ކެނޑިޑޭޓުންގެ މެދުގައި އިމަގުން ބަހުސެއް ބާއްވަނީ

އިމަގުގެ އިވެންޓެއް ހުށަހަޅާ ދެނީ / ފޮޓޯ: އިމަގު ޖަމިއްޔާ

2014 ޖެނުއަރީ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިހަވަންދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މެދުގައި ބަހުސެއް ބޭއްވުމަށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ނިންމައިފި އެވެ.

އިހަވަންދޫޑޮޓްކޮމް އަށް މަޢުލޫމާތު ދެއްވަމުން އިމަގު ޖައްމިއްޔާގެ އޮފިޝަލެއް ވިދާޅުވީ މި ބަހުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ 10 ވަނަ ދުވަހުގެ ރޭ އިހަވަންދޫ އޯޕަން ސްޓޭޖްގައި ކަމަށެވެ. މި ގޮތުން ބަހުސްގެ އިންތިޒާމުތައް ކުރުމުގެ މަސައްކަތް އިމަގުގެ މެމްބަރުން މިހާރު ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ބަހުސްގައި ކެނޑިޑޭޓުންނާ ކުރުމަށް ހަމަޖެހިފައިވާ ސުވާލުތައް ކަނޑައަޅާނީ ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހުގައި ކަމަށާއި، މި ގޮތުން މި މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް އިމަގުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

އިހަވަންދޫ ކައުންސިލަށް ކުރިމަތިލާފައި ވަނީ އެމްޑީޕީގެ 7 ބޭފުޅުންނާއި، ޕީޕީއެމްގެ 4 ބޭފުޅުންނާއި، ޖޭޕީގެ 3 ބޭފުޅުންނެވެ. އަދި އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތި ލާފައި ވަނީ އެމްޑީޕީގެ 2 ބޭފުޅަކާއި، ޕީޕީއެމްގެ ބޭފުޅަކާއި ޖޭޕީގެ ބޭފުޅެކެވެ.

އިމަގު ޖަމިއްޔާ, ލޯކަލް ކައުންސިލް އިންތިހާބު, އިމަގު ކައުންސިލް ބަހުސް 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