އަޙްމަދު ޢަބްދުﷲގެ ކޮރަޕްޝަނުގެ މައްސަލައެއް އޭސީސީ އަށް

އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޙްމަދު ޢަބްދުﷲ، މިލިއަން ޑޮލަރުގެ ވިޔަފާރިވެރިއަކަށް ވެފައި ވަނީ ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިންގައިގެން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ ފަރާތުން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ އިހަވަންދޫ އޯޕަން ސްޓޭޖްގައި ބޭއްވި މަޖިލިސް ބަހުސްގައި، "ހަމަ އެއާއެކު އަޅުގަނޑަކީ ސުމަކުން ފައްޓައިގެން މިއަދު މިލިއަން ޑޮލަރުގެ ކުންފުންޏަކަށް ކުންފުނި ބަދަލުކޮށް އަމިއްލަ ވިޔަފާރީގެ ރޮނގުން ކުރިއަށްދާ މީހެއް" ކަމަށް އަޙްމަދު ޢަބްދުﷲ ވިދާޅުވެފައި ވާތީ، މިލިއަން ޑޮލަރުގެ ކުންފުންޏަކަށް ކުންފުނި ބަދަލުކޮށްފައި ވަނީ ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިންގައިގެން ކަމަށް ތުހުމަތުކޮށެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލައިގެ، ހުށަހެޅި ފަރާތުގެ ނަން އުނިކޮށްފައިވާ ކޮޕީއެއް، އިހަވަންދޫޑޮޓްކޮމް އަށް ވަނީ ލިބިފަ އެވެ. އިހަވަންދޫޑޮޓްކޮމް އަށް ކަށަވަރުވެފައިވާ ގޮތުގައި މި މައްސަލަ އޭސީސީ އަށް ހުށަހަޅާފައި ވަނީ އިހަވަންދޫ ރައްޔިތެކެވެ.

އޭސީސީގެ ރައީސަށް އެޑްރެސްކޮށް ފޮނުވާފައިވާ މި ސިޓީގައި ބުނެފައި ވަނީ "އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ޢަބްދުﷲ އަކީ މެމްބަރުކަމަށް އިންތިޚާބު ކުރެވުނުއިރު މާ ބޮޑު ވިޔަފާރިއެއް ކުރާ މީހެއް ނޫން" ކަމަށާއި، "އޭނާ މަޖިލިސް މެމްބަރުކަމަށް އިންތިޚާބުކޮށްފައި ވަނީ ވެސް ދާއިރާގެ ރައްޔިތުންގެ ހިންމަތާއި މިންނަތުން ދާއިރާގެ ރައްޔިތުން ޚަރަދުކޮށްގެން އެ އިރުގައި އެމްޑީޕީއަށް އޮތް ބޮޑު ތާއީދުގެ ތެރެއިން" ކަމަށެވެ. އަދި މަޖިލިސް މެމްބަރުކަމަށް އިންތިޚާބުވުމަށް ފަހު މަޖިލިހުން ލިބޭ މުސާރަ ޚަރަދު ވަނީ "ދާއިރާގެ ރައްޔިތުންނަށް ކަމަށާއި، އަދި މީނާ ނިސްބަތްވާ ޕާޓީ އަށް ވެސް ބޮޑު ހޭދައެއް ކުރަމުން އަންނަ ކަމަށް" އަޙްމަދު ޢަބްދުﷲ ރައްޔިތުން ގާތުގައި ބުނަމުން އަންނަ ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އަދި ހަމަ އެހެންމެ ޤާނޫނުއަސާސީގެ 76 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު މަޖިލިހަށް ހުށަހަޅަން ޖެހޭ މާލީ ބަޔާން ވެސް އަޙްމަދު ޢަބްދުﷲ ހުށަހަނާޅާ ކަމަށް މި ސިޓީގައި ތުހުމަތު ކޮށްފައިވެ އެވެ.

ގާނޫނުއަސާސީގެ 76 ވަނަ މާއްދާގައި ބުނަނީ "ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމަށް ހުށަހަޅަންވާނެ ކަމަށާއި، އަދި މިގޮތުން ދޭ މަޢުލޫމާތުގައި އެ މީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނާންވާނެ" ކަމަށެވެ.

