ވަޅެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ޢަބުދުﷲ އަބޫބަކުރު ފެނިއްޖެ.
އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުންދާ އިހަވަންދޫ، ގުލްޒާރުގެ ޢަބުދުﷲ އަބޫބަކުރު ފެންވަޅެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ. ޢަބުދުﷲ އަބޫބަކުރު ފެނުނީ މިއަދު ހެނދުނުއެވެ.
15:14
18 Sep 2014
ވަޅު ހުރި ގޭ
15:14
18 Sep 2014
ކުޅިމަގުން އަރައިގެން ރަށުތެރެއަށް ދިޔަކަމަށް ބެލެވެނީ މިފެންނަ ގޭގެ ކަނާްތްފަރާތުގަ އިން މަގުން
އަބުދުﷲގެ ހަށިގަނޑު ފެނިފައި ވަނީ މިމަގުގައި 3 ވަނައަށް ހުރިގޭގެ ތެރޭގަހުރި ވަޅަކުން، މިމަގުން ލަނބާލެވެން އޮންނަނީ މިގޭ ކައިރިން.
ބޮޑަށް ބެލެވެނީ ޢަބުދުﷲ ގޮނޑުދޮށްދަށުން ހިނގަމުން އައިސް ރަށުތެރެއަށް އަރާފައި ވަނީ ކުޅިމަގުން ކަމަށް، ގިނަބަޔަކަށް ބޮޑަށް ބުރަވެވެނީ ކުޅިމަގުން އަރައިގެން ތައުބާ މިސްކިތަށް މަޤުރިބް ނަމާދަށް ދިޔަމަގުމަތީ މަގުއޮޅިގެން އެގެވަޅަށް ވަދެވުނީ ކަމަށް، ޢަބުދުﷲ ވެއްޓުނު ވަޅު ހުރީ ބިމާ ހަމަހަމަ އަށްކަމަށްވޭ، އަދިވެސް އެސަރަހައްދު ފުލުހުންވަނީ ބަންދުކޮށްފަ.
15:05
18 Sep 2014

ކަށުނަމާދަށްފަހު ސަންދޯއް އެމްބިއުލަންސަށް އެރުވުމަށް ގެންދަނީ
15:04
18 Sep 2014
މަރުހޫމު އަބުދުﷲ އަބޫބަކުރު ވަޅުލައިފި.
13:39
18 Sep 2014
މަރުހޫމުގެ ކަށުނަމާދު އޮންނާނީ މެންދުރުފަހު 2:00 ގައި މަސްޖިދުއްް ތަޢުބާގައި ކަމަށް ކައުންސިލުން އިޢުލާނުކޮށްފި.
13:12
18 Sep 2014
މަރުހޫމު އަބުދުﷲ އަބޫބަކުރުގެ މޫނު ދެއްކުން މިހާރު ގުލްޒާރުގޭގައި ކުރިއަށް އެބަދޭ. ވަޅުލަން ހަމަޖެހިފައިވާގަޑި އަދި ނޭނގޭ.
12:35
18 Sep 2014

އަބުދުﷲ އަބޫބަކުރު ވަޅުލުމަށްޓަކައި ސަހަރާގައި ވަޅު ކޮނުމުގެ މަސައްކަތް ކުރަމުން ދަނީ
12:26
18 Sep 2014

