އެއާރޕޯޓް އަޅަނީ ހޯރަފުށީގައި

 

ކުރިޔަށް އޮތް ތިން މަސް ދުވަސްތެރޭ ހޯރަފުށީގެ އެއާޕޯޓްގެ މަސައްކަތް އިއުލާނު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. މިގޮތުން ހޯރަފުށީގެ ބިމުގެ ސަރަހައްދެއް ހިއްކުމަށް ފަހު އެތަނުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ސިޔާމް ވިދާޅުވި ކަމަށްވެއެވެ.

ސިޔާމް މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ފަރާތުން ހޯރަފުށީ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު އިސްމާއީލްގެ ކެމްޕޭން ލޯންޗު ކުރުމަށް ހޯރަފުށީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ކަމަށްވެއެވެ.

މީގެ އިތުރުން ހޯރަފުށީގައި މަސްވެރިންނަށް ހާއްސަކޮށް ބޯޓްޔާޑެއް ތަރަށްގީ ކުރައްވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ސިޔާމް މިހެން ވިދާޅުވެފައިވާއިރު އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދާއި، ޤާސިމް އިބްރާހީމް އަދި ރައީސް ޢަބްދުﷲ ޔާމިން ވެސް ވަނީ އިހަވަންދިއްޕޮޅުގައި އެއާރޕޯޓެއް އަޅުއްވާނެ ކަމަށް ވަޢުދުވެފައެވެ.

އިހަވަންދިއްޕޮޅުގައި އެޅުމަށް ވައުދުވެފައިވާ އެއާރޕޯޓާބެހޭ އެއްވެސް މަޢުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ހދ. ކުޅުދުއްފުށީގައި އެޅުމަށް ވައުދުވި އެއާރޕޯޓްގެ އަޅާނެ ފަރާތެއް ހޯދުމަށް ސަރުކާރުން މިހާރު ވަނީ އިޢުލާނުވެސް ކޮށްފައެވެ.

އިހަވަންދިއްޕޮޅުގެ ގިނަބަޔަކު ހީކުރަމުންދަނީ އެއާރޕޯޓް އަޅާނީ ހއ. މޮޅަދޫގައި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ނުފޫޒުގަދަ ލިޑަރަކު އިހަވަންދިއްޕޮޅުގެ އެއާރޕޯޓާމެދު ވިދާޅުވި ބަސްފުޅެއް ދިމާނުވެ ދިއުމަކީ ވަރަށް ނާދިރުކަމެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިފަހަރު ދާއިރާގެ ގޮޑި ދާއިރާގެ ދަރިޔަކަށް ދާއިރާގެ ތަރައްޤީ ގެ އުސްމިންތަކަށް ގެންދިޔުމަށް ދޯ މާނިޔޫ

– 16 މާރިޗު 2014 1

މިފަހަރު ދާއިރާގެ ގޮޑި ދާއިރާގެ ދަރިޔަކަށް ދާއިރާގެ ތަރައްޤީ ގެ އުސްމިންތަކަށް ގެންދިޔުމަށް ދޯ މާނިޔޫ

– 16 މާރިޗު 2014 1

މާނިޔުތީ ދާއިރާގެ ގޮޑި ދާއިރާގެ ރައްޔިތަކަށް ކިޔާގެން ޕްރައިމަރީގެ ކުރިން ކެމްޕެއިން ކުރި މީހާ ހީކުރަން ޖަހާރާގައް އެއް ލަވައެއް ކިޔަން އިނގޭނެކަމަށް..

– 16 މާރިޗު 2014 3

މާނިޔުތީ ހަމަ ދެފުއް ކެހެރި އެއް

– 16 މާރިޗު 2014 3

އެއާޕޯޓޮ ކުރިން ފަސްއަހަރު ނުފެނުނު، މިފަހަރު ބޭނުން ވަނީ ބަދަލެއް ގެނަން

– 16 މާރިޗު 2014 2

މިހާރުގެ މެންބަރަކީ ވޯޓަށް ނޫން ގޮތަކަށް ދާއިރާގެ ދަރިންނަށް އެހީތެރިކަމެއްވެސް ވާން އިނގޭ މީހެއް ނުން.. މަށަށް ދިމާވެ ކަންހިނގި ގޮތުން މިހެން މިބުނެވުނީ

