[HEADER BANNER]
[AD]

އަޅުގަނޑަކީ ފައިސާވެރިއަކަށް ގޮނޑި ހަދިޔާ ކުރާނެ މީހެއް ނޫން. އަޙުމަދު ޢަބުދުﷲ

21 މާރިޗު 2014 2

އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ފޭސްބުކު

އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު، އަޙުމަދު ޢަބުދުﷲ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ޢަމަލުތަކަށް ފާޑު ކިޔައި ވާހަކަ ދައްކަވައިފި އެވެ. އެބޭފުޅާ އެގޮތަށް ވާހަކަފުޅު ދައްކަވާފައި ވަނީ 19 މާރިޗް ގައި އެމްޑީޕީން އިހަވަންދޫގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ. އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާ ކޮންމެވެސް ކެންޑީޑޭޓެއް ފައިސާވެރިއެއްގެ އަތުން ފައިސާ ހޯދައިގެން އައިސް ކެމްޕޭނުކޮށް، ގޮނޑިލިބުމުން އެ ފައިސާ ވެރިއަށް ގޮނޑި ދިނުމަށް ނިންމާފައިވާ ކަމަށް ދޭހަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވަމުން އަޙުމަދު ޢަބުދުﷲ ވިދާޅު ވެފައި ވަނީ ރައްޔިތުންނަށް އަޅުގަނޑު ދޭނެ ޔަގީން ކަމަކީ، "އަޅުގަނޑަކީ ފައިސާވެރިއެއްގެ އަތުން ފައިސާ ހިފައިގެން އައިސް ކެމްޕޭން ކޮށްފަ، ގޮނޑި ހިފައިގެން ގޮސް އޭނާ އަށް ހަދިޔާ ކުރާނެ މީހެއް ނޫނޭ". އަޙުމަދު އަބުދުﷲ ގެ ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ފައިސާވެރިއެއްގެ އަތުން ފައިސާ ހިފައިގެން އައިސް މިދާއިރާގެ ގޮނޑި ލިބުމުން އެފައިސާ ވެރިޔަށް ހިދުމަތް ކުރަން، ނޫނީ އެމީހާ ބުނިގޮތަކަށް ހަދަން ނުދާނެކަމަށެވެ.

އަޙުމަދު ޢަބުދުﷲ ގެ ވާހަކަފުޅު (އޯޑިއޯ)

އަދި އެބޭފުޅާ ވަނީ މިދާއިރާއަށް ކުރިމަތިލައްވާފައި ވާ އެހެން ކެންޑިޑޭޓުންނަށް އިހުތިރާމް އަދާކުރުމަށް އެބޭފުޅާގެ ކެމްޕޭން ޓީމުގެ އެންމެހާ މެމްބަރުންގެ ކިބައިން އެދިފައެވެ. ސިޔާސީ ކަންތައްތަކަކީ ހަސަދަވެރިކަމެއް ނޫން ކަމަށާއި ސިޔާސީ ކަންތައްތަކަކީ ތަސައްރަފު ފުދިފައިވާ މުޖުތަމައެްްގެ ތެރޭގައި ރީތި ހަމަތަކާއި އުސޫލުތަކުގެ މަތިން ވާދަކޮށްގެން ކުޅަދާނަ ކަމާއި ހުނަރު ދައްކައިގެން ކާމިޔާބު ކުރާ ހަރަކާތެއްކަން ފާހަގަ ކުރައްވައި އަޙުމަދު ޢަބުދުﷲ އިތުރަށް ވިދާޅުވެފައި ވަނީ އެހުނަރު ނުދެއްކުނީމާ އަނެއް މީހާއަށް އެއްޗެތި ގޮވާ ފުރައްސާރަ ކުރުމުން، އެމީހާއަށް އެބުނެދެވެނީ އެމީހާއަކީ ނާގާބިލު މީހެއް ކަމަށެވެ.

މިބައްދަލުވުމުގައި ދެއްކެވި ވާހަކަ ފުޅުގައި އަޙުމަދު ޢަބުދުﷲ ވަނީ މޮޅަދޫގެ ރައްޔިތުންނަށް ބިރުދައްކާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އޯޑިއޯގަ ފަށާއިރު ދައްކާ ވާހަކަ އާއި ދެން ދައްކާ ވާހަކައާއި ދިމާލެއް ނުވޭ. ހީވަނީ އެމްޑީޕީން ލާރި ދީފަ ތިބައްދަލުވުމުގަ އަތްޖަހަން މީހުން ގެނެސްފަ ހުރިހެން.

– 21 މާރިޗު 2014 0

ފެއިލް

– 21 މާރިޗު 2014 0