ޝާފިޢު އާއި ދެކޮޅަށް އެންޓި ކެމްޕޭން ކުރަމުން ދާކަމަށް ބުނެ އެކަން ކުއްވެރިކޮށްފި

22 ފެބުރުއަރީ 2014 58

ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ކުރިމަތި ލައްވާފައިވާ އަލްއުސްތާޛު އަޙްމަދު ޝާފިއުގެ ސަޕޯޓަރުންގެ ހިތްވަރު އެލުވާލުމަށާއި، ހިތްމަރާލުމަށް އިދިކޮޅު ފަރާތްތަކުން ތަފާތު ހަބަރުތައް ފަތުރަމުންދާ ކަމަށް ބުނެ އެކަން ޝާފިޢުގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފިއެވެ.

ޝާފިޢުގެ ކެމްޕޭން އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ ދާއިރާއަށް އަލްއުސްތާޛު އަޙަމދަު ޝާފިޢު ކުރިމަތިލައްވާފައި ވަނީ ދާއިރާގެ  ރައްޔިޔތުންގެ ޝުޢޫރުތަކާއި އިޙްސާސްތައް ރަނގަޅަށް ދެނެހުރެގެން ކަމަށާއި ދާއިރާއަށް ލިބެންޖެހޭ ކުރިއެރުންތައް އެނގިހުރެ، އެކަންތައްތައް ހޯދާ ދިނުމަށް ހިތްވަރާ އަޒުމާއެކު، ރައްޔިތުންގެ ލާބަޔާއި މަންފާއަށް، މަސައްކަތް ކުރުމަށް އަތުކުރި އޮޅާލައިގެން ކަމަށެވެ.

އަދި ޝާފިޢުއާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ އެންޓިކެމްޕޭންގެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށާއި މިފަދަ ވާހަކަތައް ނުދެއްކުމަށްވެސް އެނޫސްބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

އަޙުމަދު ޝާފިޢުގެ އެޖެންޓު، އަޙުމަދު ޢާޞިމް ސޮއިކޮށް ނެރެފައިވާ ނޫސްބަޔާނުގައި އިތުރަށް ވަނީ  ޝާފިޢުއަކީ ކޮންމެ މީހަކާވެސް ވާހަކަދައްކާ އެއްމޭޒް ދޮށުން ކައިބޮއި އެއްއޮޑިއެއްގައި ދަތުރުކޮށް އެކުވެރިކަމާއެކު އުޅެން ދަންނަ މީހެއް ކަމަށާއި އިދިކޮޅުފަރާތްތަކުން މިފަދަ ކަންކަމާއި ގުޅުވައިގެން ވާހަކަތައް ދައްކަނީ އެކަމުގެ ނާޖާއިޒު ފައިދާ ނަގަންކަމަށް ބުނެ، ޝާފިޢުގެ ސަޕޯޓަރުންނާއި އެކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން މިކަންކަމށް ވިސްނާތިބެ، ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކޮށް ކާމިޔާބު ކުރެވެން އޮތްހާ މަސައްކަތެއް ކުރުމަށް އެނޫސްބަޔާނުގައި ވަނީ އެދިފައެވެ. ޝާފިޢުގެ ކެމްޕޭން އޮފީހުން މިފަދަ ނޫސްބަޔާނެއް ނެރެފައި މިވަނީ ޝާފިޢު މަސައްކަތް ކުރައްވަނީ މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓަކާއި ގުޅިގެން ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުހައްމާއަކީ އެމްޑީޕީގެ ކެންޑިޑޭޓެއްކަން ފަޅާއެރީމަ ދައްކާވާހަކަ! މުހައްމާއަށް ހަރަދުކުރަނީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތަކުން

– 22 ފެބުރުއަރީ 2014 7

މިލިއުމުގަވެސް އެއޮތީނު އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓޭ. ދެން ކީއްވެތަ ތި ކެމްޕޭން ޓީމުން ގޭގެއަށް ގޮސް އޮޅުވާލަން ތިއުޅެނީ. މައުމޫނު ޕާޓީ (ޕީޕީއެމް) އިން ކުރިމަތި ލާ ކެންޑިޑޭޓެކޭ ޝާފިޢު އަކީ ކިޔާގެން. އޮޅުވާލާގެން ވޯޓު ހޯދުމަށް ނޫޅެ ބަލަ.