– 16 މާރިޗު 2014 1

އިހަވަންދޫ ދާއިރާގެ ރައްޔިތުންނޭވެ. ހޭލާށެވެ. ހޭއަރާށެވެ. ތިޔަ ދާއިރާގެ ގޮނޑިއާބެހޭ ގޮތުން ވިސްނާލިންތޯއެވެ. ތި ދާއިރާގެ ގޮނޑިއަށްވީ ގޮތް އެނގޭތޯއެވެ. މުހައްމާ ދާއިރާއަށް ނުކުތުމުން ޔާމީން އެހެން މީހަކު ނެރުނީ ކީއްވެގެންތޯއެވެ. އެހެންމީހުން ލާރިހޯދަން ދިމަދިމާއަށް ދުވުމުން ސަރުކާރުގެ ފަރާތުން ސަރުކާރަށް ތާއީދު ކުރާފަރާތްތަކުން އެކަން ކޮށްނުދިނީ ކީއްވެގެންތޯއެވެ. ކައިރީގެ ރަށްތަކަށް ސަރުކާރުގެ ވެރިން ދިޔައިރު ތި ރަށަށް ނުދިޔައީ ކީއްވެގެންތޯއެވެ. ނިކަން ހޭލަ ބަލާށެވެ، ޒުވާނުންނެެވެ. ހަރުމީހުންނެވެ. އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނުކުމެ ބަލާށެވެ.

– 16 މާރިޗު 2014 4

ހޯރަފުށީގައި އެއަރޕޯޓް އެޅުމަކީ އިހަވަންދިއްޕޮޅުގެ އުތުރުގައި ހުރި ރަށް ތަކަށް ލިބޭ ދެރައެކެވެ. އެންމެ ރަނގަޅު ގޮތަކީ މޮޅަދޫ ނުވަތަ އުލިގަމުގައި އެއަރޕޯޓް އެޅުމެވެ. ހޯރަފުއްޓަކީ މަސްތުވާތަކެއްޗާއި ގޭންގް މާރާމާރީ އެންމެ ބޮޑު ރާއްޖޭގެ އެއްރަށަށް ވުމުން އެރަށުގައި އެއަރޕޯޓް އެޅުމަކީ ނުރައްކަލަކަށްވެސް ވެދާނެއެވެ. އަނެއެއްކޮޅުން މަސްވެރިންނަށް ހާއްސަ ބޯޑް ޔާޑެއް ރާއްޖޭގެ އެއްވެސް ތަނެއްގައި އަޅާނަމަ އެކަމަށް އެންމެ އެކަށީގެންވާ ތަނަކީ ހއ އިހަވަންދޫއެވެ. އިހަވަންދޫ ރައްޔިތުން މިކަމާ ފުންކޮށް ވިސްނާށެވެ. މަޖިލިސް މެޖޯރިޓީ ސަރުކާރު ކޯލިޝަނަށް ލިބިއްޖެނަމަ އަތޮޅުގައި އޮތް އެންމެ ނިކަމެތި ރަށަކަށް އިހަވަންދޫ ބަދަލުވެެން ދާނެއެވެ.

– 17 މާރިޗު 2014 4

އެކަމު ސަރުކާރު އޮށް އިރު އެމް ޑީ ޕީ ނުކުރެވުން ތަރަށްޤީއެއް ދެން އެމް ޑީ ޕީ އަކަށްވެސް އިހަވަންދޫ އަކަށް ނުކުރެވޭނެ. ތަރައްޤީ ބޭނުންނަމަ ސަރުކާރު މެންބަރެއް ހުރުން މުހިއްމު

– 18 މާރިޗު 2014 1

ކަލޭމެން ހީކުރީ ކަލޭމެން ބޭނުންހެން ސަރުކާަރުން ކަންތަ ކުރާަނެކަމަށްދޯ

– 19 މާރިޗު 2014 0

އެއަރޕޯރޓް ހޯރަފުށީގައި އެޅުން އެއްމެ ރަނގަޅީ، އަދި ހޯރަފުށީގެ ބިން ހިއްކުމަށްފަހު 1000 ހައުސިންގ ޔުނިޓް އެޅުމަށްފަހު އަތޮޅުގެ ރައްޔިތުންގެ ތެރެއިން ބޭނުންވާ މީހުން ފުރުުސަތު ހުޅުވާލަންވީ މިގޮތަށް އެކިފިޔަވަހި ތަކަށް ބަހާލައިގެން 10000 ހައުސިންގ ޔުނިޓް އަޅާ ހުޅުމާލެ ގޮތަށް ޑިވޮލްޕް ކުރަންވީ އިސާހިތަކު އޭރުން ތަރަށްގީ ވެދާނެ

– 28 މާރިޗު 2014 0