މަރުހޫމު އަބުދުﷲ އަބޫބަކުރު ގެ ހަށިގަނޑު ފެނުނު ސަރަހައްދު ރަތްކުލައިގެ ބޮޅަކުން ދައްކާފައި. މިއީ އަލަށް ހަދަމުންދާ ގެއެއް، ގޭގެ މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ބެލެވޭ.
12:18
18 Sep 2014
ޢަބްދުﷲ އަބޫބަކުރު ވަޅުލުމަށްޓަކައި ތައްޔާރުވަމުންދާއިރު އޭނާ ފެނުނު ވަޅު ހުރި އިމާރާތް އަދިވެސް ވަނީ ފުލުހުން ބަންދުކޮށްފަ. ފުލުހުންގެ ފޮރިންސިކު ޓީމުވެސް އެސަރަހައްދުބަލާ ފައިވޭ. މިހާތަނަށް ބެލި ބެލުމުން ޢަބްދުﷲ އަބޫބަކުރުގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަމަށް ފާހަގަ ކުރެވިފަ ނުވާ ކަމަށް ފުލުހުން ބުނެފި. އަދި މިމައްސަލަ އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށްވެސް ފުލުުުހުން ބުނޭ.
12:16
18 Sep 2014
މަރުހޫމު އަބުދުﷲ އަބޫބަކުރު ގެ ހަށިގަނޑު 10:40 ހުގައި ވަނީ އާއިލާއާއި ހަވާލުކޮށްފައި ކަމަށް އިހަވަންދޫ ސިއްހީމަރުކަޒު ވަގުތީގޮތުން ހިންގުމާއި ހަވާލުވެހުންނެވި ކޭޝިއަރު އަހުމަދު އުބައިދުﷲ މައުލޫމާތު ދެއްވައިފި.
10:28
18 Sep 2014

މަރުހޫމު އަބުދުﷲ އަބޫބަކުރު ހޯދުމަށް ކައުންސިލުން ގޮވާލި ގޮވާލުމަށް ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފާހަގަ ކުރައްވައި ކައުންސިލްގެ ރައީސް މުޙައްމަދު އާސިފު ރައްޔިތުންނަށް ޝުކުރު ދަންނަވައިފި.
10:24
18 Sep 2014
ފޮރިންސިކް ޓީމުގެ މަސައްކަތް ނިންމާލައިފި. މައްޔިތާ ސިއްހީމަރުކަޒުން ނެރުމުގެ މަސައްކަތް ފަށައިފި
10:05
18 Sep 2014
ފުލުހުންގެ ފޮރިންސިކް ޓީމުގެ ބޭފުޅުން މިހާރު ދަނީ މައްޔިތާގެ ހަށިގަނޑުކާރީ ހަރަކާތްތެރިވަމުން. ފޮރިންސިކު ޓީމަށް ރަށުން ބޭރުން ވަޑައިގަތީ 2 ބޭފުޅުން.
09:21
18 Sep 2014

