މަޖިލީހުގެ އިންތިހާބުގައި ވޯޓްލާން ރީރެޖިސްޓްރީކުރުމަށް ހުޅުވާލައިފި

17 ފެބުރުއަރީ 2014 0

އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް  ބޭނުންވާ ފަރާތްތަކުން ރީރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރީރެޖިސްޓްރީ ވުމަށް މާދަމާއިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ. އެގޮތުން ރިރެޖިސްޓްރީކުރުމުގެ ފޯމް މާލޭގައި ބަލައިގަންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 22:00 އަށް ކަމަށާއި ރަށްރަށުގައި ފޯމް ބަލައިގަންނާނީ ހެނދުނު 9:00 އިން 15:00 އަށް ކަމަށްވެސް އެއިއުލާނުގައި ބުނެފައި ވެއެވެ.

ހުކުރު ދުވަހު ފޯމް ބަލައިގަތުން މެންދުރު ފަހު 14:30 އިން ރޭގަނޑު 22:00 އަށް ކުރިއަށްދާނެ ކަމަށްވެސް އިލެކްޝަންސްގެ އިއުލާނުގައި ބުނެފައި ވެއެވެ. އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ރީރެޖިސްޓްރީ ކުރުމަށް އެކަކަށް އެންމެ ގިނައިން ހުށަހެޅޭނީ 10 މީހުންގެ ފޯމް ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީތަކާއި ރިސޯޓުތަކުން ނުވަތަ އެފަދަ އެހެން ތަނަކުން ޒިންމާވާ ގޮތަށް، ފަހަރަކު 50 ފޯމް ހުށަހެޅޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މާދަމާއިން ފެށިގެން ރިރެޖިސް ޓްރީވުމުގެ ފުރުސަތު ހުޅުވާލައިފާވާއިރު އިންތިހާބުގައި ވޯޓްނެގުމާއި ވޯޓްގުނުމުގެ ކަންތައް އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރުމަށް އެދުމުގެ ފުރުސަތު، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން މިއަދުވަނީ އިތުރު ކޮށްފައެވެ.

މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