ކުރީގެ ރައީސް ނަޝީދު އިހަވަންދޫއަށް ވަޑައިގެންފި

10 މާރިޗު 2014 2

ކުރީގެ ރައީސް ނަޝީދު އިހަވަންދޫއަށް ވަޑައިގެންފިއެވެ. އިއްޔަ ހަވީރު 4:30 ހުގައި އެބޭފުޅާ އިހަވަންދޫއަށް ވަޑައިގެންނެވިއިރު މަރުހަބާ ދެންނެވުމަށް ގިނަބަޔަކު އަތިމައްޗަށް އެއްވެ ތިއްބެވެ. އެބޭފުޅާ އިހަވަންދޫއަށް ވަޑައިގެން ފިނިމާޒާނުގައިވަނީ ޖަލްސާއެއް ބާއްވާފައެވެ.

އެޖަލްސާގައި ވާހަކަ ދައްކަވުން އެމަނިކުފާނުވަނީ ދިވެހިރާއްޖޭގެ ޖުޑިޝަރީއަށާއި ބައެއް ރިސޯޓް އޯނަރުންނަށް ވަރަށްބޮޑަށް ފާޑު ކިޔާފައެވެ. އެއްވެސް މުވައްޒަފަކާއި މެދު ނާއިންސާފުން ކަމެއްކޮށްފިނަމަ ހުރިހާއެންމެންވެސް އެމުވައްޒިފެއްގެ ދިފާއުގައި ތެދުވުމަށް އެބޭފުޅާ ގޮވާލެއްވިއެވެ. އަދި އެބޭފުޅާގެ ވާހަކާގައި ކައުންސިލްތަކަށް ބާރު ހޯދާދިނުމާއި ގުޅޭގޮތުން ވާހަކަދެއްކެވިއެވެ.

އިހަވަންދޫއަށްކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު އެބޭފުޅާވަނީ ރޭ އިރާކޮޅު އިހަވަންދޫން ފުރާފައެވެ.

މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަޤުރިބު ނަމާދަށް ބަންގި ގޮވަން ކައިރިވީމަ އަވަށް އަވަހަށް ފުރައިގެން ދިޔައީ ދޯ؟ ލާދީނީ ރައީސް

– 10 މާރިޗު 2014 2

ފަސައަހަރު ނުވިކަމެއް ކުރަން ދެން ވަގުތު ބޭނުމޭ ބުނުމަކީ އިއްޒަތްތެރި މެންބަރުގެ ދޮގޮހެދުމާއި މަކަރާއި ހިލަތުގެ އެއްމެ ފުރިހަމަ އެއްސިފަ

– 10 މާރިޗު 2014 3