– 22 ފެބުރުއަރީ 2014 1

ހެހެ. ތީ ނޫސްބަޔާނެއްތަ؟ ކެމްޕޭން ކުރުމުގެ އައު އުކުޅެއް ދޯ؟

– 22 ފެބުރުއަރީ 2014 0

ލިބޭ ވޯޓު ލިޔުމަށް ތިން އަދަދުވެސް ބޭނުން ނުވާނެކަން އެނގުނީމަ ދައްކާ ވާހަކަ ނިކަން ބަލާބަލަ.

– 22 ފެބުރުއަރީ 2014 0

ޝާފިއު އަކީ ޕީޕީއެމް ކެންޑިޑޭޓޯ އާސިމް މެން ބުނަނި. އާސިމް ބައްލަވާލަބަ ޝާފިއު ގެ މިހާރުގެ ޕާޓީ.

– 22 ފެބުރުއަރީ 2014 1

ހެހެހެ... އެންޓި ކެމްޕޭނޭ....

– 22 ފެބުރުއަރީ 2014 1

ކިތަންމެ ވަރަކަށް ނޫސްބަޔާން ނެރުނަސް އެނގޭ ހަގީގަތަކީ ޝާފިޢު އަކީ އެމްޑީޕީން ނެރެފަހުރި ކެންޑިޑޭޓެއްކަން.

– 22 ފެބުރުއަރީ 2014 2

ޝާފިއު ގެ ކެމްޕެއިން ޓީމަށް ވޯޓު ހޯދަން ދާން އިނގެނި ހަމައެކަނި ކޯލިޝަން ސަރުކާރަށް ތާއިދުކުރާ ރައްޔިތުންގެ ގާތަށް އެކަނި.

– 22 ފެބުރުއަރީ 2014 1

ރައްޔިތުންނޭ ނިކަން ވިސްނާލަ ބަލަ. ޝާފިއު މަސައްކަތް ކުރަނީ މިވެނި މީހަކާ ގުޅިގެންނޭ ކިޔާ އަޑު ފަތުރަނީ އެމްޑީޕީގެ ސަޕޯޓަރުން. ބޭނުމަކީ ކޮބާ؟؟ ރަނގަޅަށް ވިސްނަވާ. މަގޭ ކާރިއަށް އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދަން އާ މީހަކު ބުނަނީ، މަ ލާ ވޯޓު ބޭކާރު ނުވާނީ ހަމައެކަނި އަހުމަދަށް ލީމައޭ. ދެން ތިބީ ހޮވޭނެ ކަމުގެ އުންމީދު ނެތް ބައެކޭ. ޝާފިއުވެސް މިހާރު އުޅެނީ މުހައްމާ އާ ގުޅިގެންނޭ. އަސްލު 3 ކެންޑިޑޭޓުންނޭ މިހާރު މިތިބީ...

– 22 ފެބުރުއަރީ 2014 3

ތި ކޮންތާކު ހުރި އޮފީހަކުން ނެރުނު ނޫސް ބަޔާނެއް. ޝާފިއު ގެ މަސައްކަތަކީ ކޯލިޝަންގެ މެމްބަރުންގެ ވޯޓު ބައިބައި ކުރުން.

