އަންހެން ކުއްޖެއްގެ ނޭވާހޮޅިން އަނެއްކާ ވެސް ބުރުގާ ޕިނެއް ނަގައިފި — Ihavandhoo.com

އަންހެން ކުއްޖެއްގެ ނޭވާހޮޅިން އަނެއްކާ ވެސް ބުރުގާ ޕިނެއް ނަގައިފި

15 ޖެނުއަރީ 2020 0

15 އަހަރުގެ އަންހެން ކުއްޖެއްގެ ނޭވާހޮޅިން ބުރުގާ ޕިނެއް އައިޖީއެމްއެޗް ހޮސްޕިޓަލްއިން ނަގައިފި އެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރ މުހައްމަދު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 15 އަހަރުގެ އަންހެން ކުއްޖެއްގެ ނޭވާހޮޅިން އަނެއްކާވެސް ޕިނެއް ނަގާފައިވާ ކަމަށެވެ. އޭނާ ވަނީ ޕިން އަނގައަށް ނުލުމަށް އެދިވަޑައިގެންފައެވެ.

ޕިން ނެގުމަށް ކުރި އޮޕަރޭޝަނަށްފަހު އައިޖީއެމްއެޗްގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ޓީމަކުން ރޭ ޓުވިޓަރގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ "ބުރުގާ އަޅާއިރު، އަނގައަށް އެއްގޮތަކަށް ވެސް ޕިން ލާކަށް ނުވާނެ. ކޮންމެވެސް ކަހަލަ ގޮތަކަށް ޕިން ހަމަ އަނގައިގެ ތެރެއަށް ހިނގައިދާނެ. ކޮށި އެރުން ނުވަތަ ކޮންމެވެސް އެހެން ކަމެއް ދިމާވެގެން ވެސް،" އެހެން ކަމުން އެއްވެސް ހާލަތެއްގައި ބުރުގާޕިން އަނގަޔަށް ނުލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ބުރުގާ ޕިން އަނގައަށް ލައިގެން އުޅުމުގެ ތެރޭގައި ފުއްޕާމެއަށް ބުރުގާ ޕިން ދިއުމުގެ ސަބަބުން މީގެ ކުރިން ވެސް އައިޖީއެމްއެޗްގައި އޮޕަރޭޝަންތަކެއް ކޮށްފައިވެއެވެ.

މިދިޔަ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު އަންހެން ކުއްޖެއްގެ ޕުއްޕާމެއިން ބުރުގާ ޕިނެއް ނަގާފައިވާއިރު ހަމަ އެމަހުގެ 26 ވަނަދުވަހުވެސް ކުޑަ ކުއްޖެއްގެ ނޭވާހޮޅިން ބުރުގާ ޕިނެއް ނަގާފައި ވެއެވެ. އަދި ޖެހިގެންއައި ދުވަހުވެސް ވަނީ 19 އަހަރުގެ އަންހެނެއްގެ ބަނޑުން ވެސް ބުރުގާ ޕިނެއް ނަގައިފަ އެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