ލީމް އިމަގު އަންހެނުންގެ ވޮލީމުބާރާތުގެ ޗެމްޕިއަންކަން ވަޓްއެވަރ ހޯދައިފި
ލީމް އިމަގު އަންހެނުންގެ ވޮލީމުބާރާތުގެ ފައިނަލްމެޗް ސީދާ 3 ސެޓުން ކާމިޔާބުކޮށް ވަޓްއެވަރ އިން ޗެމްޕިއަންކަން ހޯދައިފި.
22:26
7 Dec 2014
މުބާރާތުގެ ޗެމްޕިން: ވަޓްއެވަރ އެޓީމަށްވަނީ މަނަފަރުން އެއްދުވަހުގެ ޓުއަރ އަކާއި އިމަގުން ހުށަހަޅާ ފައިސާގެ އިނާމާއި ޓްރޮފީ ދީފައި
22:23
7 Dec 2014
މުބާރާތުގެ ދެވަނަ ޓީމް: ރެހެންދި
22:21
7 Dec 2014
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ:
ސައުދާ/ޝިޔާމާ/ޝަނީޒާ/އައިމިނަތު އަހުމަދު/ޝިފްލާ އަދި އައިޝަތު ރިޝްފާ
22:20
7 Dec 2014
ފެޔާރ ޕްލޭ ކުޅުންތެރިޔާ އައިޝަތު ޔުމްނާ
22:19
7 Dec 2014
އެންމެ އުންމީދީ ކުޅުންތެރިޔާ ޝަނީޒާ
22:19
7 Dec 2014
އެންމެމޮޅު ލިބަރޯ ތޯހިރާ
22:19
7 Dec 2014
އެންމެ މޯޅު ސަވަރ އައިޝަތު ރީޝްފާ
22:18
7 Dec 2014
މުބާރާތުގެ އެންމެމޮޅު ބްލޮކަރ އައިޝަތު ޝިފްލާ
22:17
7 Dec 2014
އެމްމެމޮޅު ސްޕައިކަރ ޝިޔާމާ
22:16
7 Dec 2014
ފައިނަލްމެޗްގެ ކްއީންއޮފަދަ މެޗް. އަދި މުބަރާތުގެ އެންމެމޮޅު ކުޅުންތެރިޔާ: ވަޓްއެވަރ ގެ ޖާޒީނަންބަރު 12 ސައުދާ
22:15
7 Dec 2014
ދެންއޮތީ މުބާރާތުގެ މަގާމްތަކަށް ހޮވިފައިވާ ފަރާތްތަކަށް އިނާމުދިނުން.
22:14
7 Dec 2014
މިހާރު ހަދާނީލިޔުން ހަވާލުކުރަނީ މުބާރާތް ކުރިޔަށް ގެންދިއުމަށް އެހީތެރިވީ ފަރާތްތަކަށް.
22:12
7 Dec 2014
މުބާރާތުގެ ސްޕޮންސަރުންނަށް ހަދާނީލިޔުން ހަވާލުކުރަނީ.
22:11
7 Dec 2014
މިމުބާރާތުގެ ރެފްރީންނަކީ:
މުހައްމަދު ސަމާހް. އަހުމަދު ޝިފާއު. މުހައް،މަދު ޝިހަމް. އަބުދު ﷲ ހުސައިން. އަދި މޫސާމާހިރު އެވެ.
22:08
7 Dec 2014
ލައިންސް މަނުންނާއި ފަނޑިޔާރުންނަށް ހަދާނީލިޔުމާއި އިނާމު ހަވާލުކުރަނީ
22:05
7 Dec 2014
މިހާރު މިމުބާރާތުގެ ބޯލްބޯއީކަންކުރިަ ފަރާތްތަކަށް އަދި ސްކޯބޯޑް ބެލެހެއްޓި ފަރާތްތަކަށް ހަދާނީލިޔުމާއި އިނާމުދެނީ.
22:02
7 Dec 2014
ވަޓްއެވަރ މިމުބަރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމްވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައި.