ޢަބުދުﷲ އަބޫބަކުރުގެ ހަށިގަނޑު ފެނުނު ސަރަހައްދު، އަދި އޭނާގެ ހަށިގަނޑު ނެރެގެން ގެންދަނީ.
08:19
18 Sep 2014
ފުލުހުންގެ ފޮރިންސިކް ޓީމަށް އިހަވަންދޫއަށް އާދެވޭނީ 9 ޖަހާއިރުކަމަށް މައުލޫމާތުލިބޭ. މަރުޙޫމްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ފުލުހުންގެ ފޮރިންސިކު ޓީމުން ބެލުމަށްފަހު.
08:17
18 Sep 2014
ޢަބްދުﷲ އަބޫބަކުރުގެ ހަށިގަނޑު އަދިވެސް އޮތީ އިހަވަންދޫ ޞިއްޙީ މަރުކަޒުގަ. މައްޔިތާ ހިނެވުމުގެ މަސައްކަތް ނުފަށާ މަޑުކުރަނީ ފުލުހުންގެ ފޮރިންސިކް ޓީމް އަންނަންދެން.
07:15
18 Sep 2014
ރޭ ޢަބުދުﷲ އަބޫބަކުރު ހޯދުމުގެ މަސައްކަތުގައި ސުކޫލުގެ ގިނައަދަދެއްގެ މަތީ ކުލާސްތަކުގެ ދަރިވަރުންނާއި ސުކޫލުގެ މުވައްޒަފުން ނުނިދާ ހަރަކާތްތެރިވެފައިވާތީ މިއަދު އިހަވަންދޫ މަދަރުސާގައި ކިޔެވުން ކުރިއަށްގެންދާނީ އިންޓަރވަލް ގަޑިއަާ ހަމައަށް (ހެނދުނު 9:10 )ކަމަށް އިހަވަންދޫ މަދަރުސާގެ ޕުރިންސިޕަލް ދެންމެ ވިދާޅުވެއްޖެ.
07:03
18 Sep 2014
ޢަބުދުﷲ އަބޫބަކުރުގެ ހަށިގަނޑު އެމްބިއުލަންސަށް އަރުވަން ގެންދަނީ. ފޮޓޯ: ވަގުތު
ޢަބުދުﷲ އަބޫބަކުރު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެންމެހާ ރައްޔިތު ބޭފުޅުންނަށް އިހަވަންދޫ ކައުންސިލުން ޝުކުރުއަދާކޮށްފި.
07:01
18 Sep 2014
ފަޅު ގޯއްޗެއްގައި ހުރި ފެންވަޅަށް ވެއްޓިފައި އޮއްވާ ފެނުނީ އަބޫބަކުރުގެ ދޮށީ ފިރިހެން ދަރިފުޅަށް.
06:54
18 Sep 2014
ޢަބުދުﷲ އަބޫބަކުރު ފެނުނީ އިހަވަންދޫ ބެރިބެދިމަގުގައި ހުންނަ ގުރީންގާޑުން އާ ދިމާލުން ކުލިމަގު ސަރަހައްދުގައި ހުރި ގެވަޅެއްގައި ހުރި ތިރި ފެންވަޅެއްގައި އޮއްވާ ކަމަށް ޚަބަރު ލިބޭ.
06:38
18 Sep 2014
ޢަބުދުﷲ އަބޫބަކުރުގެ ހަށިގަނޑު މިހާރުވަނީ އިހަވަންދޫ ޞިއްޙީ މަރުކަޒަށް ގެންގޮސް.
06:36
18 Sep 2014
ޢަބުދުﷲ އަބޫބަކުރު މިހާރު އިހަވަންދޫ ސިއްހީމަރުކަޒަށް ގެންދަނީ.
06:35
18 Sep 2014
ވަޅެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ޢަބުދުﷲ އަބޫބަކުރު ފެނިއްޖެ.
06:35
18 Sep 2014
ފަޅު ގޯއްޗެއްގެ ހުރި ފެންވަޅެއްގެ ތެރޭގައި އޮއްވާ ޢަބްދުﷲ އަބޫބަކުރު ފެނިއްޖެ. ޢަބުދުﷲ އަބޫބަކުރު ފެނުނުއިރު އޮތީ ނިޔާވެފައި.
06:21
18 Sep 2014

ކައުންސިލްގެ އެދުމުގެ މަތިން ޢަބުދުﷲ އަބޫބަކުރު ހޯދުމަށް އިހަވަންދޫ ޕޮލިސްސްޓޭޝަން ކައިރިއަށް މިއަދު އެއްވި ބައެއް މީހުން.
05:12
18 Sep 2014
ޢަބުދުﷲ އަބޫބަކުރު ހޯދުމަށް އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމައްޗަށް، އެންމެހާ ރައްޔިތުން ޖަމާވުމަށް އަނެއްކާވެސް ކައުންސިލުން ގޮވަން ފަށައިފި
04:54
18 Sep 2014
ޢަބުދުﷲ އަބޫބަކުރު ހޯދުމަށް މިހާތަނަށްކުރި މަސައްކަތުން އަދި އެއްވެސް އަލިމަގެއް ފެނިފައިނުވޭ.. ރަށުގެ ހުރިހާ ސަރަހައްދުތަކެއްހެންވަނީ ބަލާފައި. މޫދަށް ފީނައިގެންވެސް ބަލައިފި. މިހާރު މަސައްކަތްކުރަނީ ބޮޑު ލައިޓެއް ދިއްލައިގެން ބޮއްކުރައެއްގައި މޫދުބަލަން ނުކުތުމަށް.
01:43
18 Sep 2014
ސަފުގެ ބައިވެރިން ކުނިގޮނޑާދިމާލު ގޮނޑުދޮށަށް ނުކުމެއްޖެ. މިހާތަނަށްކުރި މަސައްކަތުން އަދި އެއްވެސް އަލިމަގެއް ފެނިފައިނުވޭ.
01:39
18 Sep 2014
ސަފުގައި އަންނަ މީހުން ކުނިގޮނޑާ ހަމައަށް އަތުވެއްޖެ.
01:31
18 Sep 2014
ޖަނަރޭޓަރަކާ ލައިޓެއް ހިފައިގެން ތިބި ބަޔަކު ބޮޑުނިކަގަސް ކާރީ ތިބުމަށްފަހު ކުޑަކަތީބުމަގާ ދިމާއަށް ހިނގައިގެންފި.
01:25
18 Sep 2014
ފުޅިތޮއްޓާ ކަށިކެޔޮ ގަސްތަކުގެ ސަަބަބުން ބައެއް މީހުންނަށް ކުދި އަނިޔާތައް ވަމުންދާކަމަށް މަޢުލޫމާތު ލިބޭ،
01:24
18 Sep 2014

