[HEADER BANNER]
[AD]

މަންމައާއި ކުޑަދަރިފުޅު – 10 ވަނަ ހަފުތާ

6 ޖެނުއަރީ 2014 0

ދަރިފުޅުގެ ހިތުގެ ވިންދު އަޑު އަހާލުމަށްޓަކައި ބޭނުންކުރެވޭ ހާއްސަ ޑިވައިސްއެއް.

ދަރިފުޅު:

މިހާރު ދަރިފުޅުގެ ބޮޑުމިން އިންޗިއަކަށް ނުވަތަ ދޮޅުއިންޗިއާ ގާތްކުރާނެއެވެ. ދަރިފުޅުގެ އެންމެ މުހިއްމުގުނަންނަތައް މިހާރުވާނީ އުފެދިފައެވެ. ނަމަވެސް، ފުރިހަމައެއްނުވާނެއެވެ. ދެން އޮންނާނީ ހަލުއިކަމާއެކުގައި މިބާތައް ފުރިހަމަވަމުންދިއުމުގެ ބައެވެ. ކިޑުނީއާއި، ގޮހުރާއި، ސިކުނޑީގެ އިތުރުން ޗިސްމޭގެ މަސައްކަތް ކުރަންފަށާނެއެވެ. ނަމަވެސް، މިގުނަންތައްވެސްދާނީ އޭގެ އުފެދުން ފުރިހަމަވަމުންނެވެ.

ކުޑަދަރިފުޅުގެ، ހުޅުތަށް މިހާރު ލެނބޭނެއެވެ. ދަރިފުޅުގެ ތުނިތުނި ހަންގަނޑުގެތެރެއިން ދަރިފުޅުގެ މާބަދަ ފެންނާނެއެވެ. މިދުވަސްވަރުގައި މާބަދައާއި ގުޅިފައިވާ ބައެއްނާރުތައް އުފެދެންފަށަނެއެވެ. އަދި ބައެއް ކަށިތައްވެސް މެއެވެ. ދަރިފުޅުގެ ހަށިގަނޑުގެ ދެބައިކުޅައެއްބަޔަކީ އޭނާގެ ބޮލެވެ.

މަންމަ:

ދެން އެންމެ އަވަހަށް ޑޮކްޓަރަށް ދައްކަވަން ދުރުވާއިރެއްގައި ތިބާ ބޭނުންވާނެ ކަމަކަށް އޮންނާނީ، ތިބާގެ ހަށިގަނޑުގެ ތެރޭގައިވާ ދަރިފުޅުގެ އަޑު އަހާލުމެވެ. މިހާރު ތިބާގެ ބަނޑުގައިވާ ދަރިފުޅުގެ އަޑު އަހާލެވިދާނެއެވެ. މިކަމައްޓަކައި، މިކަމަށް ޙާއްސަކޮށްފައިވާ ޑިވައިސްއެއް (Doppler stethoscope) ބޭނުންކުރާނެއެވެ. ފުރަތަމަ ފަހަރަށް ތިބާގެ ދަރިފުޅުގެ ހިތުގެ ވިންދުގެ އަޑު އިވުމަކީ، ހީވެސް ނުކުރާފަދަ އިހުސާސްތަކެއް ހިތުގައި ހިނގާގަންނާނޭ ކަމެކެވެ.

މާބަނޑުދުވަސްވަރުލާން ހާއްސަކުރެވިފައިވާ ހެދުންތައް ފަހާ ތައްޔާރުވާން ފަށާށެވެ. ދުވަސްކޮޅެއްފަހުން، އާއްމުކޮށް ލާންގެންގުޅޭ ހެދުންތައް ލުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. މާބޮޑަށް ހޫނުގަދަވެދާނޭފަދަ ފޮއްޗެއް ބޭނުންނުކުރާށެވެ.

ކުރިއެކޭވެސް އެއްގޮތަށް ހިނގާލުންފަދަ އާދައިގެ ކަސްރަތުތައް ކުރުން ކުރިއަށް ގެންދާށެވެ. މިއީ، ނުވަމަހާ ޖެހެންދެންވެސް ކުރިއަށް ގެންދިޔުން މުޙިއްމު ކަސްރަތެކެވެ. ހަށިގަނޑަށް އިހުސާސްކުރެވެމުންދާ ކުދިތަދުތަކާއި، މަސްގުޅަކެއުންފަދަ ކަންތައްތަކާއި، އަކުނިވަޔަށް ދެމުންފަދަ ކަންތައްތަކުން ދުރުކޮށްދޭނެއެވެ. އެންމެ މުހިއްމު ކަމަކީ، ވިހެއުމަށްޓަކައި ތިބާގެ ހަށިގަނޑު ނޭނގިނަމަވެސް ތައްޔާރުވުމެވެ. އަދި ހަމައެހެންމެ، ވިހެއުމަށްފަހު ކުރީގެ ހާލަތައް ތިބާގެ ހަށިގަނޑު ރުޖޫއަވުމަށްޓަކައިވެސް، މިގޮތަށް ކޮށްލެވޭ ކުދިކުދި ކަސްރަތުތައް އެހީތެރިވެދޭނެއެވެ.

[BOTTOM CONTENT BANNER]
މަންމައާއި ކުޑަދަރިފުޅު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