މަޖިލިސް ޕޯލް: ހަނިގޮތަކަށް ކުރީގައި މަތީން!

7 މާރިޗު 2014 6

އަންނަ މާރިޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް، ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިހަވަންދޫޑޮޓްކޮމްގެ ކިޔުންތެރިންގެ ތާޢިދު އޮތް ކެނޑިޑޭޓެއް ބެލުމުގެ ބޭނުމުގައި އިހަވަންދޫޑޮޓްކޮމްގެ ފަރާތުން ހުޅުވާލާފައިވާ ޕޯލްގައި މިއަދުގެ 19:15 އާއި ހަމައަށް  ވޯޓްދީފައިވާ ގޮތަށް ބަލާއިރު ހަނިގޮތަކަށް ކުރީގައި އުޅެނީ މާތީންއެވެ. މިމަހުގެ 25 ވަނަދުވަހު ހުޅުވާލި މިޕޯލްގައި މިހާތަނަށް މަތީންވަނީ 136 ވޯޓް ހޯދާފައެވެ. މިޕޯލް ހުޅުވާލުމަށްފަހު ހަފުތާގެ ކޮންމެ ހުކުރަކު ޕޯލްގެ ނަތީޖާ އާމުކުރަމުންދާއިރު، މިދިޔަ ހަފުތާގެ ނަތީޖާގައިވެސް ކުރީގައިއޮތީ މަތީންއެވެ.

މަތީންގެ ފަހަތުން ދެވަނާގައި 134 ވޯޓާއިއެކު އޮތީ މުޙައްމަދު ޢަބްދުﷲއެވެ. މިދިޔަ ހަފުތާގައި ދެވަނާގައި އޮތް އަޙުމަދު ޢަބްދުﷲ އަށް 127 ވޯޓް ލިބިފައިވާއިރު، އަޙްމަދު ޝާފިޢުއަށް ލިބިފައިވަނީ 30 ވޯޓެވެ.

މާޗް މަހުގެ 20 ވަނަދުވާހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިޕޯލްއަށް މިހާތަނަށް 427 ފަރާތަކުން ވޯޓްދީފައިވެއެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް މިނޫހުން ކުރިޔަށްގެންދިޔަ ޕޯލްއާއި ހިލާފަށް މިފަހަރުގެ ޕޯލް ކުރިޔަށް ގެންދަނީ ފޭސްބުކް މެދުވެރިކޮށެވެ. އެގޮތުން މިފަހަރުގެ ޕޯލްއަށް، ކޮންމެ ފޭސްބުކް ޔޫސަރ އެކައުންޓަކުންވެސް ވޯޓްދެވޭނީ އެއްފަހަރުއެވެ. މިނޫހުގެ ފޭސްބުކް ޕޭޖަށް ލައިކް ކުރައްވާފައި ނުވާ ފަރާތްތަކުން ޕޯލްއަށް ވާސިލްވޭނީ، މިނޫހުގެ ފޭސްބުކް ޕޭޖަށް ލައިކް ކުރެއްވުމުންނެވެ.

މަޖިލިސް ޕޯލްގެ އެޑްރެހަކީ: www.ihavandhoo.com/poll އެވެ. ކޮންމެ ބޭފުޅަކަށްވެސް މިޕޯލްއަށް ސިއްރުވޯޓެއްލުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުންހިފާނެކަމަށް އުއްމީދުކުރަމެވެ.

މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝާފިއު މިރޭހުން ކުރި ނުހޯދޭނެކަން އެނގިހުރެ އަވަހަށް ކޮންމެވެސް ކެންޑިޑޭޓަކަށް ތާޢިދު ކުރުމަށް ފެނޭ.

– 7 މާރިޗު 2014 1

ސައްހަ އެއް ނޫުން...އޮޅުވާޅި ވޯޓު

– 9 މާރިޗު 2014 3

ތި ފޭކް ވޯޓްން މަތީން ކުރީގައި އުލެނީ.... ތަކަންދޫ ވިން ކުރާނީ....

– 11 މާރިޗު 2014 2

އެއީ ފޭކެއްނޫން މިފަހަރު ހަމަމަތީން ިރާދަ ކުރެއްވީޔާ

– 11 މާރިޗު 2014 0

އަދިވެސް ޕޯލް މުއްދަތު ހަމަ ނުވޭތަ؟

– 20 މާރިޗު 2014 0

ޕޯލް ނަތީޖާ ކޮބާ؟

– 21 މާރިޗު 2014 0