ކެންޓް ޕޯލްސްޓަރ އަންހެނުންގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޖަންގަލް އަށް

7 ޖެނުއަރީ 2020 0

ކްލަބް ޕޯލްސްޓަރ އިން އިންތިޒާމްކޮށްގެން " ކެންޓް ޕޯލްސްޓަރ ވޮމެންސް ވޮލީބޯޅަ ޓޯނަމެންޓް 2020 " ގެ ނަމުގައި ބޭއްވި ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖަންގަލް ޓީމް ހޯދައިފިއެވެ.

ޖުމްލަ ހަތަރު ޓީމް ވާދަކުރި މުބާރާތުގެ ޗެމްޕިއަންކަން ޖަންގަލްޓީމް ހޯދީ ރޭކުޅެވުނު ފައިނަލްމެޗްގައި 3 ސެޓް 2 ސެޓުން ވާދަވެރި އެންވީކޭ ބަލިކުރުމަށްފަހުގައެވެ.

ރޭކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގައި ފުރަތަމަ ސެޓް ޖަންގަލް އިން ފަސޭހަ ކަމާއި އެކު 25-15 އިން ހޯދިނަމަވެސް ޖެހިގެން އައި ސެޓް އެންވީކޭއިން ގެންގޮސްފައިވަނީ 25-14 އިންނެވެ. ތިންވަނަ ސެޓްވެސް ވާދަވެރި ކުޅުމަކަށްފަހު 26-24 ން އެންވީކޭ ގެންދިއުމުން މެޗްގެ ފޯރިއިތުރަށް ގަދަވެގެން ދިޔައެވެ. ދެޓީމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެކު ކުޅެވުނު މެޗްގެ ހަތަރުވަނަ ސެޓް 25-19 ން ގެންދިޔައީ ޖަންގަލް ޓީމުންނެވެ. ހަތަރުވަނަ ސެޓްގައި އެންވިކޭ ޓީމްގެ ސެޓަރަށް އިންޖަރީވެ ބަދަލުކުރަން ޖެހުމުގެ ސަބަބުން 5 ވަނަ ސެޓްގައި އެންވީކޭގެ ކުޅުން ވަރަށްބޮޑަށް ދަށްވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ފަސްވަނަސެޓް ޖަންގަލް ޓީމުން ފަސޭހަކަމާއިއެކު 15 – 4 ން ކާމިޔާބުކޮށް ޗެމްޕިއަންކަން ކަށަވަރު ކުރިއެވެ.

މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮވުނު ޓީމްތަކަށާއި ކުޅުންތެރިންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރުން އޮތެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގައިވެސް މޮޅުކުޅުމެއްދައްކާ ޖަންގަލް ޓީމަށް ތަށި ހޯދައިދިނުމުގައި މުޙިއްމު ދަޢުރެއް އަދާކުރި އެޓީމްގެ ޖާޒީނަމްބަރު 12 ފާތިމަތު ތަހޫރާ އެވެ.

 މުބާރާތުގެ އެއްމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ :

ފާތިމަތު ތަހޫރާ ޖާޒީ ނަމްބަރ 12 ޖަންގަލް ޓީމް

އައިޝަތު އަޒްހާރާ ، ޖާޒީނަމްބަރ 5 ޖަންގަލް ޓީމް

ފާތިމަތު ސަމާ ، ޖާޒީނަމްބަރު 17 ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ

އައިޝަތު އިބާދާ ، ޖާޒީ ނަމްބަރު 6 ދިއްދޫ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ

ފާތިމަތު ޝަނީޒާ ، ޖާޒީ ނަމްބަރ 10 އެން ވީ ކޭ

ޝަހުމީލާ އަބްދުލް ހަކީމް ޖާޒީނަމްބަރ 12 އެން ވީ ކޭ

ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