[HEADER BANNER]
[AD]

އަހްމަދު ޢަބްދުﷲ ބެހި ލީފްލެޓްގައި ދޮގު މައުލޫމާތު ހުރިކަން ހާމަވެއްޖެ

21 މާރިޗު 2014 24

އިހަވަންދޫ ދާއިރާ އުޖާލާ ކުރުމަށްޓަކައި އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ހުލާސާ ހިމެނޭ ލީފުލެޓެއް އެމްޑީޕީގެ ކެމްޕޭން ޓީމުން އިހަވަންދޫ ދާއިރާގެ ރައްޔިތުންނަށް ބަހާފައި ވާއިރު، އޭގައި އިހަވަންދުއަށް ކޮށްދީފައި ވާކަމަށް ބުނާ ގިނަ ކަންތައް ތަކަކީ އޮޅުވާލުމެއް ކަމަށް ހާމަވެއްޖެ އެވެ. މިކަން ހާމަ ވެފައި ވަނީ އެ ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތައް ކަމަށް ބުނާ ކަންތައްތަކަށް އެބޭފުޅާ އެހީތެރިވެދެއްވާފައި ވަނީ ކޮން ގޮތަކުން ކަން ސާފު ކުރުމަށްޓަކައި އިހަވަންދޫގެ އާއްމު ފަރުދަކު އިހަވަންދޫ ކައުންސިލްގެ ފަރާތުން އެދި ހުށައަޅާފައިވާ ސިޓީ އަށް ކައުންސިލުން ދެއްވި ޖަވާބުން ނެވެ. އިހަވަންދޫޑޮޓްކޮމް އަށް ވެސް ހާރޑް ކޮޕީ އެއް ލިބިފައިވާ މިސިޓީގައި އިހަަވަންދޫ ކައުންސިލުން ދެއްވާފައި ވާ ބައެއް ޖަވާބުތައް ތިރީގައި އެވަނީ އެވެ.

އިހަވަންދޫ ބަނަދަރު ހެދުން: އިހަވަންދޫ ދާއިރާ އުޖާލާ ކުރުމަށްޓަކައި އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ހުލާސާ ހިމެނޭ ލީފުލެޓުގައި ވަނީ، ރާއްޖޭގެ ނިސްބަތުން ބޮޑު ބަނދަރެއް އިހަވަންދޫގައި ހަދާދީފައި ވާނެ ކަމަށް ބުނެފައި ވީނަމަވެސް އިހަވަންދޫ ކައުންސިލުން ބުނެފައި ވަނީ އެމަސައްކަތަކީ 2004 ވަނަ އަހަރު އައި ސުނާމީގައި ގެއްލުން ލިބުނު ބަނދަރުތައް މަރާމާތު ކުރުމަށް ސައުދީ ފަންޑުން ލިބުނު އެހީއާއި އެކު ކޮންޓެކްޓް އުސޫލުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އަދި އެމަސައްކަތް ކުރަމުން ދިޔައިރު، އިހަވަންދޫ ކައުންސިލްގެ އެދުމުގެ މަތިން ބަނދަރު ބޮޑު ކުރުމާއެކު ބަނދަރުގެ ދެކޮޅުގައި ރިވެޓުމަންޓު ޖެހުމާއި، އަދި އުޅަނދުފަހަރު ގެ ގެބުރުވާ އެއްސުމަށް ކޮންކުރިޓު ބުލޮކުތަކެއް ހަދާދީފައި ވާކަމަށް ކައުންސިލުން ދީފައިވާ ޖަވާބުގައި ވެއެވެ.

ފެނުގެ މަޝްރޫޢު ފެށުން: ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އިހަވަންދޫގެ ފެނުގެ ހިދުމަތް ފަށައިގަތުން އޮތްކަމުގައި ވީނަމަވެސް، ކައުންސިލްގެ ޖަވާބުގައި ވަނީ އެމަޝްރޫޢު ހިންގުމުގައި މަޖިލިސް މެންބަރު އަޙުމަދު ޢަބުދުﷲގެ އެއްވެސް ހިއްސާއެއް އޮތްކަން އެންގެން ނެތްކަމަށެވެ. އަދި އެއީ ޔުނޮޕްސްގެ އެހީގައި ހިންގަމުން ގެންދާ މަޝްރޫޢެއް ކަމަށް ކައުންސިލުގެ ޖަވާބުގައި ވެއެވެ.