– 22 ފެބުރުއަރީ 2014 1

އާސިމް ވާހަކަ ނުދައްކާ ރީއްޗައް ހުރުމަށް ދަންނަވަން. އަހަރެމެންނަށް ހަޤިޤަތް އެބަ އެނގޭ. އިތުރަށް ބޭޒާރުވާން މޮޅެތި ނޫސް ބަޔާންތައް ނުނެރުނިއްޔާ ރަނގަޅުވާނި. އެންމެ ވަރުގަދައަށް އެންޓި ކެމްޕެއިން ކުރައްވަނީ ތި އާސިމް. ތިބުނާ އުސްތާޛު ކެންޑިޑޭޓް ގެ ދެފުށް ދެގޮތް ސަޕޯޓަރުން. އެހެން ބުނަން ޖެހޭ ސަބަބު ތައް ބައިވަރު. އެހެނީ ކޯލިޝަންގެ ޕީޕީއެމް މެމްބަރުން ގާތަށް ގޮސް ޝާފިއު އަކީ ޕީޕީއެމް ކެންޑިޑޭޓޭ ކިޔައިގެން ވާހަކަ ދައްކާއިރު ލަދު ކޮބާ؟ ޕީ.ޕީ އެމްގަ އާސިމްގެ އެއްވެސް ހައިސިއްޔަތެއް ނޯންނާ ވަގައް ގޮފިހަދައިގެން މީހުންނަމުގަ ސޮއި ކުރީ ހަމ ތި އާސިމްމެން........

– 22 ފެބުރުއަރީ 2014 1

ނޝާފިއު ގެ ކެމްޕެއިން ޓީމަށް ވޯޓު ހޯދަން ދާން އިނގެނި ހަމައެކަނި ކޯލިޝަން ސަރުކާރަށް ތާއިދުކުރާ ރައްޔިތުންގެ ގާތަށް އެކަނި. ނިކަން ވިސްނާލަބަލަ މިވާގޮތަކާ މެދު

– 22 ފެބުރުއަރީ 2014 1

އެމްޑީޕީގެ ކެންޑިޑޭޓް އިނގޭނެ ހަރަދުކުރަނީ ކާކުތޯ ބަލާލީމަ. މުހައްމާއަށް ޑިފެންސް ނާޒިމް ދިނީ 50000 ރުފިޔާ! ބުރުމާ 5 ލައްކަ! ޖަލުގަހުންނެވި ލޮލީޖާބިރު 9 ލައްކަ! ހޫއިސް އެމްޑީޕީ ނައު؟

– 22 ފެބުރުއަރީ 2014 2

އާސިމް މެން އެހެންމީހުންނަށް އެންޓި ކެންޕޭން ކުރާތީ ހީވާނެ ތިހެން.... ޝާފިއުއަށް ކިހާ ވައެއްބާ ދިނީ.....

– 22 ފެބުރުއަރީ 2014 1

ޝާފިޢު އަށް ލާ ކޮންމެ ވޯޓަކީ ތަކަންދޫ އަޙްމަދަށް ލާ ދެ ވޯޓުކަން ހަނދާން ބަހައްޓައްޗެ.

– 22 ފެބުރުއަރީ 2014 1

ހުރިހާވެސް މައްސަލައަކީ ނުކިޔަވާހުރި މީހަކަށް ޖޭޕީގެ ޓިކެޓް ތަބަކަކަށްލާފަ ދިނުން. އެހެންވީމާ ޕީޕީއެމް މީހުން ވޯޓްދޭނީ ޕީޕީއެމް ކެންޑިޑޭޓަށް.. ވޯޓް ޝާފިއު

– 22 ފެބުރުއަރީ 2014 5

އަޙްމަދު އާސިމް އަށާއި ޝާފިއު އަށް ދަންނަވަން ވަގުތު ފާއިތުވުމުގެ ކުރިން ހެދުނު ބޮޑު ގޯސް ރަނގަޅުކުރަން. އަވަހަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ.

– 22 ފެބުރުއަރީ 2014 1

ޝާފިއުއަށް ލިބޭނެކަމަށް ބެލެވެނީ 99 ވޯޓް. އެއީ މެކްސިމަމް. މާލެކޮޅުން 15 ވޯޓް. ޝާފިއުގޯތިން 10 ވޯޓް. އަރީބް ގޯތިން 10 ވޯޓް. ރައްޓެހިންނާ ރަހްމަތްތެރިންނާ، ނުވިސްނޭ މީހުންދޭ 55 ވޯޓް. އާސިމް ގޯތިން 4 ވޯޓް. ޅޮސްމާގޭން 5 ވޯޓް.