މީގެ އިތުރުން "ދިވެހިރާއްޖޭގައި ކޮރަޕްޝަނުގެ މައްސަލަ އެންމެ ފުނަށް ފެތުރި އަށަގެންފައިވާ ތަނަކީ" ރައްޔިތުންގެ މަޖިލިސްކަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރި ދިރާސާއަކުން ހާމަވެފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރައްވަން ޖެހޭނެ ހަމަތަކާއި އުޞޫލުތައް ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ރިޢާޔަތްކޮށް މި ސިޓީގައި ތަފްޞީލްކޮށް ބަޔާންކޮށްފައިވެ އެވެ.

ސިޓީ ނިންމާލަމުން ބުނެފައި ވަނީ "އެންމެ 5 އަހަރު ދުވަހުގެ ތެރޭގައި މަޖިލިހުން ލިބޭ އެންމެ 65000 ރުފިޔާގެ މުސާރަ ބޭނުންކޮށްގެން މަލްޓި މިލިއަން ޑޮލަރުގެ ކުންފުނި ހިންގާ ބޮޑު މަހުޖަނަކަށް (އަޙްމަދު ޢަބްދުﷲ) ވީގޮތް ކޮންމެހެން ބަލާން ޖެހޭ" ކަމަށާއި، އަޙްމަދު ޢަބްދުﷲ "މިލިއަން ޑޮލަރުގެ ކުންފުނި ހިންގަނީ ކޮރަޕްޝަނުގެ ބޮޑެތި ޖަރީމާތަކެއް ހިންގައިގެން" ކަމަށެވެ.

މި ސިޓީ އޭސީސީ އަށް ލިބުނުކަން ކަށަވަރުކޮށްދިނަސް މިކަމާ ގުޅޭ އިތުރު ތަފްސީލް މިއަދު ވަނީ ލިބޭގޮތް ނުވެފަ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަހުމަދު އަކީ ކުންސުޓުރަކުޝަން ވިޔަފާރި ކުރާ މީހެއް މަޖުލިހައް ހޮވުނު އިރުވެސް ހަމަ އެްޗެކޭ ކިޔަނީ މޮހޮންމާ ލާރި ޖެހި ވާހަކަ ދެއްކިއްޔާ މާރަގަނޅު ވާނެ.

– 17 މާރިޗު 2014 7

މުހައްމާގެ ވާހަކަ ދައްކާކަށް ނުޖެހޭ. މުހައްމާއަށް ވަނީ ތިބުނާ ކަމެއް ކޯށްގެން ލިބެން ޖެހޭ އަދަބެއް ލިބިފަ.

– 17 މާރިޗު 2014 1

އެއްވެސް އަސްލެތްނެތްވާހަކަލތައް މާނިއުކަހަލަ ބޭފުޅުން ލިޔެ ޝާއިރުކުރާއިރު ތީ އަމިއްލަ ޒާތީހަސަދަ ފިލުވާލުމަށްޓަކައި، ކެންޑިޑޭޓެއްގެ އިންތިޙާބަށް އަރާގަތުން ނޫން ކަމަކަށް ނުވާނެ.

– 17 މާރިޗު 2014 5

ހެހެހެހެ.... ޒާތީ ވާވަރެއް ދޯ

– 17 މާރިޗު 2014 4

ތިވާހަކަ މާނިއު ދެއްކީމަ މާނިއުގެ ބޭނުންވަރަސް ރަނގަޅަށް ސާފުވެ އެނގިއްޖެ!

– 17 މާރިޗު 2014 4

ދެން ލަލަލާ!

– 17 މާރިޗު 2014 0

އެންޓިކޮރަޕޝަނަށް މައްސަލައެއް ލެވިދާނެ ކޮންމެފަދަ އެއްޗެކޭ ކިޔާފަވެސް.... ތިކަން ޕްރޫފްކޮށް އަހުމަދު އަބުދުﷲ މަށްޗައްހުކުމެއް ކުރެވުނީމަ ތިކަން ޙަޤީގަތަކަށް ވާނީ!

– 17 މާރިޗު 2014 3

އަހައްމާ ހިންގާފައިވާ ކޮރަޕްޟަނުގެ ސާބިތު ހެކި ފެންނަން އެބަ އޮތް. ރައްޔިތުންނޭ ހޭލާ! ތަކަންދޫ އަށް ވޯޓު ދޭން މަރު ހެޔޮ ނުވާނެ.