ރަށަށް އާމްދަނީ ލިބޭގޮތަށް މަޝްރޫޢުތައް ފެށުން: ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އިހަވަންދުއަށް އާމްދަނީ ލިބޭގޮތަށް މަޝްރޫޢުތަށް ފައްޓާފައިވާ ކަމަށް ބުނެފައި ވާނަމަވެސް، އަޙުމަދު ޢަބުދުﷲ، އިހަވަންދުއަށް އާމްދަނީ ލިބޭ ގޮތަށް  އެއްވެސް މަޝްރޫޢެއް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމުގެ އެއްވެސް މަޢުލޫމާތެއް ކައުންސިލް އިދާރާއަށް ލިބިފައި ނުވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އޯޕަން ސްޓޭޖު ހެދުން: ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އިހަވަންދޫގައި އޯޕަން ސްޓޭޖެއް ހެދި ކަމަށް ބުނެފައި ވީމަނަވެސް، އެމަސައްކަތަކީ 2009 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ރައްޔިތު ފެންވަރުގައި ކުރެވިފައިވާ މަސައްކަތެއް ކަމަށާއި، އެމަސައްކަތް ކޮށްފައި ވަނީ ހއ. އަތޮޅު ރައްޔިތު އެކައުންޓުންނާއި އިހަވަންދޫ ރައްޔިތުންގެ އެކައުންޓުން ކަމަށާއި އެދުވަސް ފާހަގަ ކުރުމަށް ކުރެވު މަސައްކަތަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނި ތަކުން ދެއްވާފައި ވަނީ 13.39 އިންސައްތަ ފައިސާ ކަމަށާއި، އެމަސައްކަތް ކުރުމަށް މަޖިލިސް މެންބަރު އަޙުމަދު ޢަބުދުﷲ އެއްވެސް އެހީއެއް ދެއްވާފައި ނުވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޕާކެއް ހެދުން: ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އިހަވަންދޫގައި ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޕާކެއް ހެއްދެވި ކަމަށް ބުނެފައި ވީމަނަވެސް، އެމަސައްކަތަށް މަޖިލިސް މެންބަރު އަޙުމަދު ޢަބުދުﷲ އެއްވެސް އެހީއެއް ދެއްވާފައި ނުވާކަމަށާއި ކުޑަކުދިންގެ ޕާކުގައި މިހާރު ބެހެއްޓިފައިވާ ޕާކުސެޓަކީ ހއ. އިހަވަންދު ކައުންސިލުން ނިންމަވައިގެން 612860.00 ރުފިޔާ (ހަ ލައްކަ ބާރަ ހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ) ހަރަދު ކުރާގޮތަށް ކޮންޓެކްޓު އުސޫލުން އީޒީ ކަލެކްޝަނާއި ކޮށްފައިވާ މަސައްކަތެއް ކަމަށާއި އެމަސައްކަތުގެ އަގުގު ތެރެއިން އީޒީ ކަލެކްޝަނަށް މިހާރު ދީފައި ވަނީ 367716.00 ރުފިޔާ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެރުފިޔާ ދީފައި ވަނީ ކައުންސިލްގެ އާމްދަނީ އެކައުންޓުން ކަމަށްވެސް ކައުންސިލްގެ ޖަވާބުގައި ވެއެވެ.

ޕުރީސުކޫލުގެ މަސައްކަތް ފަށާގަތުން: ލީފުލެޓުގައި، އަޙުމަދު ޢަބުދުﷲ ކޮށްދީފައިވާ ކަންތައްތަކުގެ ތެރޭގައި އިހަވަންދޫގައި ޕުރީސުކޫލެއްގެ މަސައްކަތް ފަށާގަނެވުނު ކަމަށް އޮތް ވާހަކައަށް ކައުންސިލުން ދީފައިވާ ޖަވާބުގައި ވަނީ އެމަސައްކަތަކީ ރައްޔިތުންގެ ފެންވަރުގައި ކުރުމަށް ހއ. އިހަވަންދޫ ކައުންސިލުން ނިންމަވައިގެން އިމަރާތް ކުރުމަށް ބޭނުންވާ ތަކެތި ކައުންސިލުން ދީގެން ކޮންޓެކްޓް އުޞޫލުން ކުރައްވަމުން ގެންދާ މަސައްކަތެއް ކަމަށާއި، ޕުރީ ސުކޫލު އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމާއި ސުކޫލު ފަރުމާ ކުރުމާއި ބިމުގައި ހުރި ތަކެއްޗަށް ބަދަލުދީ ހެދުމަށް ކައުންސިލްގެ އާމްދަނީ އެކައުންޓުން (ރައްޔިތުންގެ ފައިސާއިއން) 215378.00 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި، އެމަސައްކަތަށް މަޖިލިސް މެންބަރުގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެގޮތުން އެމަސައްކަތަށް 450 ބަސްތާ ހިލަވެއްޔާ، 400 ކޮަތަޅު ސިމެންތި އާއި 600 ރިންގު ދަނގަޑާއި 500 އެނބުރި ދަނގަޑާއި 25 ކިލޯ ބަންނަ ނަރުގެ އިތުރުން 550 ގޯނި ހިލަ އަޙުމަދު ޢަބުދުﷲ ދެއްވާފައި ވާކަމަށް ކައުންސިލްގެ ޖަވާބުގައި ވެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓު، މަޖިލިސް މެންބަރ އަޙުމަދު ޢަބުދުﷲ ދޮގުމަޢުލޫމާތު ފަތުރާ ރައްޔިތުންނަށް އޮޅުވާލައިގެން ކެމްޕޭން ކުރަމުން ދާކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުން ނެވެ.