ކުޅިމަގު ސަރަހައްދުން ހޯދުމަށް ސަފެއްގައި ނައްޓާލި މީހުންގެ ތެރެއިން ބަޔަކު.
01:22
18 Sep 2014
ސަފުގައި އެކަނިވެސް 300 އަށްވުރެ ގިނަ މީހުން އެބަތިބި. ސަފެއްގައި ހޯދަމުން ކުރިއަށްދަނީ ރަށުގެ އިރު އުތުރާ ދިމާއަށް
01:21
18 Sep 2014
އެންމެން ގޮނޑުދޮށުން ފެށިގެން އެއްގަމަށް ތެދު ލައިނެއް ހަދާ ހޯދަން ތައްޔާރުވަނީ.
01:20
18 Sep 2014
ފުލުހުން އަނެއްކާވެސް ކުޅިމަގުގައި ތިބި މީހުން އެއްތަނަކަށް އެއްކޮށްފި.
00:50
18 Sep 2014
މިހާރު ބޮޑަށް ބަލަމުންދަނީ ކުޅިމަގާ ކުނިގޮނޑާ ދެމެދު ވާ ސަރަހައްދު.
00:49
18 Sep 2014

ހޯދުމުގެ މަސައްކަތުގައި ބޭނުންކުރުމަށް އިތުރު ޖަނަރޭޓަރެއް ބޭނުންކުރަން ތައްޔާރުވާން ފަށައިފި
00:46
18 Sep 2014
އެއްގަމަށް އަރާފަ ވާކަމަށް ބެލެވޭ ފިޔަވަޅު ވަކި ހިސާބަކުން ވަނީ ފޮހެވިފަ ކަމަށް ޚަބަރުލިބޭ.
00:45
18 Sep 2014
ޢަބުދުﷲ އަބޫބަކުރުގެ ފިޔަވަޅު ކަމަށްބެލެވޭ ފިޔަވަޅެއް އުތުރުފަރާތު ގޮނޑުދޮށުން ކުނިގޮނޑާ ދިމާލަށް އަރަން މަސައްކަތްކޮށްފަ ހުރިތަން ވަނީ ފެނިފަ.
00:43
18 Sep 2014
ކުޅިމަގު ސަރަހައްދުގައި މިވަގުތު 200 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވޭބަ.
00:42
18 Sep 2014
ޕޮލިހުން ދެންމެ ރައްޔިތުންނަށް މަޢުލޫމާތުދެމުން ބުނީ މިއަދު އިރުއޮއްސެންވެފައި ހުއްޓާ 13 އަހަރާ 14 އަހަރުގެ ކުއްޖަކަށް ޢަބުދުﷲ އަބޫބަކުރު ކުނިގޮނޑާ ދިމާލުން ކުނިކޮނޑު ސަރަހައްދަށް އަންނަނިކޮށް ފެނިފަވާކަމަށް.
00:39
18 Sep 2014

ހޯދުމުގެ މަސައްކަތުގަ ހަރަކާތްތެރިވާ ގުރޫޕެއް ކުޅިމަގު ސަރަހައްދުގައި
00:10
18 Sep 2014
ކުޑަޖަނަރޭޓަރަކާއި ލައިޓަކާއެކު، އެއްބަޔަކު ކުޅިމަގުން ފެށިގެން އުތުރަށް ވަލުތެރެ ސަރަހައްދު ބަލަމުންދާއިރު އަނެއްބަޔަކު ދަނީ ހޭޅިފަށް ސަރަހައްދު ބަލަމުން. ލައިޓު ހަރުކޮށްފައިވާ ޕިކަޕުވެސް މިހާރު ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން.
00:08
18 Sep 2014

