[HEADER BANNER]
[AD]

މަޖިލިސް ޕޯލް: ކުރީގައި މަތީން!

28 ފެބުރުއަރީ 2014 4

އަންނަ މާރިޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް، ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިހަވަންދޫޑޮޓްކޮމްގެ ކިޔުންތެރިންގެ ތާޢިދު އޮތް ކެނޑިޑޭޓެއް ބެލުމުގެ ބޭނުމުގައި އިހަވަންދޫޑޮޓްކޮމްގެ ފަރާތުން ހުޅުވާލާފައިވާ ޕޯލްގައި މިހާތަނަށް ވޯޓްދީފައިވާ ގޮތަށް ބަލާއިރު ކުރީގައި އުޅެނީ މާތީންއެވެ. މަމަހުގެ 25 ވަނަދުވަހު ހުޅުވާލި މިޕޯލްގައި މިހާތަނަށް މަތީންވަނީ 112 ވޯޓް ހޯދާފައެވެ.

މަތީންގެ ފަހަތުން ދެވަނާގައި 104 ވޯޓާއިއެކު އޮތީ އަޙްމަދު ޢަބްދުﷲއެވެ. މުޙައްމަދު ޢަބްދުﷲ އަށް 47 ވޯޓް ލިބިފައިވާއިރު، އަޙްމަދު ޝާފިޢުއަށް ލިބިފައިވަނީ 23 ވޯޓެވެ.

މާޗް މަހުގެ 20 ވަނަދުވާހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިޕޯލްއަށް މިހާތަނަށް 286 ފަރާތަކުން ވޯޓްދީފައިވެއެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް މިނޫހުން ކުރިޔަށްގެންދިޔަ ޕޯލްއާއި ހިލާފަށް މިފަހަރުގެ ޕޯލް ކުރިޔަށް ގެންދަނީ ފޭސްބުކް މެދުވެރިކޮށެވެ. އެގޮތުން މިފަހަރުގެ ޕޯލްއަށް، ކޮންމެ ފޭސްބުކް ޔޫސަރ އެކައުންޓަކުންވެސް ވޯޓްދެވޭނީ އެއްފަހަރުއެވެ. މިނޫހުގެ ފޭސްބުކް ޕޭޖަށް ލައިކް ކުރައްވާފައި ނުވާ ފަރާތްތަކުން ޕޯލްއަށް ވާސިލްވޭނީ، މިނޫހުގެ ފޭސްބުކް ޕޭޖަށް ލައިކް ކުރެއްވުމުންނެވެ.

މަޖިލިސް ޕޯލްގެ އެޑްރެހަކީ: www.ihavandhoo.com/poll އެވެ. ކޮންމެ ބޭފުޅަކަށްވެސް މިޕޯލްއަށް ސިއްރުވޯޓެއްލުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުންހިފާނެކަމަށް އުއްމީދުކުރަމެވެ.

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކޮބާ ކަމެއްހެން ހީވޭ؟ މަތީންވިލް ވިން ދިސް!

– 1 މާރިޗު 2014 0

މަ އޭރުވެސް ބުނީމެއްނު މަތީނު ކާމިޔާބު ކުރާނޭ. އަސްލު މަތީނު ކެމްޕޭން ކުރަނީ ވަރަށް ސަޅިކޮށް.

– 1 މާރިޗު 2014 1

ހާދަ ހީނުވެޔޭ...

– 1 މާރިޗު 2014 3

އަހުމަދު ކާމިޔާބު ކުރާނީ.... ގެރެންޓީ

– 1 މާރިޗު 2014 1