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހަގީގަތްތައް ފެންމަތިވަނީ! ކޮބާ އަހައްމާ ފެއިލް

– 21 މާރިޗު 2014 0

ޖޭމުސް ބޮންޑުގެ ކުޅިގަނޑު ފެށުނީ

– 21 މާރިޗު 2014 2

އެކަމަކު އެހާބޮޑު ދޮގުތަކެއް އަހަރެމެންގެ މެންބަރު ހައްދަވާފާނެއޭ ހިތެއް ނުބުނެ. ކައުންސިލަރުން ނޫންކަމެއް ނޭގެއެންނު ދޮގު ހަދަނީ

– 21 މާރިޗު 2014 5

ވޯޓް 1 މިފަހަރު މުހައްމާ

– 21 މާރިޗު 2014 5

ވޯޓުލާން ފެށެން 24 ގަޑިއިރަށްވުރެ ކައިރިވެފަ ހުއްޓަ މިކަހަލަ ލިއުމެއް ލިޔުނީމަ އިހަަވަންދޫ.ކޮމް ގެ ހަގީގީ ސޫރަ މި އެނގުނީ

– 21 މާރިޗު 2014 9

އެހެންވީމަ ނިމި އެދިޔައީ މިދާއިރާއަށް މިދާއިރާގެ މެމްބަރުގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ 5 އަހަރުތާ؟ މިކަމާ ނިކަން ވިސްނާފަ. ދެންވެސް ރަށު ދާއިރާ ތަރައްގީ ކުރުމަށް ފެންބޮވާގެންފަ ހުރި ރަށު ދަރިއަކަށް ވޯޓު ދީބަލަ. އަމިއްލަ ދާއިރާގެ ރައްޔިތުން ބަލާނުގަތީމަ އައިސް މިދާއިރާގެ ޒުވާނުންނަށް ހުރި ފުރުސަތު ބަންދުކުރުމަށް މަސައްކަތް ކުރާ މީހަކަށް ފުރުސަތު ދޭކަން ނުފެނޭ.

– 21 މާރިޗު 2014 0

އެހެން ވިއްޔާ މާރަންދުއަށާ މޮޅަދުއަށް ކޮށްދިން ކަންތައްތައް ކަމަށް ބުނާ ކަންތައްތަކަކީވެސް ސީދާ ދޮގެއް ދޯ؟ އަޅެ ކޮންމެވެސް މީހަކު މިކަން ސާފުކޮށްދީބަލަ. އަހަރެމެން ރަށަށް ބެހި ލީފުލެޓުގަ ވެސް އެބަހުރި ވަރަށް ގިނަ ކަންތައް ކޮށްދީން ވާހަކަ

– 21 މާރިޗު 2014 0

ކޮބާ ކޮބާ

– 21 މާރިޗު 2014 0

އިހަވަންދޫ.ކޮމް މުހަންމާ ގަތީތަ؟ ކޮން ގާސިމު ގޭމު ޖައްސާކަށް. މިފަހަރުވެސް އަހުމަދު އަބްދުލޯ 2

– 21 މާރިޗު 2014 2

ހުސް ޕްރޮޕަގަންޑާ . ބަދަލަކަށް 3 ކަށް ވޯޓް ދެއަވާ

– 21 މާރިޗު 2014 2

ކެޔޮ ކޭވަރު އެނގޭނީ ބިތުފަންގި ނެގީމަ.. ހަހަހަ ވޯޓް 1

– 21 މާރިޗު 2014 1

މުހަންމާގެ ސިލްސިލާ ފިލްމު.

– 21 މާރިޗު 2014 2

ކުޅިގަނޑު ފެށުނީ. ދެންވެސް 3 ހިޔާރުކުރައްވާ.