22:01
7 Dec 2014
ދެންކުރިޔަށްދާނީ މިމުްތބާރާތުގެ އެކިއެކި ވަނަތަކަށްއާ ފަރާތްތަކަށް އިނާމްދިނުމުގެ ރަސްމިއްޔާތު.
21:56
7 Dec 2014
ވަޓްއެވަރ ޗެމްޕިއަންކަން ހޯދައިފި! ސީދާ ތިންސެޓުން.
ވަޓްއެވަރ ތިންވަނަސެޓް ކާމިޔާބުކުރީ 25-8 އިން.
މަރުހަބާ ވަޓްއެވަރ!
21:54
7 Dec 2014
މިސެޓް ވަޓްއެވަރ ކާމިޔާބުކޮށްފިނަމަ މެޗް ނިމޭނެ. ފުރަތަމަ ދެސެޓްވެސް ގެންދިއައީ ވަޓްއެވަރ.
މިހާރުގެ ސްކޯރ: ވަޓްއެވަރ 21| ރެހެންދި 6
21:53
7 Dec 2014
މެޗްގައި އެއްވެސް ފޯރިއެއްނެތް. ރެހެންދި ޓީމުން އަނެއްކާވެސް ޓައިމްއައުޓެއް ނަގައިފި.
މިހާރުގެ ސްކޯރ: ވަޓްއެވަރ 19| ރެހެންދި 5
21:51
7 Dec 2014
ރެހެންދި ޓީމުން ޓައިމްއައުޓެއް ނަގައިފި.
މިހާރުގެ ސްކޯރ: ވަޓްއެވަރ 11 | ރެހެންދި 5
21:44
7 Dec 2014
ތިންވަނަސެޓްގެ ކުޅުންފަށައިފި.
ކޯޓްގެ ދެކުނު ކޮޅުގައި ރެހެންދި އަދި އުތުރުކޮޅުގައި ވަޓްއެވަރ
21:41
7 Dec 2014
ދެވަނަސެޓްވެސް ވަޓްއެވަރ ކާމިޔާބުކޮށްފި.
ސްކޯ: ވަޓްއެވަރ 25| ރެހެންދި 11
21:37
7 Dec 2014
ރެހެންދި ޓީމުން ޓައިމްއައުޓެއް ނަގައިފި.
މިހާރުގެ ސްކޯރ: ވަޓްއެވަރ 20 | ރެހެންދި 8
21:34
7 Dec 2014
ވަޓްއެވަރގެ ލީޑް ފުޅާކޮށްފި.
މިހާރުގެ ސްކޯރ: ވަޓްއެވަރ 16| ރެހެންދި 6
21:31
7 Dec 2014
ދެވަނަސެޓް ފެށުމާއި އެކު ވަޓްއެވަރ އިން ބޮޑު ލީޑެއް ނަގާފި
މިހާރުގެ ސްކޯރ: ވަޓްއެވަރ 9 | ރެހެންދި 3
ރެހެންދިން ޓައިމް އައުޓެއް ނަގައިފި.
21:27
7 Dec 2014
ދެވަނަސެޓްގެ ކުޅުންފަށައިފި. ކޯޓްގެ ދެކުނު ކޮޅުގައި ވަޓްއެވަރ އުތުރުކޮޅުގައި ރެހެންދި.
ފުތަމަސެޓް ކާމިޔާބުކުރީ ވަޓްއެވަރ.
21:22
7 Dec 2014
ފުރަތަމަ ސެޓް ވަޓްއެވަރ އިން ފަސޭހަކަމާއި އެކު ކާމިޔާބުކޮށްފި.
ސްކޯރ: ވަޓްއެވަރ 25 | ރެހެންދި 16
21:20
7 Dec 2014
ރެހެންދި ޓީމުން އަނެއްކާވެސް ޓައިމްއައުޓެއް ނަގައިފި.