– 22 ފެބުރުއަރީ 2014 1

ބަލަ ތަބަކަކަށް ލައިފަ ޓިކެޓެއް ނުދޭ އިނގޭތޯ... ތަންދޮރު ފިލާ ތިބެ ވާހަކަ ދައްކަބަލަ..

– 22 ފެބުރުއަރީ 2014 0

ކިތަންމެ ޖޭއެއްވިއަސް މިފަހަރު ހޮވާނީ ޝާފިއު... ބަލަންތިބޭ.. މުހައްމާޖެހޭނީ ކުޑަކަކޫ ޖަހަން

– 22 ފެބުރުއަރީ 2014 5

ކަލޭމެން ހާދަބިރުގަނެޔޭ ޝާފިއުދެކެ! ކޮބާތަ މަތީން އޭނަ ނުކުތީމަ އޯކޭ. މިކަމުންވެސް ދޭހަވަނީ ޝާފިއުގެ ވަރުގަދަކަން

– 22 ފެބުރުއަރީ 2014 5

އާސިމް އެންމެންނަން އިގި ބާސިމަކަށް ވެއްޖެ.......

– 22 ފެބުރުއަރީ 2014 1

ޝާފިއު އެއުޅޭ ވައްތަރަކަށް ޕީޕީއެމް ކެންޑިޑޭޓް ހެދިގެން މަތީނު އެއް ނޫޅެޔޭ.... އަމިއްލަޔަށް ޕީޕީއެމް ކެންޑިޑޭޓް ހެދިގެން އުޅެނީ ކޮން ހައިސިއްޔަތަކުންތޯ ސާފުކުރަން ބޭނުން. އަހަރެމެންވެސް މީ ޕީޕީއެމް މެމްބަރުން... މަތީނު އައިސް ނުބުނޭ މީ ޕީޕީއެމް ކެންޑިޑޭޓޭ ވޯޓު ދޭށެކޭ.. އެކަމު ޝާފިއު އަށް ވޯޓު ހޯދަން އައިސް ވިއްކަނި އެއީ ޕީޕީއެމް ކެންޑިޑޭޓް ކަމަށް ބުނެ.. ޕީޕީއެމް މެންބަރުންނަށް ނޭނގި ޕީޕީއެމް ކެންޑިޑޭޓަށް ވެގަނެގެން ތި އުޅެނީ....

– 22 ފެބުރުއަރީ 2014 2

ޝާފިއުއަށް ލިބޭ ވޯޓް ތިން އަދަދަށްވެސް ނާރާނެ! އާސިމް ސިޔާސީގޮތުން ބާސިމަކަށްވެއްޖެ..........

– 22 ފެބުރުއަރީ 2014 0

ރޯޅިން ޖެހޭވައި ، އޭގެ ފިނިކަން އެނގިއްޖެޔޭ.

– 22 ފެބުރުއަރީ 2014 1

ކަލޭމެން ދެފުއްދެގޮތްވަރު ބަލާބަލަ! ރިޔާސީ އިންތިހާބުގަ ބުނީ ލާދީނީ ކެންޑިޑޭޓަށް ވޯޓްނުދޭށޭ! މިހާރު ލާދީނީ ކެންޑިޑޭޓެއް ގޮވާގެން.. އަމިއްލަ ނަފުސައްވެސް ހުތުރު. ވޯޓް ޝާފިއު..

– 22 ފެބުރުއަރީ 2014 3

ތިފަދަ މީހުންނަށް ކިޔަނީ ދެފުއްދެގޮތް ސިޔާސީ މީހުންނޭ. ދެބޯގެރި

– 22 ފެބުރުއަރީ 2014 0

ކަލޯ ކޮމެންޓެކޭ ދޯ މިޚަބަރަށް މިލިބެނީ...

– 22 ފެބުރުއަރީ 2014 0

މިހާވަރަށް ކޮމެންޓް ނުކޮށްބަލަ. ކޮމެންޓްތަކެއް ނުވެއް ކިޔެޔޭ.

– 22 ފެބުރުއަރީ 2014 0

ހަފުތާޔަކު އެއްފަހަރު ދާއިރާގެ ރަށްތަކަށް.. ދެންމަ ހީހީ ހަލާކު.

