އިހަވަންދޫ ދާއިރާ އިން ވޯޓު ލުމުގެ ހައްޤު ލިބިފައިވަނީ 2838 މީހުންނަށް

19 ފެބުރުއަރީ 2014 0

ލޯކަލް ކައުންސިލް އިންތިހާބުަގއި އިހަަވަންދޫގެ ދެނަންބަރު ފޮއްޓަށް މީހަކު ވޯޓު ލަނީ. ފޮޓޯ: މުޙައްމަދު އަކުރަމް

އަންން މާރިޗު 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއިން ވޯޓު ލުމުގެ ހައްޤު ލިބިފައި ވަނީ ޖުމުލަ 2838 މީހުންނަށެވެ.

އިހަވަންދޫ ދާއިރާގައި ހިމެނޭ އިހަވަންދޫ، މޮޅަދޫ އަދި މާރަންދޫގެ ތެރެއިން ވޯޓު ލުމުގެ ހައްޤު ލިބިފައިވާ 1940 މީހުން އިހަވަންދޫ ގައި ތިބިއިރު، މޮޅަދޫގައި ތިބީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ 273 މީހުން ނެވެ. އަދި މާރަންދޫއިން މިއިންތިހާބުގައި ވޯޓުލުމުގެ ހައްޤުލިބިފައި ވަނީ 625 މީހުން ނަށެވެ.

އިހަވަންދޫ ދާއިރާގެ ރަށްތަކުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ މަޢުލޫމާތު އިއްޔެ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާގޮތަށް ބަލާއިރު މިއިންތިހާބުގައިވެސް އިހަވަންދޫ ގައި ވޮޓުލުމަށްޓަކައި 2 މަރުކަޒު ހުންނާނެ ކަމަށް ވެއެވެ. އަދި މާރަންދުއާއި މޮޅާދޫގައި ހުންނާނީ އެންމެ މަރުކަޒެކެވެ.

3 ރަށުގައިވެސް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެރަށްތަކުގެ ސުކޫލު ތަކުގައެވެ.  

މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