ޒުވާނުންގެ ހަރުގޭގެ ފަރާތުން ރަށުގެ މަގުތަކަށް ފެންޖެހުމުގެ މަސައްކަތް ފަށައިފި

2 ފެބުރުއަރީ 2014 4

ފެންޖެހުމުގައި ބޭނުންކުރާ ޕިކަޕަށް ފެން ލޯޑު ކުރަނީ.

ހއ. އިހަވަންދޫ އެމްޑީޕީ ޒުވާނުންގެ ހަރުގޭގެ ފަރާތުން އިސްނަގައިގެން ރަށުގެ ބޮޑެތި މަގުތަކަށް ފެންޖެހުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

އިންތިހާބު ކުރެވުނު ކައުންސިލަރ މޫސާ ޢަބުދުއްލަތީފު އިސްވެ ހުންނަވައިގެން ކުރަމުން މިދާ މަސައްކަތުގައި، މިއަދު ވަނީ ރަށުގެ އަމީނީމަގުގެ ބޮޑު ބަޔަކަށް ފެންޖަހައިފައެވެ.

އިހަވަންދޫޑޮޓްކޮމް އަށް ދެއްވި ބަސްދީ ގަތުމެއްގައި މޫސާ ޢަބުދުއްލަތީފު ވިދާޅުވީ މިމަސައްކަތަކީ އިހަވަންދޫ އެމްޑީޕީ ޒުވާނުންގެ ހަރުގެއިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި، ރާވާފައިވަނީ ރަށުގެ ބޮޑު 3 މަގު ކަމުގައިވާ ރަށުގެ އަމީނީ މަގާއި އޯކިޑު މަގު އަދި ނޫރާނީ މަގަށް ފެންޖުމަށް ކަމަށާއި ނަމަވެސް، ހަމަށް ފެން ލޯޑުކުރުމަށް ގިނަ ވަގުތެއް ނަގަމުންދާތީ އެންމެ އެކަށީގެންވާ ގޮތެއްގައި މިއަދު މަސައްކަތް ކުރިއަށް ނުގެންދެވޭ ކަމަށެވެ. ހިރަފުސް ބޯވެފައިވާ މަގުތަކަށް ފެންޖަހަމުންދަނީ ޕިކަޕަކަށް ފެންހަމެއް އަރުވައިގެން ނެވެ.

މޫސަ އިތުރަށް ވިދާޅުވި ގޮތުގައި މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުފެއްޓިގެން އުޅެނީ މަސައްކަތަށް ބޭނުންކުރުމަށް އިތުރު ޕަމްޕެއް ނުލިބުމުގެ ސަބަބުންނެވެ. އަދި ޕަމްޕެއް ލިބުމާއި އެކު، ފެން ލޯޑުކުރުމަށް ދާ ވަގުތު ކުޑަވެ، ރާވާފައިވާ ގޮތަށް މަގުތަކަށް ފެންޖެހޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޒުވާނުންގެ ހަރުގެއިން ހާމަކޮށްފައިވާ ގޮތުގައި މަގުތަކަށް ފެންޖެހުމަށް ކުރެވޭ މިމަސައްކަތުގައި އިހަވަންދޫ، ހާޝިމީމަންޒިލް، މުޙައްމަދު ހާޝިމް އާއި އަންބަރީގެ ހުސެއިން މުޙައްމަދު (ތުއްތުމަނިކު) ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.

އެމްޑީޕީ ޒުވާނުންގެ ހަރުގޭގެ ފަރާތުން ރަށުގެ މަގުތަކަށް ފެންޖެހުމުގެ މަސައްކަތް ފަށާފައި މިވަނީ ހޫނު ގަދަވެ، ރަށުގެ މަގުތަކުގައި ހިރަފުސް ގިނަވެ، އެކަމުގެ އުނދަގޫ އާންމުންނަށް ފޯރަމުންދާ ދުވަސްވަރެއްގައެވެ. މިގޮތަށް މަގުތަކަށް ފެންޖަހާ ހިރަފުސް އޮބުމުން އެކަމުގެ ފަސޭހަ ރައްޔިތު ގިނަބަޔަކަށް ކުރާނެ ކަމަށް އާންމުން ދެކެ އެވެ.

އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހުވާކުރެވުނީމަ ވެސް ރައްޔިތުން މަތިން ހަނދާން ނައްތާނުލާތި، މޫސާ. މިހާރު އެއޮތް ކައުންސިލްވެސް ދެވަނަ ބުރަކަށް ނުހޮވުނީ ރައްޔިތުން މަތިން ހަނދާން ނެތުނީމަ.

– 2 ފެބުރުއަރީ 2014 0

އެބަ ރަގަޅުވޭ.. މީތި ހެސްކިޔާފަ ސަޅި..

– 2 ފެބުރުއަރީ 2014 0

ފެންނުޖަހަ މޫދުން ލޮނުޖަހާ ނަމަ ހިރަފުހުން ސަލާމަތް ވުމަށް މާ ފަސޭހަ ވާނެ

– 3 ފެބުރުއަރީ 2014 0

ސާބަސް މޫސަ

– 4 ފެބުރުއަރީ 2014 0