– 22 ފެބުރުއަރީ 2014 1

ލާދީނީ މީހާ އެނގޭނެ. ޝާފިއުކާރީ އަހާލީމާ...

– 22 ފެބުރުއަރީ 2014 1

މިފަހަރު މުހައްމާ

– 22 ފެބުރުއަރީ 2014 0

ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހެއް އޮތުން މުހިންމު: ރައީސް.......

– 22 ފެބުރުއަރީ 2014 0

މިމީހުނަށް ކެމްޕޭން ޕޯސްޓަރުގެ އަދާލަތު ޕާޓީގެ ލޯގޯޖެހޭ! ދެރަނުވޭ! އަހަރެމެންވެސް ކިޔާނީ ޝާފިއުއަކީ ޕީޕީއެމް ކެޑިޑޭޓޭ! ދެރަނުވޭ

– 22 ފެބުރުއަރީ 2014 2

ސަރުކާރު ކޯލިޝަނަށް ގޮނޑިގެއްލިއްޖެޔާ އާސިމް ޖެހޭނެ ޒިންމާވާން

– 22 ފެބުރުއަރީ 2014 2

ޝާފިއުއާ މަތީނުއަށް ދޭ ވޯޓަކީ ބާތިލް ވޯޓް. މިފަހަރު މުޙައްމާ.

– 22 ފެބުރުއަރީ 2014 2

އަދާލަތު ޕާޓީގެ ލޯގޯ ޖެހުމަކުން މައްސަލައެއް ނެތް. އަދާލަތަކީ ކޯލިޝަން އަށް ތާއީދުކުރާ ޕާޓީއެއް. އަދާލަތުން ބުނެފަ އެބައޮތް އަދާލަތުގެ ކެންޑިޑޭޓެއް ވާދަނުކުރާ ދާއިރާއަކަށް ކުރިމަތި ލާފައިވާ ސަރުކާރު ކޯލިޝަން އަށޭ ތާއީދު ކުރާނި. މޮޔަފުޅު ނުވެބަލަ.

– 22 ފެބުރުއަރީ 2014 2

އާސިމް އަކީ ތަކަންދޫ އަހުމަދު އެކުވެރިއެއް ވާތްފަރާތުގަ ސަޅިކަން ބަލާބަލަ

– 22 ފެބުރުއަރީ 2014 0

ޖޯޝުގައި މިހުރީ މުހައްމާ - ރައްޔިތުންނެ ހޮއްވަވާ.

– 22 ފެބުރުއަރީ 2014 1

ކިރުތުބުން ނުފިލާތިބި އާސިމް ކަހަލަ ކުދިން ދައްކާނީ އެހަކަ ހަމަނުޖެހޭ ވާހަކަ އެވެ.

– 22 ފެބުރުއަރީ 2014 0

އާސިމް ސިޔާސީ ގޮތުން އަވަދި!

– 22 ފެބުރުއަރީ 2014 0

މަޖިލިސް މެމްބަރުންނަކީ ދާއިރާ ތަރައްޤީ ކުރަން މަސައްކަތް ކުރަންޖެހޭ، އަދި މަސައްކަތް ކުރެވޭނެވެސް ބައެއްނޫން. މަޖިލިސް މެންބަރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތް ތަކުން ކެމްޕޭނުގައި ހައްދަވަނީ ހުސްދޮގު.

