕްވޭއެއް ތަރައްގީކުރުން. މި ސްލިޕްވޭއަކީ ހިދުމަތުގެ ގޮތުން ފުރިހަމަ، ނަފާވާ އަދި މަސްވެރިންނަށް ގިނަގުނަ ފަސޭހަ ލިބިދޭ ތަނެއްކަމުގައި ހެދުމަށް މަސައްކަތް ކުރާނެ.

- މަސް ކައްކާ ހިއްކުމާއި ލޮނުމަސްއެޅުން ފަދަ މަސައްކަތްތަކަށް ކުޑަ އަގުގައި ހަރުދަނާ އުސޫލެއްގެ ތެރެއިން ވަގުތީ ބިން ދޫކުރުން.

- ސަރުކާރާއި މިފްކޯ އަދި އަމިއްލަ ފަރާތްތަކާ މަޝްވަރާކޮށްގެން، މަސްވެރިން ބާނާ މަސް، ކަލެކްޓް ކުރާނެ ފެސިލިޓީއެއް ނުވަތަ މިފަދަ އެހެންވެސް މަޝްރޫއެއް ރަށުގައި ތަރައްގީކުރުމަށް ގަދަ އަޅައި ހިތްމަތާއެކު މަސައްކަތްކުރުން.

* އޮޑިދޯނިފަހަރު ބަނުން

- ވަގުތީ ހަރުގެވަޅު ދޫކުރާ ސަރަހައްދުތައް މުރާޖަޢާކޮށް، މީހުން ދިރިއުޅޭ ހިސާބާ އެންމެ ދުރުން ހަރުގެވަޅު ދޫކުރެވެން ހުރި ތަންތަން ބަލައި، ހަރުގެވަޅު ދޫކުރާނެ ސަރަހައްދުތައް ކަނޑައަޅައި އާންމުކުރުން. އެހެނީ މިގޮތުގެމަތިން ކަނޑައަޅާ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުން ހަރުގެވަޅު ދޫނުކުރުން.

- ވަގުތީ ހަރުގެވަޅު ދޫކުރުމާ ބެހޭ އުސޫލުތައް މުރާޖައާކޮށް، ނާޖާއިޒު ނަހަމަ ފުރުސަތުތައް ބަންދުވާނޭހެން، ނުރަނގަޅުކޮށް ނުކިއްސަރުކޮށް ހުރި ބާގަނޑުތައް ބެދޭނޭހެން، އަދުލުވެރި ހަމަހަމަ އަދި ފައިދާވަނިވި އަސާސްތަކެއްގެ މައްޗަށް އަލުން އުސޫލެއް ލިޔެ އާންމުކޮށް، ތަންފީޒުކުރަން ފެށުން.

- ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ފައިބަރގްލާސް ގެންގުޅޭނެ ގޮތުގެ އަސާސީ ސްޓޭންޑަޑްސްއެއް އެކުލަވައިލައި އަމަލުކުރަން ފެށުން. މިފަދަ ސްޓޭންޑާޑްސްއެއް އެކުލަވައިލުމުގެ ބޭނުމަކީ، ފައިބަރގްލާސް ބޭނުންކޮށްގެން މަސައްކަތް ކުރާ މީހުން އަދި ރަށުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ރަށުގެ ވެށި ފައިބަރގްލާސްގެ ނުރައްކާތެރި

ވިހަތަކުން ސަލާމަތްކުރުމަށް އަމާޒު ހިފުން.

މި ސްޓޭޑާޑްސްގައި، ފައިބަރގްލާސްގެ މަސައްކަތްތަކަށް ހަދާ ހަރުގެ ހުންނަން ޖެހޭނެ ގޮތާއި، ފައިބަރގްލާސްގެ މަސައްކަތްކުރާއިރު ފުރިހަމަ ކުރަންޖެހޭ ސަލާމަތީ ކަންކަމުގެ މިންގަނޑުތަކާއި، ފައިބަރގްލާސްއިން އުފެދޭ ކުނިބުނި ނައްތައިލާނެ ގޮތާ އަދި މި ނޫންވެސް މި މައުޟޫއާ ގުޅޭ މިފަދަ ކަންކަން ހިމަނާނެ.

