[HEADER BANNER]
[AD]

މަޖިލިސް ޕޯލްގެ ނަމުގައި އިހަވަންދޫޑޮޓްކޮމް އިން ޕޯލްއެއް ހުޅުވާލައިފި

25 ފެބުރުއަރީ 2014 10

އަންނަ މާރިޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް، ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިހަވަންދޫޑޮޓްކޮމްގެ ކިޔުންތެރިންގެ ތާޢިދު އޮތް ކެނޑިޑޭޓެއް ބެލުމުގެ ބޭނުމުގައި އިހަވަންދޫޑޮޓްކޮމްގެ ފަރާތުން  ޕޯލްއެއް ހުޅުވާލާފިއެވެ.

މިޕޯލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނުދުވަހުން ފެށިގެން މާޗް މަހުގެ 20 ވަނަދުވާހާ ހަމައަށެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް މިނޫހުން ކުރިޔަށްގެންދިޔަ ޕޯލާއި ހިލާފަށް މިފަހަރުގެ ޕޯލް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޭސްބުކް މެދުވެރިކޮށެވެ. އެގޮތުން މިފަހަރުގެ ޕޯލަށް، ކޮންމެ ފޭސްބުކް ޔޫސަރ އެކައުންޓަކުންވެސް ވޯޓްދެވޭނީ އެއްފަހަރުއެވެ. މިނޫހުގެ ފޭސްބުކް ޕޭޖަށް ލައިކް ކުރައްވާފައި ނުވާ ފަރާތްތަކުން ޕޯލަށް ވާސިލްވޭނީ، މިނޫހުގެ ފޭސްބުކް ޕޭޖަށް ލައިކް ކުރެއްވުމުންނެވެ.

މަޖިލިސް ޕޯލްގެ ނަމުގައި ކުރިޔަށްގެންދާ މިޕޯލްގެ ނަތީޖާ ކޮންމެ ހަފުތާއެއްގެވެސް ހުކުރު ދުވަހު މިނޫހުގައި ޝާއިއުކުރެވޭނެއެވެ. އަދި މަޖިލިސް ޕޯލްގެ ފައިނަލް ނަތީޖާ މާޗް 21 ވާ ހުކުރުދުވަހު މިނޫހުގައި ޝާއިއުކުރެވޭނެއެވެ.

މަޖިލިސް ޕޯލްގެ އެޑްރެހަކީ: www.ihavandhoo.com/poll އެވެ.

ނޯޓް: މަޖްލިސް ޕޯލަށް ކޮންމެ ފޭސްބުކް ޔޫސާއަކަށްވެސް ދެވޭނީ އެއްވޯޓެވެ. ކުރިން މަޖްލިސް ޕޯލަށް ވޯޓް ދީފައިވާ ކޮމްފިއުޓަރަކުން، ވޯޓް ނުދޭ ފޭސްބުކް ޔޫސާއެއް ވޯޓް ދޭން މަސައްކަތް ކޮށްފިނަމަ ފަހަރުގައި ވޯޓްނުދެވޭގޮތް މެދުވެރިވެދާނެއެވެ. އެހެން މެދުވެރިވެއްޖެނަމަ ވެބް ބުރައުސާގެ ކެޗް ކުލިއަރ ކޮށްލާށެވެ. ނުވަތަ އެހެން ވެބް ބުރައުސަރ އެއް ބޭނުންކުރާށެވެ.

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިފަހަރު މުހައްމާ! މިހާރުވެސް މުހައްމާ ކުރީގަ..

– 25 ފެބުރުއަރީ 2014 5

ނުވާނެ ތިހެންނެއް.. މިފަހަރު ހަމަ ޝާފިއު ހޮވާނީ

– 25 ފެބުރުއަރީ 2014 3

ނިކަން ދެލޯޖަހާގެން ބަލާބަލަ! ޝާފިއު މާކުރީގަ. ހެހެ މިފަހަރު ޝާފިއު! މަވެސް ޝާފިއު!

– 25 ފެބުރުއަރީ 2014 4

މުހައްމާ މިއުލެނީކީ ފިލްމު ކުލޭކަށް ނޫނޭ... މުހައްމާ ހިކުރަނީ ދޯ ރާއްޖޭގެ ރައްޔިތުން މަޖިލީސް ބަލާތީވެ ތިމަނަވެސް މަޖިލީހައް ވަދެފަ ވައްތަރު ޖެއްސީމަ ނިމުނީއޭ..... މަޖިލީހަށް އަންނަނީ ފިލުމު ކުލޭކަށް ނޫން... ދިވެހި ރައްޔިތުންއަށް ހިދުމަތް ކުރުމަށް... މުހައްމާ ހީކުރަނީތަ ފިލުމު ކުލުނީމަ އެ ކޮށްދެވެނީ ގައުމަށް ހިދުމަތޭ...