– 22 ފެބުރުއަރީ 2014 2

އަޙްމަދު ޢާޞިމް އުންމީދު ހއ.އިހަވަންދޫ ބިރުން ފިލާގެން ތިބެ ކެމެންޓުކުރާ ފަރާތްތަކަށް ކަންކަމުގެ ހަޤީޤަތް ދިނަގަތުމަކީ މީހެއްގެ އަބުރު ކަތިލުމުގެ ކުރިން ކުރުން ވަރަށް މުހިންމު ކަމެއް. އަލްއުސްތާޛު އަޙްމަދު ޝާފިޢުއަކީ ޕީޕީއެން، ޖުމުހުރީ އަދި އެމްޑީޕީގެވެސް ކެނޑިޑޭޓެއް ނޫން. އެއީ އަމިއްލަ ގޮތުން ކުރިމަތިލާފައި ހުރި ކެނޑިޑޭޓެއް. އަދި އަޙްމަދު ޝާފިޢުއަކީ ކޯލިޝަންގެ ވޯޓް ބައިކުރަން އައިސްގެން އުޅޭ ކެނޑިޑޭޓެއްވެސް ނޫން. އަދި ޕާޓީއޭ ކިޔާފަރާތްތަކުން އެންމެ ފަހުން އޭނަ ސޮްއި ކޮށް އެޕާޓީއަކަށް 250 ހާ ފޯމް ފުރާދިނީ ކޮންޕާޓީއަކަށް ތޯބަލާބަލަ.... އަދި އަޅުގަނޑު ވަގަށްގޮތްފެއް ޕާޓީގެ ގޮތްފެއް ހަދާފައި ނުވާނެ ވާހަކަވެސް ދަނނަވާލަން

– 22 ފެބުރުއަރީ 2014 2

އަޙްމަދު ޢާޞިމް އުންމީދު ހއ.އިހަވަންދޫ މޮޔަވެގެން ތިޔައުޅުއްވަނީ ޕީޕީއެމްއިން ކުރިމަތިލާފަވާ އެއްވެސް ކެންޑިޑޭޓެއް މިފަހަރަކު ނެތް. އެހެންވީމަ. ޕާޓީއަށް ކެހިދެނީއެކޭވެސް ނުބުނެވޭނެ.

– 22 ފެބުރުއަރީ 2014 3

ކެމްޕޭނުގަ ތިކަހަލަ އެތައް ދޮގެއް ފެތުރޭނެ. ރާއްޖޭގެ މީހުންނަށް ސިޔާސީ ވާޏް ދަސްވި ގޮތް އެއީ. ދޮގުުހެދުމުން އެއްވަނަ މީހާ އެއީ ސިޔާސީ ގޮތުން އެންމެ މޮޅު، އެންމެ ތާއިދު ބޮޑު މީހާ ކަމަށް ވެފަ އޮންނަނީ. ނިކަން ބަލާބަލ ރައީސް ނަޝީދު. މަމިބުނީ ތެދެއްކަން އެނގޭނެ އޭނަޔަށް އެއޮތް ތާއިދު ފެނުނު މީހަކަށް.

– 22 ފެބުރުއަރީ 2014 0

ހޮވޭނީ ޝާފިއު. މުހައްމާ ކެންޕެއިން ގުރުޕަށް ހަޖަމު ނުވަނީ!

– 22 ފެބުރުއަރީ 2014 5

އާސިމް އަވަދި

– 22 ފެބުރުއަރީ 2014 0

އާސިމް އަށް ދަންނަވަން: ޕީޕީއެމް އަށް ކެހިދިންކަމަށްވާނި. އެއީ ޕީޕީއެމް ކޯލިޝަނުން އެބަހުރި ކެންޑިޑޭޓެއް.

– 23 ފެބުރުއަރީ 2014 2

މިފަހަރުވެސް ތަކަންދޫ އަހުމަދު ހޮވޭނީ..... ހަމަޔަގީން %100 މުހަންމާ، ޝާފިއު އަދި މަތީން ފެއިލް ވާނެ ގެރެންޓީ %100

– 23 ފެބުރުއަރީ 2014 2

ކެނޑިޑޭޓް 1 މުހައްމާ 39 ވޯޓް 2 އަހަންމާ 62 ވޯޓް 3 މަތީން 29 ވޯޓް 4 ޝާފިޢު 99 ވޯޓް އޭރުން ހޮވެނީ ޝާފިޢު އިންޝާ ﷲ ހޮވާނީ ހަމަ ޝާފިޢު، އެންމެންވެސް ޝާފިޢު، ގިނަމީހުން ޝާފިޢު، )އަރީބް ކޮއްކޮ ---ޝަޙްދާން

