އިހަވަންދިއްޕޮޅުގައި އިތުރު ދެ ރިސޯޓް ތަރައްޤީކުރަނީ — Ihavandhoo.com

އިހަވަންދިއްޕޮޅުގައި އިތުރު ދެ ރިސޯޓް ތަރައްޤީކުރަނީ

18 ޑިސެމްބަރު 2019 0

އިހަވަންދިއްޕޮޅުގައި އައު ދެ ރިސޯޓް ތަރައްޤީކުރުމަށް ނިންމައި އެކަން އިއުލާންކޮށްފިއެވެ. އެކަން އިއުލާނުކުރީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން "ބުރަބި" ނަމުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އެހަފުލާގައިވަނީ އަލަށް ރިސޯޓް ތަރައްޤީކުރުމަށް 19 ރަށެއް އިއުލާންކޮށްފައެވެ. މިނިސްޓަރު އަލީވަހީދު ވިދާޅުވީ ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތައް ކަނޑައަޅާފައިވާނީ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ރަށު ކައުންސިލްތަކުގެ އިތުރުން ކަމާގުޅޭ މިނިސްޓްރީތަކުގެ ހިޔާލު ހޯދުމަށްފަހު ކަމަށެވެ.

އިހަވަންދިއްޕޮޅުގައި މިހާރު އޮންނަނީ އެންމެ ރިސޯޓެކެވެ. އެއީ ހއ މަނަފަރުގައި ހިންގާ 174 އެނދުގެ ޖޭއޭ މަނަފަރު ރިސޯޓެވެ. އިހަވަންދިއްޕޮޅުގައި އަލަށް ރިސޯޓް ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ނިންމާފައިވަނީ ހއ. މާފިނުޅުގަޔާއި ހއ. މެދަފުށީގައެވެ.

މާފިނޮޅުގައި ތަރައްޤީކުރުމަށް ޕްލޭންކޮށްފައިވަނީ 425 އެނދުގެ ރިސޯޓެކެވެ. އަދި މެދަފުށީގައި ތަރައްޤީކުރުމަށް ޕްލޭން ކޮށްފައިވަނީ 317 އެނދުގެ ރިސޯޓެކެވ. މާފިނޮޅުގައި ތަރައްޤީކުރާ ރިސޯޓުން 632 ވަޒީފާ އުފެދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީއިން އަންދާޒާކުރާއިރު މެދަފުށީގައި ތަރައްޤީކުރާ ރިސޯޓުން 249 ވަޒީފާ އުފެދޭނެކަމަށް ލަފާކުރެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