އެމްޑީޕީ އިހަވަންދޫ ދާއިރާގެ ޕާލަމެންޓަރީ ޕްރައިމަރީ (ހާއްސަ ކަވަރޭޖް)

24 ޖެނުއަރީ 2014 2

މިއީ އެމްޑީޕީގެ ފަރާތުން، އިހަވަންދޫ ދާއިރާއިން ރައްޔިތުންގެ މަޖްލީހަށް ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ހަބަރުތައް ކިއުންތެރިންނާއި ހަމަޔަށް ގެނެސްދިނުމަށް ކުރިޔަށްގެންދާ ހާއްސަ ކަވަރޭޖެކެވެ. މި ޕްރައިމަރީގައި ވާދަކުރައްވަނީ ކެންޑިޑޭޓް ނަމްބަރ 1، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ހއ. ތަކަންދޫ، އޯޝަންވޭވް، އަލްފާޟިލް އަޙްމަދު ޢަބްދުﷲ އާއި ކެންޑިޑޭޓް ނަމްބަރ 2، ޝަރީޢާ އާއި ޤާނޫނީ ދާއިރާއިން ޑިގްރީ ނަންގަވައިގެން ހުންނެވި ޤާނޫނީ ވަކީލް ހއ. އިހަވަންދޫ، އަންބަރީގެ، އަލްޢުސްތާޛު ޢަބްދުލްމާނިއު ޙުސައިން އެވެ.

18:34
24 Jan 2014

ވޯޓްކަރުދާސްތައް އަންދާލުމަށްފަހު ތަންސާފުކުރަނީ

18:33
24 Jan 2014

ވޯޓްކަރުދާސްތައް އަންދާލަނީ

18:31
24 Jan 2014

ވޯޓްކަރުދާސްތައް އަންދާލަނީ

ވޯޓްކަރުދާސްތައް އަންދާލަނީ

18:29
24 Jan 2014

ވޯޓްފޮށި އަންދާލުމަށް ތައްޔާރުވަނީ

ވޯޓްފޮށި އަންދާލުމަށް ތައްޔާރުވަނީ

18:27
24 Jan 2014

ވޯޓްފޮށި އަންދާލުމަށް ތައްޔާރުވަނީ

18:26
24 Jan 2014

ވޯޓްފޮށި އަންދާލުމުގެކުރިން މަޝްވަރާކުރަނީ

ވޯޓްފޮށި އަންދާލުމުގެކުރިން މަޝްވަރާކުރަނީ

18:10
24 Jan 2014
ދެކެންޑިޑޭޓުންގެ ރުހުމާއިއެކު، އިހަވަންދޫގައި ބަހައްޓާފައިވާ ވޯޓްފޮށްޓަށް ލާފައިވާ ކަރުދާސްތަކާއި ބާކީހުރި ވޯޓް ކަރުދާސްތައް އަންދާލާފިއެވެ.
18:07
24 Jan 2014
އެމްޑީޕީން ބުނީ އިންތިޚާބު ދެން ބާއްވާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށެވެ.
18:06
24 Jan 2014
ވޯޓްލުން ކުއްލިއަކަށް މެދުކަނޑާލީ އެމްޑީޕީގެ ވެބްސައިޓްގައިވާ ވޯޓާރސް ލިސްޓާއި ވޯޓް ފޮށިތަކާއެކު ފޮނުވައިފައިވާ ލިސްޓާ ދިމާނުވުމުގެ ޝަކުވާ ހުށައަޅަމުންދާތީކަމަށް މައުލޫމާތު ލިބެއެވެ.
18:02
24 Jan 2014
ވޯޓާސްލިސްޓްގައި މައްސަލަތަކެއް ހުރިކަމަށްބުނެ އިހަވަންދޫގައި ވޯޓްލުން ހުއްޓާލާފިއެވެ.
16:15
24 Jan 2014

އިހަވަންދޫގައި ބަހައްޓާފައިވާ ވޯޓް ފޮށްޓަށް މީހަކު ވޯޓްލަނީ

16:10
24 Jan 2014
މާލޭފޮށީގެ މައްސަލަ ހައްލުކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަން ހައްލުކޮށްދީފައި ނުވާކަމަށް ކެންޑިޑޭޓް ނަންބަރު ދޭއް އަލްޢުސްތާޛު ޢަބްދުލްމާނިއު ޙުސައިން މިނޫހަށް މައުލޫމާތު ދީފިއެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ މާލޭފޮށްޓަށް ވޯޓްލުމަށް އެބޭފުޅާއަށް ތާއީދު ކުރައްވާ އެއްވެސް ފަރާތަކުން ނުނުކުތުމަށް ގޮވާލާކަމަށް.
15:48
24 Jan 2014
މިޕްރައިމަރީގައި އިހަވަންދޫ ދާއިރާގެ ރައްޔިތުން ވޯޓްލުމަށް މާލޭގައި ބަހައްޓާފައިހުރި ފޮށީގެ ނަތީޖާ ގަބޫލްނުކުރާނެކަމަށް ކެންޑިޑޭޓް ނަންބަރު ދޭއް އަލްޢުސްތާޛު ޢަބްދުލްމާނިއު ޙުސައިން މިނޫހަށް މައުލޫމާތު ދީފިއެވެ. ސަބަބެއްކަމަށް އެބޭފުޅާ ހާމަކުރައްވަނީ މިވޯޓަކީ ސިއްރު ވޯޓެއްނަމަވެސް، ވޯޓް ސިއްރުވާނެފަދަ މާހައުލެއް މާލޭގައި ވޯޓް ލާސަރަހައްދުގައި ނެތްކަމަށެވެ.
15:26
24 Jan 2014

އެމްޑީޕީ ހަރުގޭގައި ވޯޓްލުން ކުރިޔަށްދަނީ.

15:16
24 Jan 2014
އިހަވަންދޫގައި ވޯޓްލުން ފެށިގެން ވަރަށް ފޯރީގައި ކުރިޔަށް އެބަދެއެވެ.
13:39
24 Jan 2014
މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ދާއިރާގެ ޕްރައިމަރީގައި ވޯޓްލުމަށް ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހަތަރުތަނަކުއެވެ. އިހަވަންދޫގައި ވޯޓްލުން ކުރިޔަށްދާނީ ފުރައްދަގޭގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ. މާރަންދޫގައި ވޯޓްފޮށި ހުންނާނީ މާރަންދޫ ކޮތަރިވިލާ ގޭގައި ހުންނަ އެމްޑީޕީ ހަރުގޭގައެވެ. މޮޅަދޫގައި ވޯޓްލުން ކުރިޔަށްދާނީ އެރަށު ނޫރަންމާގޭގައެވެ. އަދި ދާއިރާގެ ރަތްޔިތުންނަށް ހާއްސަކޮށްގެން މާލޭގައި ބައްޓާ ވޯޓްފޮށި ހުންނާނީ ދަރުބާރުގޭގައެވެ.
13:17
24 Jan 2014
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީއިން މިއަދު ބާއްވާ ޕްރައިމަރީގެ ވޯޓްލުން ކުރިޔަށްދާނީ މެންދުރުފަހު 14:00 އިން ރޭގަނޑު 20:00 އަށެވެ.
މަޖިލިސް އިންތިޚާބު 2014, އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސިހުރު

– 24 ޖެނުއަރީ 2014 2

ދެން ޕުރިމަރީ ނުބާވާ ގޮދިތައް ބަހާލަ...

– 25 ޖެނުއަރީ 2014 1