ބަޔަކު ރަސޫލުކަމަށް ދައުވާ ކުރާކަމަށް ޕޯސްޓު ކުރި މައްސަލައެއް ބަލަނީ — Ihavandhoo.com

ބަޔަކު ރަސޫލުކަމަށް ދައުވާ ކުރާކަމަށް ޕޯސްޓު ކުރި މައްސަލައެއް ބަލަނީ

25 ނޮވެމްބަރު 2019 0

ގއ.ގެމަނަފުށީގައި ބަޔަކު ރަސޫލުކަމަށް ދައުވާކުރާ ކަމަށް ބުނެ މީހަކު ފޭސްބުކްގައި ޕޯސްޓް ކޮށްފައި ވާތީ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވެފައި ވަނީ ގެމަނަފުށީގައި ބަޔަކު ރަސޫލުކަމަށް ދައުވާ ކުރާކަމަށް މީސްމީޑިއާގައި ޕޯސްޓު ތަކެއް ދައުރުވަމުންދާތީ ބައެއް ފަރާތްތަކުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ފުލުހުން ބަލަމުން ދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން އެބޭފުޅާގެ ފޭސްބުކު އެކައުންޓުގެ ސުޓޭޓަސްގައި މިއަދު ބުނެފައި ވަނީ އެރަށު ބަޔަކު ރަސޫލުކަމަށް ދައުވާ ކުރަނީ ނޫން ކަމަށެވެ. ނަމަވެސް އެފަދަ ޕޯސްޓެއް އާއްމު ރައްޔިތަކު ކުރުމުން އެކަމުގެ ކަންބޮޑުވުން ކައުންސިލްގެ ވެސް އަދި ފުލުހުންގެވެސް ހުންނާނެ ކަމަށެވެ. "ޖަޒުބާތީ" ހާލަތެއްގައި އެފަދަ ޕޯސްޓެއް ކޮށްފަވީނަމަވެސް، އެ ޕޯސްޓު ކުރި ފަރާތުން މިހާރު ޕޯސްޓު ރިމޫވު ކޮއްލާފައިވާ ކަމަށް ޝިޔާން ވިދާޅުވިއެވެ.

ޝިޔާން އިތުރަށް ވިދާޅުވެފައި ވަނީ ގެމަނަފުށީ ރައްޔިތުންނަކީ ދީނީގޮތުން ހޭލުންތެރިވެފައިވާ ބައެއް ކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