ޢަބުދުﷲ އަބޫބަކުރު ހޯދުމުގެ މަސައްކަތުގައި އިހަވަންދޫގެ ގިނަ ބަޔަކު މިހާރު މަސައްކަތްކުރަމުން ދަނީ ކުޅިމަގު ސަރަހައްދުގައި
23:54
17 Sep 2014
ޢަބުދުﷲ އަބޫބަކުރު ހޯދުމުގެ މަސައްކަތްކުރުމަށް މިހާރު ހަރަކާތްތެރިވާ މީހުންނާ އަދި ނުނުކުމެ ބަޔަކު ތިބިނަމަ އެބަޔަކުވެސް ކުޅިމަގު ސަރަހައްދަށް އައުމަށް އިހަވަންދޫ ކައުންސިލުން ގޮވާލަމުން އެބަދޭ.
23:31
17 Sep 2014
މާކަރީ ލައިޓަކާއި ކުޑަ ޖަނަރޭޓަރަކާއެކު ކުނިގޮނޑު ސަރަހައްދުގައި ގުރޫޕެއް ހަރަކާތްތެރިވަމުން އެބަދޭ.
23:31
17 Sep 2014
ޢަބުދުﷲ އަބޫބަކުރު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓާނުލާ ކުރަމުން. ޢަބުދުﷲ އަބޫބަކުރު ހޯދުމުގެ މަސައްކަތައް ރައްޔިތު އެންމެން ނުކުތުމަށް ކައުންސިލުން އަނެއްކާވެސް ގޮވާލައިފި.
23:23
17 Sep 2014
ޢަބުދުﷲ އަބޫބަކުރަކީ ބަލި މީހެއް. އަދި ސިކުނޑީގައި ކޮންމެވެސް ވަރެއްގެ އުނިކަމެއް ހުންނަ މީހެއް ކަމަށްވެސް މީހުން ބުނޭ.
22:58
17 Sep 2014

ޢަބުދުﷲ އަބޫބަކުރު ހޯދުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ
22:56
17 Sep 2014
ޢަބުދުﷲ އަބޫބަކުރު ހޯދުމުގެ މަސައްކަތުގައި ގިނައަދަދެއްގެ ޒުވާނުން ބައިވެރިވަމުންދާކަން ފާހަގަ ކުރެވެ.
22:56
17 Sep 2014
އިހަވަންދޫ ހުޅަނގު ފަރާތު ކުޅިމަގުން ފެށިގެން ގޮނޑުދޮށުން ފެށިގެން މޫދުގެ 300 ވަރަކަށް ފޫޓު ދުރު ސަރަހައްދު އަންނަނީ ހޯދާބަލަމުން. މިހާރު ކުޅިމަގުންފެށިގެން އިހަވަންދޫ އިރުމަތީފަރާތު މިސްކިތްމަގާ ހަމައަށް ވަނީ ބަލައިފަ.
22:42
17 Sep 2014
އިހަވަންދޫ އިރު އުތުރު ފަރާތު ގޮނޑުދޮށުގައި ހުންނަ ބޮޑުނިކަގަސް ދޮށާ ދިމާލުގަ ލައިޓުހަރުކޮށްފައިވާ ޕިކަޕު ބާއްވައިގެން މޫދު ބަލަން ފަށައިފި. އެސަރަހައްދު ފީނައިގެން ދަނީ ހޯދުމުގެ މަސައްކަތް ކުރަމުން.
22:34
17 Sep 2014
އިހަވަންދޫ އިންޖީނުގެއިން ޕިކަޕެއްގައި ލައިޓު ހަރުކޮށްގެން ހޯދުމުގެ މަސައްކަތަށް ނުކުމެއްޖެ.
22:33
17 Sep 2014