- ރަށުގައި އުފެދިފައިވާ އެންމެ ބިޔަ އެއް ސިނާއަތަކީ އޮޑިދޯނިފަހަރު ބަނުމުގެ ސިނާއަތް ކަމަށް ވީހިނދު، ރަށުގެ ރައްޔިތުންނާއި ވެށީގެ ރައްކާތެރިކަމަށް ޖާގަދީގެން އެ ސިނާއަތް އިތުރަށް ތަރައްގީކުރެވޭނީ، އަދި ރަށުގެ އިޖުތިމާއީ އަދި އިގުތިސޯދީ އެހެން ހަރަކާތްތަކަށްމެ އިތުރު ދިރުން ދެވޭނީ، ރަށުގެ ބިމުގެ ޖާގަ ތިޔާގިކޮށްގެން ކަމަށް ވާތީ، ރަށުގެ ބިން ހިއްކައިދިނުމަށް

ސަރުކާރުގައި ދަންނަވައި އިންތިހާއަށް އިލްތިމާސް ދެންނެވުން. އަދި އިރާދަ ކުރެއްވިއްޔާ މިކަން ކާމިޔާބުކުރުން.

- އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތަށް ދިގު މުއްދަތަށް ބިން ދޫކުރުމަކީ އެ ސިނާއަތު ތަރައްގީ ކުރުމަށް ކޮންމެހެން ވެސް އަޅަން ޖެހިފައިވާ ފިޔަވަޅެއް ކަމަށް ވެފައި، ރައްޔިތުންނާއި ވެށީގެ ރައްކާތެރިކަން އަދި ބިމުގެ ދަތިކަން ހުރިގޮތުން މިކަމަށް ބޮޑު ގޮންޖެހުމެއް އޮތް ކަމުގައި ވިޔަސް، ކަމުގެ މުހިއްމުކަމަށް ވިސްނައި، ރައްކާތެރިކަމުގެ އެންމެ މަތީ ފިޔަވަޅުތަކާއެކު، ބޯޓް ޔާޑެއް ހަދައި ހިންގުމަށް އެންމެ ރަނގަޅު ސަރަހައްދަކުން ދިގު މުއްދަތަށް ބިން/ބިމެއް ދޫކުރުން.

* ބަނދަރުމައްޗާއި ފަޅު

- ވިޔަފާރީގެ ހަރަކާތްތަކަށް ބީލަމުގެ އުސޫލުން ދިގު މުއްދަތަށް ބަނދަރުމަތިން ބިން ދޫކުރުން.

ބިން ދޫކުރުން އަމާޒުކުރާނީ ކެފޭ ރެސްޓޯރެންޓް ހިންގުމާއި، ހޯލް ސޭލް އަދި ރީޓެއިލް ފިހާރަތައް ހިންގުމާއި، ގުދަންތައް ހެދުމާއި، ވޯކްޝޮޕް/ކާޕެންޓްރީ އަދި ތެޔޮ ރައްކާކުރުމާއި ފިއުލް ސާވިސް ސްޓޭޝަންތައް ހެދުން ފަދަ ހަރަކާތްތަކަށް، މަގުސަދަކީ ރަށުގެ ބަނދަރު ސަރަހައްދަކީ ގިނަގުނަ ވިޔަފާރި ހަރަކާތް ހިނގާ ސަރަހައްދަކަށް ހެދުން.

- ދަތުރުވެރިންނާއި ބަނދަރުމަތި ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބަނދަރުމަތީގައި ފާޚާނާތަކެއް ހެދުން.