މިހާރުގެ ސްކޯރ: ވަޓްއެވަރ 22 | ރެހެންދި 14
21:20
7 Dec 2014
މިމެޗްބަލަން ގިނަބަޔަކު އައިސްތިބިނަމަވެސް، ސަޕޯޓަރުންގެ ފަރާތުން އެއްވެސް ވަރަކަށް ސަޕޯޓްކުރުމެއް ފެނިގެނެއްނުދޭ.
21:19
7 Dec 2014
ވަޓްއެވަރ އިންދަނީ ލީޑް ފުޅާކުރަމުން.
މިހާރުގެ ސްކޯރ: ވަޓްއެވަރ 20 | ރެހެންދި 14
21:17
7 Dec 2014
ރެހެންދި ޓީމުން ޓައިމްއައުޓެއް ނަގައިފި.
މިހާރުގެ ސްކޯރ: ވަޓްއެވަރ 17 | ރެހެންދި 13
21:15
7 Dec 2014
މިހާރުގެ ސްކޯރ: ވަޓްއެވަރ 14 | ރެހެންދި 12
21:14
7 Dec 2014
މެޗްގެ ތެރެއިން.
21:07
7 Dec 2014
ފައިނަލްމެޗް ފަށައިފި. ކޯޓްގެ ދެކުނުކޮޅުގައި ރެހެންދި. އުތުރުކޮޅުގައި ވަޓްއެވަރ.
21:05
7 Dec 2014
މެޗްފެށުމަށް ދެޓީމްގެ ކުޅުންތެރިންވެސް ކޯޓަށް އަރާފި.
21:04
7 Dec 2014
މިމެޗްގެ އެމްޕަޔަރަކީ މުސާމާހިރު /ފުނަމާގެ / ހއ.އިހަވަންދޫ
21:00
7 Dec 2014
ފައިނަލް މެޗްފެށުމަށް މިހާރު ދެޓީމްވެސް އޮތީ ތައްޔާރަށް، ނަމަވެސް ކަރަންޓްގެ މައްސަލައެއް ދިމާވުމުގެ ސަބަބުން އަދި މެޗްފަށަން ވަގުތުކޮޅެއް ނަގާނެކަމަށް ބެލެވޭ.
19:54
7 Dec 2014
ފާއިތުވި ތިންމުބާރާތުގެ ޗެމްޕިއަން ތަރިންނާއި ތަރިން މިމުބާރާތުގެ ފައިނަލާއި އަލްވަދާއުކިޔަން ޖެހުނީ ވަރަށްހަނި ގޮތަކަށް.. އެޓީމްވަނީ މިމުބާރާތުގެ ފައިނަލްގައި އެއްކޮޅުންކުޅޭ ރެހެންދިއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި. އެދެޓީމަށް 7 ޕޮއިންޓް ލިބުނުނަމަވެސް ރެހެންދި ކުރި ހޯދަނީ ތަރިންނާއި ތަރިންނަށްވުރެ އިތުރަށް އެއްސެޓް ކާމިޔާބުކޮށްގެން.
19:47
7 Dec 2014
މިމުބާރާތުގެ ފައިނަލަށް ރެހެންދި އަދި ވަޓްއެވަރ ގޮސްފައިވަނީ، މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ މެދުގައި ލީގް އުސޫލުން ކުޅުނު މެޗްތަކުން އެންމެގިނަ ޕޮއިންޓް ހޯދައިގެން.
19:40
7 Dec 2014
ރެހެންދި މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު އެޓީމްވަނީ މުބާރާތުގައި ކުޅުނު 4 މެޗްގެ ތެރެއިން 2 މެޗުން މޮޅުވެ 2 ދެމެޗުން ބަލިވެފައި.
19:38
7 Dec 2014
ވަޓްއެވަރ ޓީމް ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާމެޗެއް ކާމިޔާބުކޮށް ޖުމްލަ 11 ޕޮއިންޓް ހޯދައިގެން.
އިތުރަށް ލޯޑުކުރަށްވާ »
ޚިޔާލު ފައުޅުކުރުން