ގެއްލިގެން ހޯދަމުންދާ ޢަބުދުﷲ އަބޫބަކުރު.
22:17
17 Sep 2014
މިވަގުތު އިހަވަންދުއަށް ދަނީ ތުނިކޮށް ވާރޭ ވެހެމުން. ވާރޭތެރޭގައިވެސް ހޯދުމަށް ހަރަކާތްތެރިވާ ގުރޫޕުތަށް ދަނީ މަސައްކަތް ކުރަމުން.
22:06
17 Sep 2014
އިހަވަންދޫ އިންޖީނުގެއިން ޕިކަޕެއްގައި ލައިޓު ހަރުކޮށްގެން ހޯދުމުގެ މަސައްކަތަށް ނުކުންނަން ތައްޔާރުވަމުން އެބަދޭ.
22:05
17 Sep 2014
ހޯދުމުގެ މަސައްކަތަށް ގުރޫޕުތަކުން ހިނގައިގެންފި. ގިނަ ގުރޫޕުތަށް ދިޔައީ އަތިރިމައްޗާ ގޮނޑުދޮށް ބަލަން.
21:54
17 Sep 2014
ފުލުހުންގެ އިރުޝާދާއެކު އެއްވެތިބި ރައްޔިތުން 5 ގުރޫޕަކަށް ބަހާލައި 5 ސަރަހައްދަށް ރަށް ބައިކޮށްލައިގެން ހޯދުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެ.
21:53
17 Sep 2014
އިހަވަންދޫގެ ކައުންސިލަރުންނާއި ވެރިން އަދި އަތޮޅު ކައުންސިލް މެމްބަރު ޢަބުދުﷲވެސް މިވަގުތު ހުންނެވީ ޕޮލިސްސްޓޭޝަން ކުރިމަތީ.
21:51
17 Sep 2014
ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިހާރު ތިބީ އިހަވަންދޫ ޕޮލިސްސްޓޭޝަން ކުރިމަތީ. ރަށުގެ އެކި ދިމަދިމާއިން މިހާރުވެސް މީހުން އަންނަނީ އެތަނަށް ޖަމާވަމުން.
21:48
17 Sep 2014
ހޯދަން ނުކުންނައިރު، އަލިކުރެވޭނެ ކަހަލަ އެއްޗެއް ގެންދިއުމަށް ކައުންސިލުން އެދޭ..
21:47
17 Sep 2014
ޢަބުދުﷲ އަބޫބަކުރު ހޯދުމަށްޓަކައި އިހަވަންދޫ ޕޮލިސް ޓޭޝަން ކުރިމައްޗަށް ރައްޔިތުން އެއްވުމަށް އިހަވަންދޫ ކައުންސިލުން ގޮވާލައިފި.
21:42
17 Sep 2014
މިއަދު ހަވީރު 4:30 ހާއިރު ސަރިދަލޭސް ފިހާރަ އާއި ވަފާ ޕުރީސުކޫލާ ދެމެދު އޮންނަ މަގަކުން ގޮނޑުދޮށާ ދިމާއަށް ޢަބުދުﷲ އަބޫބަކުރު ދިޔަތަން ފެނުނު ކަމަށް މީހަކު ބުނެފި. އޭނާ ބުނީ އޭނާ ޢަބުދުﷲ ކާރީ ތިދަނީ ކޮންތާކަށްތޯ އެހުމުން، "މިދަނީ ތުނޑިއަށް ހިނގާލާށޭ" ބުނި ކަމަށް.
21:39
17 Sep 2014
ޢަބުދުﷲ އަބޫބަކުރަކީ އުމުރުން 70 އަހަރަށް ވުރެ ދޮށީ މީހެއް ކަމަށް ޚަބަރުލިބޭ. އޭނާ އަކީ ފަތިހުވެސް ވަރަށް ގިނައިން ގޮނޑުދޮށުގައި ހިނގާ މީހެއް ކަމަށްވާތީ، ގޮނޑުދަށްވެސް ދަނީ ހޯދަމުން.
21:38
17 Sep 2014
ޢަބުދުﷲ އަބޫބަކުރުގެ އާއިލާ މީހަކު މިނޫހަށް މައުލޫމާތު ދެމުން ބުނީ އޭނާ ގެއްލުނުއިރު ލައިގެން ހުރީ މަޑު އޮރެންޖު ކުލައިގެ ގޮޅިޖެހި ގަމީހެއް ކަމަށް.
އިތުރަށް ލޯޑުކުރަށްވާ »
ޚިޔާލު ފައުޅުކުރުން