– 21 މާރިޗު 2014 1

މީ ކޮންކަހަލަ ޒިންމާާދާރުކަން ކުޑަ ލިޔުމެއް؟ ބަލަ މެމްބަރު ކޮށްދޭ ކަންކަމަކީ މެމްބަރުގެ ޖީބުން ޚަރަދުކޮށްގެން ކުރާ ކަންތަކެއް ނޫން. އެއީ މެމްބަރު އިސްނަގައިގެން ކައުންސިލާޢީ ސަރުކާރު ޒިއްމާ ކުރުވައިގެން ޢަދި ޢަމިއްލަ ފަރާތްތަކުގެ ސަޕޯޓްހޯދައިގެން ކުރުވާ ކަންތައް

– 21 މާރިޗު 2014 5

އެމްޑީޕީގެ ކެންޑިޑޭޓު، މަޖިލިސް މެންބަރ އަޙުމަދު ޢަބުދުﷲ ދޮގުމަޢުލޫމާތު ފަތުރާ ރައްޔިތުންނަށް އޮޅުވާލައިގެން ކެމްޕޭން ކުރަމުން ދާކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުން ނެވެ....ހާދަ ޒާތީ އޭ ދޯ

– 21 މާރިޗު 2014 5

މިފަހަރުވެސް އަހައްމާ. 2

– 21 މާރިޗު 2014 5

ކިތަންމެ ފާޑެއް ކިޔަސް..އިހަވަންދޫ ރައިތުންނެއް މި ޔެ ބަލައެ ނުގަންނާނެ،ސަބަބަކީ އަދިވެސް ވޭތުވެދިޔަތާގަ މި ރަށްތަކަށް ގެނެވުނު ތަރައްގީ ކުޑަކަން...މަދު ގެޔެގައި އިންޓާނެޓު ހުންނަނީ..މުއްސަނދިން މުއްސަނދި ވީ. އަދިވެސް ވޯޓް ދޭ އުސޫލަކީ އައްމަ ބުނީތީ އައްޕަ ބުނީތީ ..އަމިއްލަ ޢިހްތިޔާރެއް ނެތް. އެ ހެވޭ އިނގޭތޯ ފިލްމު ކުޅޭ މީހަކަސް

– 21 މާރިޗު 2014 2

އަމާ ބުނީތީ ފަރަށް ދާހެން..މުހަންމާ ބުނީތީ ޖާސިމު ޕާޓީ ޓިކެޓު ބެހީ،ދެން ވާނެ ގޮތް މި ފެންނަނީ. ކިތަންމެ ލާރި އެޅިޔަސް ނުވާނެ މިކަމެއް. ވޯޓް 2

– 21 މާރިޗު 2014 2

މަވެސް ތިބުނާ ލީފުލެޓެއް ކިޔާފިން. ވަރަށް ބޮަޑަށް ރައްޔިތުންނަށް އޮޅޭ ގޮތަށް ލިޔެފަ އެބަހުރި. ތިމަންނަ ކޮށްދިން ކަންތައް ތަކޭ ކިޔާފަ، ކޮށްދީފަ ހުރި ކަންތައްތަކާއި ރައްޔިތުން ކޮށްފަ ހުރި ކަންތައްތައްވެސް އޭނާ ކޮށްދިން ކަންތައް ތަކަކަށް ހަދާފަ ހުރީ. މޮޅަދުއަށް ކޮށްދިން ކަންތައްތައް ކަމަށް ބުނާ ކަންތައްތަކުގެ 2 އިންސައްްތަ މެމްބަރު ކޮށްދިން ކަމެއް ހުރީ. އަހަރުގެ އެންމެ ބޮޑު އޮޅުވާލުން އޮޅުވާލަން އުޅެނިކޮށް މިފަޅާ އެރީ.

– 21 މާރިޗު 2014 0

މިިހާރު މި މުޅި މާރަންދޫގަވެސް މިހަބަރު. ހަބަރު ޕުރިންޓު ކޮށްގެން ބަހަނީ. ބޯހަލާކު. ވޯތު ކޮޅު ގެއްލިގެން ނުދަނީސް ހެދުނު ދޮގުތަކަށް މާފަށް އެދެން ވެއްޖެ އެއްނު.

– 21 މާރިޗު 2014 0

ޕާޓީން ހެޔޮ ވިއްޔާ މީދަލެއް ނެރުނަސް ގޮތް ދޫނުކޮށް ވޯޓް ދޭންޖެހޭ. 3 ކަށް ވޯޓް ދެއްވާ.

– 21 މާރިޗު 2014 0

ޕާޓީ އެއް ނޫން މައްސަލައަކީ..ނެރޭ ކެންޑިޑޭޓް. ދާއިރާއަށް ހެޔޮ ބަދަލު ގެނެވޭނެ މީހަކު ހިޔާރު ކުރަން ވެްއްޖެ. 3

– 21 މާރިޗު 2014 0

ކައުންސިލް ސިޔާސީވީދޯ ތިތިބީ ވޮއްޑަބޭ ދަށުވެފަ.....

– 21 މާރިޗު 2014 1

ހަޤީޤަތް ހާމަވީމަވެސް ރޮވެނީ އޭ ދެން p:

– 23 މާރިޗު 2014 0