– 17 މާރިޗު 2014 1

ކޮބަަާ ކޮބާ

– 17 މާރިޗު 2014 0

ކޮބަަާ ކޮބާ

– 17 މާރިޗު 2014 0

ތަކަންދޫ އަހުމަދު އަވަދި

– 18 މާރިޗު 2014 1

ތަކަންދޫ އަހުމަދުގެ ހުރިހާވެސް އެދުންވެރިކަމެއް އޮތީ މަޖިލިހުން ލިބިލައްވާނެ ބޮޑުމުސާރާގެ އެދުންވެރިކަންއެކަނި... އިހަވަންދޫ މުސްތަޤުބަލަށް އިތުރު ކުރިއެރުމެއް ހޯދާ ދިނުމަށް އެއްވެސް ކަމެއް ކުރުމެއް ނެތް...

– 18 މާރިޗު 2014 0

މަހީކުރީ ވަރަށް ފަސްބައި ސާފު މީހެއް ކަމަށް ދެން މަގޭ ވޯޓެއް ތި މީހަކަށް ނުލިބޭނެ. ރައްރިތުން ނަށް ހަރާމް ކޯރުވެ. މަގާމުގެ ފައި ނަހައްޤުން ނަގަން ތިކަން ކުރަން ނޫޅޭ.. މަ ވާއެޅޭ މީހަކުވެސް ނުކެރޭނެ ތިމީހަ އަައަށް ވޯޓުދޭން..

– 18 މާރިޗު 2014 1

މިލިޔަން ޑޮލަރު ހުރެގެން؛ މެންބަރަކަށްހުރެ އިހަވަންދޫއަށް ކޮށްދެވުނީ ކޮންކަމެއް.... އަހަންމަދަށް ވޯޓު ދިނުމުގެ މާނައެއްނެތް!!!!!

– 18 މާރިޗު 2014 1

އިހަވަންދޫ ފިރާޟް ގެ މީނާ ފަހަތުން އުޅޭ ތަނެއް ނުފެނޭ؟ އޭނާ އަށްވެސް މީނާގެ ޙަޤީޤަތް އިގުނީބާ؟

– 18 މާރިޗު 2014 0

1 ނޯ 2 ނޯ 3 ވޯތު

– 18 މާރިޗު 2014 0

މުހަމާ ކަލޯ ހާދަ ޖޭ ވެޔޭ

– 18 މާރިޗު 2014 0

ލަދުން ބޯހަލާކު..ދެން މަގޭ ވޯޓު ނުލިބޭނެ !

– 18 މާރިޗު 2014 0

މުހައްމާ ކައޭ ނުހޮވޭނެ

– 18 މާރިޗު 2014 0

މުހައްމާ ހިތްދަތިވީ ދޯ. ނުހޮވޭނެ. ހަމަ އަހައްމާ ހޮވޭނީ..ގޭމު ޖައްސަން ނޫޅެ

– 18 މާރިޗު 2014 0

ދެންވެސް އަވަހަ ވޯޓް 3

– 18 މާރިޗު 2014 0

ައުއްމީދޯ....ދާއިރާ ނިކަމެތިކޮށް ފަހަތަށް

– 19 މާރިޗު 2014 0

އަހުމަދަކީ ރައްޔިތުން ހަވާލުކުރި އަމާނާތް ފުރިހަމަގޮތުގަ އަދާނުކުރެވުނު ހިޔާނާތްތެރިއެއް...

– 19 މާރިޗު 2014 0

ދެންވެސް ނިކަމެތިން ލައްވާ ހުވާ ކުރުވައިގެން ވޯޓް ހޯދުން ހުއްޓާލާ

– 19 މާރިޗު 2014 0

ހުޫުން! މިޒާަތީޥުމެެެެއްނުޫު؟

– 19 މާރިޗު 2014 1

ހޫން.. މީ ތިލަފަތަށް ނުބައި އަތަށް ބަރުވުން

– 19 މާރިޗު 2014 0

މުހައްމާ ކައޭ ކޮން ގޭމެއް ޖައްސާކަށް..މި ފަހަރުވެސް އަހައްމާ. ވޯޓް 2

– 19 މާރިޗު 2014 0

ތިލަފަތަށް ވޯޓް ދެއްވާ. 2

– 19 މާރިޗު 2014 2

ތި އަހްމަދު އަބްދޯ އަކީ ކާކު؟؟؟؟؟؟

– 20 މާރިޗު 2014 0

ކަލޯ މެނޭ..ކިއްތަންމެ ވަރުއެރުވިޔަސް ނުހޮވޭނެ..މި ފަހަރު މުހައްމާ ދެން ލަލަލާ މާނިއު

– 20 މާރިޗު 2014 0