އަންހެން ވޮލީ މުބާރާތްތަކުން ޖަންގަލް ޓީމަށް ރީތިނަން ހޯދައިދިން ފަރާތްތަކުގެ އަގު ވަޒަންކޮށްފި — Ihavandhoo.com

އަންހެން ވޮލީ މުބާރާތްތަކުން ޖަންގަލް ޓީމަށް ރީތިނަން ހޯދައިދިން ފަރާތްތަކުގެ އަގު ވަޒަންކޮށްފި

17 ޖެނުއަރީ 2020 0

ވޭތުވެ ދިޔަ ދެ އަހަރު ޖަންގަލްގެ އަންހެން ވޮލީޓީމުތަކުން އިހަވަންދޫގައި ބޭއްވުނު އަންހެނުންގެ ވޮލީ މުބާރާތްތަކުގައި ވާދަކޮށް ޓީމަށް ރީތިނަން ހޯދައިދެއްވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް އެ ޓީމުން ޚާއްސަ ހަފްޟާއެއް ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު އެޓީމްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ހަފްޟާގައި ޖަންގަލްގެ އަންހެން ވޮލީޓީމްތަކަށް މުބާރާތްތައް ކާމިޔާބީތައް ހޯދައިދިން ކުޅުންތެރިންނަށް ޓީމްގެ ފަރާތުން ހަނދާނީ ފިލާ ހަވާލުކުރުން އޮތެވެ. މި ހަފްޟާގައި 2019 ވަނަ އަހަރު ކްލަބް ޕޯލްސްޓަރއިން އިންތިޒާމްކޮށްގެން ބޭއްވުނު މުހައްމާކަޕް އަންހެން ވޮލީ މުބާރާތުގައި ޖަންގަލް ޓީމު ޗެމްޕިއަންކަން ހޯދި ޓީމްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަދި މިއަހަރު ބޭއްވުނު ކެންޓް ޕޯލްސްޓަރ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޖަންގަލް ޓީމަށް ހޯދައިދިން ޓީމްގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށްވެސް ހަނދާނީ ފިލާ ހަވާލުކުރުން އޮތެވެ.

ޖަންގަލްގެ އަންހެން ވޮލީ ޓީމް ވަނީ 2019 ވަނަ އަހަރު ދެ މުބާރާތެއްގައި އަދި މި އަހަރު ތެރޭގައި އެއް މުބާރާތެއްގައި ވާދަކޮށްފައެވެ. މި ތިންމުބާރާތުގެ ފައިނަލްގައިވެސް އެޓީމް ކުޅެފައިވާއިރު އޭގެ ތެރެއިން ދެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމުންވަނީ ހޯދާފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