- ބަރު މުދާ އުފުލާ އަރުވާ ބޭލޭނެ ވަސީލަތެއް ބަނދަރުމަތީގައި ގާއިމުކުރުން.

- މުދާ އަރުވާ ބޭލުމަށާއި، ދަތުރުވެރިން އަރާ ފޭބުމަށާއި، މަސް ބާލާހެދުމަށް ލުއި ފަސޭހަ ވާނެ ގޮތަށް ފަޅުތެރެ ތަރުތީބުކޮށް، ރަނގަޅު އިންތިޒާމެއްގެ ތެރެއިން ފަޅާއި ބަނދަރުމަތީގެ ކަންކަން ބެލެހެއްޓުމަށް އުސޫލެއް ހަދައި ހަރުކަށިކަމާއެކު ކެރިގެން ތަންފީޒުކުރުން.

- އިހަވަންދޫގެ ފަހުރުތައް ރަމްޒުކޮށްދޭ ހޮނިއުމަންޓެއް ބަނދަރުމަތީގައި ހެދުން.

* ފުދުންތެރިކަން

- ކަނޑައެޅޭ މުހިއްމު ފަސޭހަ ސަރަހައްދުތަކެއްގައި ގާޑިއާ ނުވަތަ އެހެންވެސް އެ ފަދަ އެއްޗެހި ބަހައްޓައިގެން ލުއި ވިޔަފާރިކުރެވޭނެ އިންތިޒާމުތަކެއް ފަހިކޮށްދިނުން.

- އަންހެނުން ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަގު ކޮށައިދިނުމަށްޓަކައި، ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް ދަސްކޮށްދިނުމަށް ޕްރޮގްރާމްތަކެއް ހިންގުމާއި، އެ ފަދަ މަސައްކަތްތައް ކުރެވޭނެ ވަސީލަތްތައް ހޯދައިދިނުމުގަ އާއި އެ މަސައްކަތްތައް މާކެޓް ކުރުމުގައި އެހީތެރިވެ، އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރުން.

- ނަފާ ހޯދުމަށް ނުވަތަ އާއިލާގެ ކޮއްތުގެ ގޮތުގައި ބޭނުންކުރުމަށް، ގޯތިތެރޭގައި ދަނޑުވެރިކަން ކުރާނެ ގޮތުގެ މައުލޫމާތު ގޭބިސީތަކަށް ފޯރުކޮށްދީ، ދަނޑުވެރިކަން ކުރާނެ އާލާތްތައް ހޯދައިދިނުމުގައި ކައުންސިލުން އެހީތެރިވުމަށް އަމާޒުކޮށްގެން ޕްރޮގްރާމެއް ހިންގުން.

- ރަށުގައި ހެދިބޮޑުވަމުންދާ ސިނާއަތްތައް އިތުރަށް ފުޅާކުރުމާއި، އިތުރު ސިނާއަތްތައް ތައާރަފުކުރުމަށް އަމާޒުކޮށްގެން އަދި ވިޔަފާރީގެ ދިރުން އިތުރަށް ތާޒާ ކުރުން މަގުސަދެއް ކަމުގައި ހަދައިގެން، ވިޔަފާރި އެކްސްޕޯތަކާއި ފޯރަމްތައް ރަށު ފެންވަރުގައި ބޭއްވުން.

- އިއާދަކުރަނިވި ހަކަތައިގެ ބޭނުން ހިފާނެގޮތުގެ މައުލޫމާތު ފޯރުކޮށްދީ، އެ ކަމަށް ބޭނުންވާ ވަސީލަތްތައް ހޯދޭނެ މަގު ތަނަވަސްކޮށްދީ، އެ ފަދަ ވަސީލަތްތަކުގެ މަންފާ ހޯދުމަށް ބާރުއެޅުމުގެ ގޮތުން ޕްރޮގްރާމެއް ރާވައި ހިންގުން.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

hiyaaleh dheyne kujje alhe netheetha

– 22 ފެބުރުއަރީ 2020 0