– 25 ފެބުރުއަރީ 2014 2

ލިޔެލާކޮމެންޓަކުން މީހަކަށް ކުރިޔެއް ނުލިބޭނެ. ކުރިލިބޭކަމާއި ކުރިނުލިބޭކަން އެގޭނީ ފަހުން. ވޯޓްގެ ފަހުން. ނިކަން ދެލޯޖަހާގެން ބަލާބަލަ! ޝާފިއު މާކުރީގަ. ހެހެ މިފަހަރު ޝާފިއު! މަވެސް ޝާފިއު! މިއީ ޝާފިއުއަށް ކުރާމަލާމާތެއް ނޫންބާ؟ ( ފުރައްސާރަ ކުރިމީހުންނަށްވުރެ ،ފުރައްސާރަ ކުރެވުނު މީހުން މާހެޔޮކަން ބޮޑުބައެއްކަމުގައި ވެދާނެ.)

– 25 ފެބުރުއަރީ 2014 1

މަތީން ވިލް ވިންދިސް

– 25 ފެބުރުއަރީ 2014 0

ހަގީގަތުގައިވެސް މިއީ ވަރަށް ސީރިއަސްކޮށް ވިސްނާ ފިކުރު ކުރަންޖެހޭ ކަމެއް. ޖަޒުބާތުގައި ޖެހި ވާހަކަތައް ދައްކާއިރު، ކޮންމެ މީހަކުވެސް މިކަމާ މެދު ވިސްނާލަން އެންމެ5 މިނިޓް ހޭދަކޮށްލަބަލަ. މިއުޅެނީ ކިހިނެއްވެގެންތޯ؟ ކުރަންބޭނުންވަނީ ކޮންކަމެއްތޯ؟ މިއީ ކިހާވރެއްގެ ކޮންފަދަ ކަމެއްތޯ؟ މިކަން ކުރަންތިބެންވާނީ ކޮންވިސްނުމެއްގެ ޚިޔާލާ ފިކުރުގެ ގޮތުން ކުފޫހަމަވާ، މިފަދަ ކަމަކަށް އެކަށޭނަ ވިސްނުން ތަކެއްގެ ވެރިބައެއްތޯ؟ މިއަދުގެ ހާލަތާ އިއްޔގެ ހާލަތު؟ ކުރިމަގުގެ ހާލަތު ބައްޓަންކުރަންވީ ކިހިނެއް ކަން؟ މިހުންނަނީ ޢިލްމީ، މައުނަވީ ގޮތުން ވިސްނަން ޖެހޭކަންތައްތްއް؟ ހަމަ އެފަދައިން މަޖިލީހުގެ ހާލަތު؟ އެކަން އެހެންވީ ކީއްވެގެންތޯ؟ އެއީ އެކަން އޮންނަންވީ ގޮތްތޯ. މިހިރީ ހައްތާވެސް ވިސްނާ ފިކުރު ކުރަންޖެހޭ ކަންތައްތައް. ޖަޒުބާތުގެ ވިސްނުން އެއްފަރާތް ކުރުމަށްފަހު، ޢިލްމީ ހިލްމީ ވިސްނުމަކުން ވިސްނަންޖެހޭ ކަންތައް؟ މިއަދުގެ ނިންމުމުގެ ސަބަބުން މާދަމާގެ ހާލަތަށް އަންނާނީ ކޮންކަހަލަ ބަދަލެއްތޯ؟ މިއީ ރައްޔިތުން ވިސްނަން ޖެހޭ ކަންތައް؟ ވަގުތީފައިދާއަށް ނުވިސްނާ، ދާއިމީ ކޮށް އެންމެންގެ ފައިދާ ލާބަޔަށް ވިސްނުމަކީ ބުއްދިވެރިންގެ ގޮތް؟ ހަމަ އެފަދައިން ދައްކާ ވާހަކަ ތަކާ، ޢަމަލާ ދިމާވާ މިންވަރު، ފެންނެތް ބޮޑެތި ކާށި ބިންނައިރު އެކަމުގެ އަސްލު ހަގީގަތް؟ ކޮބާތޯ ދެއްކި ވާހަކަތަކާ ކުރި އިންތިޒާރު؟ އަވީގައި މަޑުކުރިކުރިން؟ ކަންތައް ވީ ކިހިނެއްކަން؟ މިއީ އަދުގެ ހަގީގަތް، ކަންތައްތައް ހަޖަމް ކުރަން ދަސްކުރުމަކީ ކުފޫހަމަވާ މީހުންގެ ރަނގަޅު ސިފައެއް.

– 25 ފެބުރުއަރީ 2014 1

މަތީނު އިންތިޙާބު ކާމިޔާބު ކޮއްފި ކަމަށް ބެލެވޭ. މަތީން ގެ ޤާބިލިޔަތުކަމުން އެތަށް ބަޔަކު ދަނީ މަތީން އަށް ބައިޔަތު ހިފަމުން ކަމަށް ޙަބަރު ލިބޭ!

– 26 ފެބުރުއަރީ 2014 0

ހުރިހާ ބޭފުޅުންވެސް ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ދެއްވާ.

– 27 ފެބުރުއަރީ 2014 1

މަތީން އަތުގަ ޑިޕޮލޮމާއެއް އޮވެގެންނުން މާސްޓާސްވެސް އޮންނާނީ . ކޮުންތާކުންބާ މީނަ މާސްޓާޒް ހެދީ... ސާބިތުކޮށްދެއްވާ އިނގޭ މީހަކު

– 28 ފެބުރުއަރީ 2014 0