– 24 ފެބުރުއަރީ 2014 0

މުހައްމާ ބުނީ ކިޔަވާ ކުދިންނަވެސް 1،0000 ރުފިޔާ(މިކަން ބަހުސްގަ ތަފްސީލް ނުދެވުނިއްޔޯ.) އަދި މުސްކުލިންނަށް ވެސް 10000 ރުފިޔާ ދޭނަމޯ... ހަސަން ޝަހްދާން -(އަރީބް ކޮއްކޮ)-

– 24 ފެބުރުއަރީ 2014 1

މުހައްމާ ތީ އަބަދުވެސް ފެއިލްވެފާވާ މީހެއް... މިފަހަރުވެސް ވާނީ ފެއިލް...

– 24 ފެބުރުއަރީ 2014 1

ތި އާސިމަކީ ޝާފިއުއަށް ވޯޓްނުދިނުމަށް އެންމެ ބޮޑަށް ގޮވަމުން ދުވާމީހާ.. އެހެންވީމާ އެންމެބޮޑަށް އެންޓިކެމްޕޭނު މިޖައްސަނީ މިކަލޭގެ... ޝާފިއު ކަލޭ ހޭވެރިވެގެން ހުންނާތި.. ތިކެންޕޭނު މެނޭޖަރަކަށް ނެގިފައިތިހުރީ ޝާފިއުގެ ދުޝްމަނެއް.. ހެހޭ ތީހަމަ ތަރަ އާސިމް.......

– 25 ފެބުރުއަރީ 2014 1

ަޢާސިމް އަކީ ދުޝްމަނަކު ކަމުގަ ދެކެނީ ހަމަ އެކަނި މުހައްމާ.... އެއީ އާއިލީ ގުޅުން ބަދަހިކުރަން ނޭނގެޭ މީީހެއް..... އެކަމަކު ޝާފިޢު އެއް ދުވަހަކުވެސް ނުދެ ކޭނެ އާސިމް އަކީ ދުޝްމަނެއް ކަމުގައެއް އަދި އާސިމް އަށް އިތުބާރު ވެސް ކުރޭ... އެހެންވެ ކެމްޕެއިން މެނޭޖަރަކަށް ވެސް ހެދީ....މުހައްމާއަށާ މުހައްމާއައް ތާއިދު ކުރާ މީހުންނަށް ހަޖަމު ނުވެގެން ތިއުޅެނީ.....

– 26 ފެބުރުއަރީ 2014 0

ޝާފިއު އާކީ ޕީޕއެމް ގެ ކެންޑިޑޭޓް

– 26 ފެބުރުއަރީ 2014 0

ތިހާ ކޮމެންޓު ކުރާ ހިތުން އުލޭމިހަކު ވިއްޔާ ނިކަން ކެރިގެން ތިކުރާ އެންޓި ކެންމެއިންއެވެސް ކޮއްބަލަ.... އެވެސް އެ ކޮމެންޓު ކުރާމީހާގެ ނަންޖަހާގެ ކޮމެންޓުގައި ----------ހަސަން ޝަހްދާން(އަރީބު ކޮއްކޮ)----------

– 26 ފެބުރުއަރީ 2014 0

ރައީސް މައުމޫންގެ ތާއިދު އޮތީ ޝާފިޢުއަށް.. ވޯޓް ޝާފިޢު...

– 26 ފެބުރުއަރީ 2014 0

ސަރުކާރާއި، ރައީސް މައުމޫނުގެ ތާއީދު އޮތީ ކާކަށްކަން މީހަކު ކިޔާދޭކަށް ނުޖެހޭނެ. ބުއްދި ހުރި ކޮންމެ މީހަކުވެސް ދެލޯ ހުޅުވާ ރަނގަޅަށް ބަލާ، ސިނކުނޑިން ވިސްނާލީމަ އެނގޭނެ ތާއީދު އޮތީ ކާކަށްކަން؟ ކީއްވެގެން ކަން؟ މީހުން ހައްދާނެ ކަމެއްނެތް. ހަގީގަތަކީ ހަމައެއީ.

– 27 ފެބުރުއަރީ 2014 0