މަޖިލިސް ޕޯލް މަތީން ކާމިޔަބުކޮށްފި!
އަންނަ މާރިޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް، ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިހަވަންދޫޑޮޓްކޮމްގެ ކިޔުންތެރިންގެ ތާޢިދު އޮތް ކެނޑިޑޭޓެއް ބެލުމުގެ ބޭނުމުގައި އިހަވަންދޫޑޮޓްކޮމްގެ ފަރާތުން ހުޅުވާލާފައިވާ ޕޯލް، ކެންޑިޑޭޓް ނަންބަރު 3 މުހައްމަދު މަތީން ކާމިޔަބުކޮށްފިއެވެ.
604 ފަރާތަކުން ވޯޓްދީފައިވާ މިޕޯލުން، އަމިއްލަގޮތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ މަތީންވަނީ 212 ވޯޓް ހޯދާފައެވެ. ފާހަގަކޮށްލެވޭގޮތުގައި މިޕޯލް ފެށުނިންސުރެއްވެސް ލީޑްކުރައްވަމުން ގެންގޮސްފައިވަނީ މަތީންއެވެ.
182 ވޯޓާއި އެކު އަހުމަދު އަބުދުﷲ ދެވަނަހޯދިއިރު، މިޕޯލްއިން ތިންވަނަޔަށްދިޔަ މުހައްމަދު އަބުދުﷲ އަށް ލިބިފައިވަނީ 176 ވޯޓެވެ. މިޕޯލުން ފުލަށްދިޔަ ޝާފިއުއަށް ލިބިފައިވަނީ 34 ވޯޓެވެ.
ޚިޔާލު ފައުޅުކުރުން